ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ ކަރާމަތު ނަގަހައްޓަން ޖެހޭ ކަމަށާއި، އިސްލާމީ ސަޤާފަތާއި އަޤީދާގެ ޤަދަރު ކުޑަކޮށްލަން ފުރުސަތު ނުދެއްވުމަށް، އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ޑރ. ޝަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ، ނައިޓް ކްލަބެއް ކަމަށް ބެލެވޭ ތަނެއްގައި ގިނަ ބަޔަކު ބަނގުރާ ބޮމުން ދިޔައިރު އެތަނުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިއާގައި ލީކުކޮށްލުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިރޭ ޝަހީމް ކުރެއްވި ޓްވީޓެއްގައި މިކަމާއި ގުޅިގެން ވަނީ، ބިރަކާނުލާ އާއިލާ ގޮވައިގެން، ރާބޮއެގެން ކްލަބްތަކުގައި ނަށައި މަޖާކުރާ މީހުން، ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ ވެރިންނަށް ތިބެގެން ޤައުމު ރަނގަޅު މިސްރާބަކަށް ހިނގައިދާނެތޯ ސުވާލުކުރައްވާފައެވެ.
"ބިރަކާނުލާ އާއިލާ ގޮވައިގެން، ރާބޮއެގެން، ކްލަބްތަކުގައި ނަށައި މަޖާކުރާ މީހުން ވެރިންނަށް ތިބެގެން ޤައުމު ރަނގަޅު މިސްރާބަކަށް ހިނގައިދާނެބާ؟ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ ކަރާމަތު ނަގަހައްޓަންޖެހޭ! އިސްލާމީ ސަޤާފަތާއި އަޤީދާގެ ޤަދަރު ކުޑަކޮށްލަން ފުރުސަތު ނުދެއްވާ!" ޑރ. ޝަހީމް ވިދާޅުވިއެވެ.
Biraka Nula Aailaa govaigen, Raaboyegen,Club thakugai nashai majaa kuraa meehun verinah thibegen Quamu rangalhu Misraabakah higaydhaaneba?Qaanoonu Thanfyzu Kuraa Mu'asasaathakuge Karaamathu nagahattan jehey! Islami Saqaafathaai Aqeedhaa ge Qadharu kudakollan furusathu nudhevva!
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 11, 2020
މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތައް އާއްމު ކޮށްލާފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ޓްވިޓާގައެވެ. "އެނޮނިމަސް އެމްވީ" ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ފުރަތަމަ އާއްމު ކުރި ފޮޓޯތަކުން ފެންނަނީ ނައިޓް ކްލަބެއް ކަމަށް ބެލެވޭ ތަނެއްގައި ގިނަ ބަޔަކު އެއްވެ، ނަށަމުން ދިޔަ މަންޒަރެވެ. އެތަނުން ބަނގުރާ ފުޅިތައް ވެސް ފެންނަން ހުއްޓެވެ.
ޓްވީޓްގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ނައިޓް ކްލަބްގައި އޭނާގެ އަނބިކަނބަލުން ނަޒީހާ އަހްމަދު ވެސް ހުއްޓެވެ. އެ ޓްވީޓާ އެކައުންޓު މެދުވެރިކޮށް ރޭ ވަނީ އެ މަންޒަރު ފެންނަ ވީޑިއޯވެސް އާންމުކޮށްލާފައެވެ.
މި ވީޑިއޯ ނަގާފައި ވަނީ ކޮންއިރަކު، ކޮންތަނެއްގައި ކަމެއް ކަށަވަރެއް ނުވެއެވެ. އަދި ފޮޓޯތަކުން ފެންނަ މީހުންގެ ތެރޭގައި ހުރީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަން ވެސް ކަށަވަރެއް ނުވެއެވެ.
ދެން ޝަހީމް ވެސް ގޮވާބަލަ ކޮވިޑް19 ގެ ވެކްސިން އޮތީ ޖަލުގައޭ. ވެކްސިން ނެރޭށޭ ޖަލުން.
ކޮވިޑް ވެކްސިނާއި ޔާމީން މިނިވަން ކުރުމާއި ޝަހީމް އެކީޔާ އެއްޗަކާއި ކަލެއާއި އޮތީ ކޮންގުޅުމެއްތަ ކަލޭ ފާޑުފާޑަށް ކޮމެންޓް ތިކުރަނީ؟ ރާއްޖެ މިހާލަތައް މިއައީ ކަލެއާއި ކަލޭގެ އިންތިހާބުކުރި ވެރިޔާގެ ސަބަބުން. ކަލޭމެންގެ ބައިގަނޑުގެ ހިޔާލުގެ ސަބަބުން. ބިރަކާނުލާ ކުރި ޕާޓީއެއްގެ ސަބަބުންވެސް ފެތުރުނު. ކަލޭގެ އެކުވެރި ރިސޯޓްވެރިންގެ ޑޮލަރުގެ ދަހިވެތިކަމުން ރާއްޖޭގެ އެއާޕޯޓުތައް ބަންދުނުކުރީ. މިސަރުކާރު ޖެހޭނެ ޒިންމާވާން މިބަލީގައި މަރުވާ ކޮންމެ މީހަކަށް. ކަލޭވެސް ޒިންމާވާންޖެހޭ މިސަރުކާރަށް ވޯޓުއެޅީތީ.
ކިހިނެއް ގެންދެވޭނީ. ހަމައިގައި ތިބޭ ބަޔަކަށް ދޮތްތޯ ގައުމެއް ހިންގޭނީ. މަސްތުގެ ހާލަތުގައި ތިބޭ ބަޔަކުއެވަނީ ޝައިޠާނާގެ އަޅުވެތިކަމުގައި. އެފަދަ ނުބައި އަޅުވެތިކަމުގެ ހިތި ދިވެހި މުޅި އުއްމަތް ތަހައްމަލް ކުރަމުން މިދަނީ.
އޭތްސަހީމު! ކީކޭކިޔައް ތިއުޅެނީ؟ ސަހީމު ކުޅުދުއްފުއްޓައް ގޮސް ކެންފޭނުގަ އުޅުނީވަކި ސަހަލު ބަޔަކާ އެކީތޯ ރަނިމޭޓަކައް ނިކުތީ ވައްކަމަކީ ތޮބީކަމެކޭ ބުނާމީހެއް ފަހަތުގަ ނޫންތޯ!
އިމްރާން ބުނާއެއްޗެއް ބަލަން ބޭނުން. ދެންތިބީ އޭގެ މީހުން ވިއްޔަ.
ސަހީމުވެސް ބިރަކާނުލާނޫންތޯ އުޅުއްވީ މިނިސްޓަރުކަމުގަ ހުރެގެން ރާއްޖޭގެ ރިސޯޓްތަކުގަ ރަންފިހާރަތައްހުޅުވަން. ގާނޫނަކަށް ގަވައިދަކަށް ނުބަލާ ޢަމިއްލަ އެދުން ފުއްދާލަންނޫންތޯ އުޅުއްވީ.ޢަދި ޔާމީނު އެޖެއްސެވިސަކަރާތެއްޖެއްސެވި އިރު އަތްޖަހަން ހުންނެވީ ބިރަކާލައިގެންތޯ. މިކަހަލަ ދެފުއްކެހެރި ބޭފުޅުން ވާހަކަނުދެއްކީއްޔާ މާރަގަޅުވާނެ.
ބިރަކާނުލާ މަޖާކުރާ މީހުންނަކަށް މި ގައުމެއް ކުރިއަކަށް ނުގެންދެވޭނެ މި ގައުމި މި ދިޔައީ ވެރިކަމެއްލިބި ހިންގަންނޭގި 25 އަހަރު ފަހަތަށް ގައުމު އޮތްކަން ހަމަ
ރާއްޖޭގެ ރިސޯރޓް ތަކުގައި އުޅޭ ހުރިހާދިވެހިން ބިދޭސީންނަށް " ބަގުރާ " ފޯރުކޮށްދޭތީ އެމީހުން ނާއި ދެކޮޅަށް ޝަރީއަތް ހިންގާކަށް ނުޖެހޭތަ ؟ ކަލޭތީ ގަމާރެއްތަ ؟
މިހާރު މި މީހުން ބިރަކާނުލ،ައި މަޖާކުރަނީ ބޮޑެތި ވައްކަމާ ދޮގުތައް ހަދައިގެން މި ޤައުމު ބޮޑުތަނުން ފޭލިވެއްޖެ! ކޮވިޑުގެ ސަލާމަތެއްނެތް
ޢެމް ޑީ ޕީ އާއި އެ އަށް ތާއީދު ކުރާނީ ވެސް މުސްލިމުންގެ ޢަދުއްވުން އެ ކަން މިހހުރަގެން ފެންނަނީ
މޑޕ ގެ ކުރީސަފު ބައްލަވާލައްވާ ބިރަކުނުލާ މަޖާކުރަން ޝިއާރު ތައާރަފް ކުރި ދުވަހު ލޮނުޒިޔާރަތް ކޮޅައް ނިކުތް މޑޕ ބޮޑުން އެހެރީ ފެންނަން ފޮޓޯތަކުން އެމީހުން އުޅެނީ އަދުވެސް ހަމަ މަޖާކުރުމުގަ ބިރަކާނުލާ! މޑޕ ގަ ނުހުންނާނެ ބިރަކާނުލާ މަޖާ ނުކުރާ ހަމަ އެކަކުވެސް. ހަމަ އެކަކުވެސް.
ނުހިންގޭނެ...... ޖަވާބު ލިބިއްޖެ ކަމަށް އުއްމީދު ކުރަން... ޝުކުރިއްޔާ!
ހެހެ ށަހީމު ދެން ކީކޭ މިކިޔަނީ
ބިރަކާނުލާ މަޖާކުރަން އުޅޭ ސަރުކާރަކަށްް ސަލާމަތެއްނެތް ރަށްޔަތުން ﷲގެ ކިބަފުޅަށް ދުއާ ދެންނެވުމާއިގެން އަޅުކަމުގައި ވަގުތުތަށް ހޭދަކުރަށްވާ.
ބިރަކާނުލާ ވައްކަންކުރަމުންދިޔަ ސްރުކާރެއވެސް ދިވެހިން ދެކުނު! އެކަން ކިހިނެއްވަނީ ޝަހީމްބޭ!
"ވައްކަން ކުރުމަކީ ފިތުރަތޭ"، "ރާއްޖެއަކީ ދުނިޔޭގެ މުސްލިމުންގެ ސުވަރުގެއޭ ފުރަތަމަ މިސުވަރުގެއަށް އިންވެސްޓްކުރަން އަންނާށޭ"، "އަދީބަކީ ޚާލިދު ބްން ވަލީދޭ،"
މިވެސް ޝަހީމުއާއެއްކޮށް ވެރިކަމެއް ކުރި މީހަކު ކިޔާފަ ހުރި ބައެއްއެއްޗެހި....
ޝަހީމޫ ރުހުމުގެ ލޮލަލަށް އައިބެއް ނުފެންނާނެ.
ބަލަ ރައީސްޔާމީންގެ ވެރިކަން ނިމުމާއެކީ ރައީސްޔާމީން ބޮލުގައި ކަލޭމެން ކުރި ހުރިހާ ވައްކައަޅުވައި ނުހައްޤުން ޖަލަށްލީ ކަލޭމެން މިޤައުމު ސީދާމަގުން ގެދާކަށްނޫންތަ ވެރިކަންލިބި މަޖިލިސްލިބި ޤައުމަށް އެތެރެއިންނާއި ބޭރުން ވަންނަހާ ލާރިޔެއް ބަޑުއަޅައި މުޅިޤައުމު ހިތަކަށް ލިބުންމުން ހިހާރުދެން ފަޅޮލޭ ބަރަބޮލޭ ކަމެއްނުވީމަ ކުރަން ނޭގުނީމަ ނުކުރެވުނީމަ ޔާމީންއޭ ކީމަ ތީތި ކަނޑައެއްނޫތަ!