އައްޑޫ ސިޓީ އިން މާލެ ގެނެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ފައްސި (ޕޮޒިޓިވް)ވި މީހާ ކޮވިޑް-19 އަށް ނައްސިވެއްޖެއެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން އޭނާގެ ނެގި ދެ ސުންކު (ސާމްޕަލް) ވެސް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.
އަދި އޭނާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 އިން އެހެން ތަނަަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަަމުންނެވެ.
މިއަދު ކޮވިޑް-19 އަށް ފައްސިވި އެ މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ފަހުން ގެންގޮސްފައި ވަނީ އައިޖީއެމްއެޗްއަށެވެ. އޭނާ ކޮވިޑް-19 އަށް ފައްސިކަން އެނގިފައި ވަނީ، އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ފުރަތަމަ ޓެސްޓުންނެވެ.
ފަހުން އޭނާގެ އިތުރު ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން މިިރޭ ސަރުކާރުންވެސް ވަނީ ހާމަކޮށްފައެެވެ.
ރިސޯޓެއްގައި މަސައްކަތް ކުރާ އެ މީހާ އައްޑު އަށް ދިޔައީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ އައްޑޫ އަށް އައީ މި ބަލި ރާއްޖޭގައި އެންމެ ބޮޑަށް މިހާރު ފެތުރެމުންދާ މާލޭގައި ވެސް ދުވަސްކޮޅަކަށް ހުރުމަށްފަހު އެވެ.
އައްޑޫ އިން ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ފުރަތަމަ ނެގި ސުންކު (ސާމްޕަލް) އިން އޭނާ ފައްސިވުމަށްފަހު، ފަހުން ހެދި ޓެސްޓުތަކުން ނައްސިވެފައި ވާއިރު، އިއްޔެ އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ނަރުހެއްގެ ސުންކަށްވެސް މިފަދަ ބަދަލެއް އައިސް، އޭނާގެ ގައިގައި ބަލި ނެތްކަން މިރޭ ހާމަވެފައި ވެއެވެ.
ޓެސްޓު ތިހަދަނީ ރަނގަޅު އެއްޗަކުންތޯ!
ދެއިރުގެ ނަތީޖާ ތަފާތު ވޭ!
ރާއްޖޭގައި ހަދާ ޓެސްޓަކީ 100% ނަތީޖާ ސީދާވާ ޓެސްޓެއް ނޫން. އެކަމަކު ސުވާލަކީ
އެއް ފަހަރު ފައްސިވި މީހަކު ދެވަނަ ފަހަރު ނައްސި ވީމަ އޭގަ މައްސަ އުޅޭނީ ފުރަތަމަ ޓެސްޓުގަ ކަމަށް ނިންމީ ކިހިނެއްބާ؟
ވަރަށް ހީނުވޭ ބަލިނެއް މީހަކު ޕޮސްޓިވު ވެދާނެހެން.
އައިޖީއެމް ހޮސްޕިޓަލްއަށް ގެނައި އެއްމެންނަށްވެސް ވީ ހަމަތިހެން ތިގަމައްސަލައެއް އުޅޭކަމަށް މިހާރުޤަބޫލު ކުރަންވެއްޖެދޯ.
ޢައްޑޫ ކުނިވެއްޖެޔޭ ކީ މީހުންނަށް މިހާރު އެނގޭނެ ކުނި ވީ ކޮންތަނެއްކަން. ކުނިވީ އަބަދުވެސް ކުނިވެ ފުޅައަޅާފަ އޮންނަމާލެ. ޙެހެހެ
ތިކަން ތިހެން އޮއްވަތާ މި މާލޭ ފަސްގަނޑުން ނުފޭބިގެން ތިއުޅެނީ..
މި ވަގުތަކީ ކަލޭގެ ރަށޭ މަގޭ ރަށޭ ކިޔަންވީ ވަގުތެއް ނޫން! އަހަރުމެން މީ އެއްބައިވަންތަ މުސްލިމުންކަން ދަނެ މި ބަލިމަޑުކަމުން ސަލާމަތައް އެދި ހެއްދެވި ފަރާތަށް ދުޢާ ކުރަންވީ ވަގުތު. ސަހަރޯ ކުދިންނޭ ?♀️
މި ވާގޮތެއް އެބަ އިނގޭބާ ދިސްއިސް މެޖިކު ހަހަހަ ކަ ކަ ކަ ! ދެން ކިހިނެއް ދައްކަމުން ދާވަހަކަ ގަބޫލް ކުރާނީވެސް މީ ފެންވަރަކީ ނަގާ ޓެސްޓުތަކުގެނަތީ ސައްހަ ނުވާ ކިތަކެއްވާނެ ތޯ މިވެސް ސުވާލެއް؟
އަލްޙަމްދުލިﷲ!
މިހާރު މި ވާނުވާއެއް ނޭނގެ.
ނަ އއްސި، ފަ އްސި ، ނަ އްސި، އަ އްސި، ފޮ އްސި. ކެ އްސި.......ވަޓް...
ޢއަދި މިދަނޑި ވަޅުގެ ޖަސަލު ކުރެވޭތޯ ބަލާތި އޭރުންވާނީ ފުރިހަމަ އައްޑޫމީހަކަ އް ދެއްތޯ..ތިނުވާނެ ތިނޫންގޮތެ އް ..ކިހިނެއްތޯ ބަލައ އްގެ ނަގޫ ތެދުކުރާނީ ދެ އްތޯ..ވަކި ބަޔަކު ގޯސް ކުރޒިކީނޫން..
ތިޔަ ކިޓްތަކުން ފަޅޮލާއި ގެރި ބަކަރި ފައްސިވާ އިރު ތިވަރު ކަމެއް ހިނގާފާނެ.
މިހާރު މިކިޔާ ލަވަޔަކުން ކޮވިޑު ޖެހޭމީހުނާ ނުޖެހޭ މީހުން ވަކިނުވޭ ކޮވިޑު ނުޖެހޭމީހުންވެސް ކޮވިޑު ޖެހިފަވާމީހުނަށް ހަދައިގެން ކަރަންޓީނުގަ ތިބުމަކީ ވުން ގާތްކަމެއްކަމަށް މިހާރު މިހަދާ ޓެސްޓުތަކުން ބަލަންޖެހޭ
މީ އަރަތެއްތަ؟ މިނިޓަކު އެއްފަހަރުން ފައްސިވެ ނައްސިވާތީ މީހުން ވާނުވާގަ މިތިބެނީ! ތި އައި.ޖީ.އެމް.އެޗްގައި އެބައުޅޭ މައްސަލައެއް!!
ޅޮލެ މީ ކޮންވައްތަރު ޓެސްޓް. ރޭާއްޖޭ އެމއނެ ނެގަޓިވް ވަައްތަރު..ބަލި ނުވނީ ޕޮޒިޓިވ ވަނީ ދޯ..ދެން އިތުބާރު ގެއްލެނީ
ފައްސިވެފަ ، އަނެއްދުވަހު ހަދާޓެސްޓުން ނައްސިވަނީ ކިހިނެއް؟ މީ އައްޑޫގެ ހޭނުވެފައޮތް ކަންތައްގަނޑު މިވަތުތައް ފިނިކުރަން ޖައްސާ ސްޓަންޓެއްބާ؟
ކަލޭމެން ދުވަހަކުވެސް ޖެހިޖެހިގެން ބަރިޔަކަށް ތިހެން ޓެސްޓެއް ނުކުރޭ. ތީގަ ނުބައެއް އެބައުޅޭ. މީނަ ދޫކޮށްލާ ދުވަހެއަ ނޫސްވެރިން ބަލަން އެބަޖެހޭ.
ޢައްސި ފައްސި ނައްސި ސުންކު ބުންކު ޝުލިރިއްޔާ ދިވެހި ބަހުގެ އެކެޑަމީ!
މެޝިން ތަކަށް ވައިރަސް ޖެހިފަ
ތި ދެން އަޖައިބެއ. ބައެއް ގައުމުތަކުގަ ހުރި ޓެސްޓްކިޓުން މޭވާ އާ ޖަނަވާރު ވެސް ފައްސި ވާ ކަމައް ވަނީ. އަނެއްކާ އެކަހަލަ ޓެސްޓްކިޓް ތަކެއް ނޫންބާ؟ ތިހެރިހާ ޓެސްޓްކިޓް ތައް ޗެކް ކޮއް ބަލަން ފެނޭ..
މިހާރު އެނބަ އެނގޭބާ ތިޔަ ވާއެއްޗެއް ނުވާއެއްޗެއް އާބަހެއް ހަދައިގެން ނައްސި އޭ ފައްސިއޭ ކިޔީމަ ކަމަކުނުދާނެ ރައްޔަތުން މިތިބީ ބިރުވެރި ހާލަތެއްގަ ރަނގަޅު މައުލޫމާތު ދެވޭތޯ ބަލާ މުޅިގައުމު ހާސްކަމެއްގެ ތެރޭގަ މީކުޅޭ ކުޅޭ ކުޅިވަރެއްތޯ
'ހޮސްޕިޓަލް'ގެ ދިވެހި ގޮތެއް ނެތީތޯ...
މީންސް ސްޓިލް ފުރަބަންދު؟
ބައަލަވާ އެހެން ނަހައްދަވާ މުޅި އައްޑޫ ހިތްފަޅައިގެން ދޭ އެއްމެ މީހަކަށް ކަމެއްވިޔަސް
ކިޓުތަކުގެ މައްސަލައެއް ނޫންބާ؟؟ ފައްސިވި ގިނަ މީހުންގެ އަލާމާތް ނުފެނެޔޭ ކިޔާތީ .. ވެދާނެ ޢަލާމާތް ނުފެންނަނީ އަސްލު ނައްސި ވީމަކަމަށް. ފޭކު ކިޓުތަކެއް.
ފައްސި ނައްސި ކިޔައިގެން ތިޔަ ހާމަކުރާ ހިސާބުތަކުގެ ސައްޙަކަމާމެދު މިހާރު ސުވާލުއުފެދެން ފަށައިފި. ދެގަޑިއިރު ކުރިން ފައްސިވިމީހާ ނައްސިވި ވާހަކަ މިހާރު މިކިޔަނީ. އަނެއްކާ ކޮންކަހަލަ ކަމެއްބާމީ؟ އަނެއްކާ ހަދާޓެސްޓުން އެހެންކަހަލަ ކަމެއްހުއްޓާފެނުނަސް ކޮވިޑް19އަށް ފައްސިވިކަމަށް ބެލެނީކީ ނޫންބާ؟ ޔަޤީންކުރެއްވުމަށްފަހު ނޫނީ ބަލިހުރިކަމަށް ކަނޑައަޅާތީބާ މިހެންމިވަނީ.
ހަލާކުވެފަހުރި މެޝިނެއްދޯ؟