ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްްކަތަށް އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބަޖެޓުގެ 72 ޕަސެންޓް ހަރަދުކޮށްފައިވާތީ އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ،
ކޮވިޑް-19 އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެގެއިން 72 ޕަސެންޓް ހަރަދުކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.
"ޖުމްލަ ހަރަދުގެ ބޮޑުބައެއް އަޅުގަނޑުމެންނަށް ހަރަދު ކުރެވެނީ އެސްޓީއޯ މެދުވެރިކޮށް ކަމަށްވާތީވެ، އަޅުގަނޑުމެން ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީން ވާނީ އޮޑިޓަރ ޖެނެރަލް އޮފީހުގައި އެދިފައިވާނީ އެސްޓީއޯގެ ހާއްސަ އޮޑިޓެއްވެސް ކުރުމަށް. އަދި އަޅުގަނޑުމެން ޕީސީބީ މެދުވެރިކޮށް އެދިފައިވާނީ އެސްޓީއޯގެ އިންޓާނަލް އޮޑިޓުންވެސް ކަންތައްތައް ބަލައި ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލައި އެކަންތައްތައް ކުރުމަށް" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ މެޑިކަލް ކޮންސިއުމަބަލްސް އާ ކެޕިޓަލް އިކުއިޕްމަންޓްސް ހޯދުމަށް ކަމަށެވެ. އަދި މެޑިކަލް ކޮންސިއުމަބަލްސްގެ ވެސް ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއާ ކުރަނީ އެސްޓިއޯ މެދުވެރިކޮށް ކަމަށް އަމީރު ވިދާޅުވިއެވެ.
މިގޮތަށް އޮޑިތްތައް ކުރަނީ ވިހާވެސް ރަނގަޅަށް އެކަންތައް ކުރުމަށް ކަމަށާއި އޭގެ ތެރޭގައި އެއްވެސް ކަހަލަ ލީކެއް ނުވަތަ އެއްވެސް ކަހަލަ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިނަމަ އެކަން ރަނގަޅުކޮށް، ޕްރޮސެސް ވީހާވެސް ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ކުރެވޭ ހަރަދުތަކެގެ ހާއްސަ އޮޑިޓެއް ކުރުމަށް ފިނޭންސް މިނިސްޓްރީގެވެސް ސްޓޭޓް އިންޓާނަލް ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާގައި މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް އިމިގްރޭޝަން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، ޕޮލިސް ސާވިސް، ޓޫރިޒަމް މިނިސްޓްރީ، ފޮރިން އެފެއާޒް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އަދި ޖެންޑަރ ފަމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓްރީއިން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓެއް ކުރެވޭނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ފުރަތަމަވެސް އަމީރު މަގާމުން ސަސްޕެންޑުކުރޭ އޭގެފަހުގައި ތިކަން ބަލަންވާނީ
ޢަނެއްކާ އަފީފް އާ ހިޔަލީ ކުންފުނިން ތަކެތި ގަންނަނީބާ. ޥަރަށް ރަގަޅަށް ބެލުންމުހިއްމު.ޒަރިޔަންދުގެ ތަރުޖަމާއަކީކޮބާބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ވަކިތަނެއްނުން ހުރިހާތަނެއްކުރަންވީ.ބަޔެއްމީހުންނަށް ކޮވިޑަކީ ހިތްހަމަޖެހުމެއް.އަމިއްލަޖީބު އެކައުންޓް ފުރާލަންލިބުނު ދަނޑިވަޅެއް.ރުފިޔާ ޚަރަދުކުރަމުން މިދަނީ ތަނެއްދޮރެއް ބަލާފައެއްނުން.ޖެހުނުތާކުންކަނީ.
ކަލޯ ، ޗަ ކިއެއް ކުރަންޗަ، ތިޔާ އެސްޓީއޯއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިޔާއުޅެނީ.. އަމުރު ވަރެއްނެއް...ހުދު ކާފޫރު ކޮޅެއް އެއީ..ބަރާބަރު ވށނެ
އެލައިޑު އިންޝުރަންސުގެ ވެސް އޮޑިޓެއް ހަދާ.. ހަދަންވީ މެނޭޖްމަންޓު އޮޑިޓެއް.. އެތާގެ ސީއީއޯއާއި ކުލެއިމްސު ހެޑުންނާއި އަދި ދިވެހި އިންޝޫރެންސާ އޮންނަ ގުޅުން ތަހުގީގު ކުރައްވާ. އަދި ވިޔަފާރިވެރިންނާއި އެތާގެ މީހުންނާއި ގުޅިގެން ހިންގާ ޖަރީމާތައް ބައްލަވާ..
މިނިވަން އޮޑިޓްފާމެއްގެނެސްގެންނޫނީ ތިޔަކަންއެންމެރަންގަޅަކައް ނުބެލޭނެ ސަބަބަކީ ހުރިތަނަކުންވެސް ކުރަނީވައްކަން މިހާރުކުރަންއުޅޭގޮތައް ތިޔަކަންކޮއްފިނަމަ ކަންޑިގައެޅި ރޮންގައް ވީވަރުވާނީ ނިމޭނީ ހުރިހާކަމެއވެސް އުސޫލުގެތެރޭން ކޮއްފަހުރިކަމައް
މި އޮޑިޓަށް ކިޔަން އެންމެ ފައްކާ ނަމަކީ ވައްކަން ފޮރުވާ އޮޑިޓް.
ވެންޓިލޭޓަރު ވަގުންގެ ވާހަކަ ދެއްކީ މާ ދުވަސްދުއްވާލީ އުތަ
އަދުލުއިންސާފެއްނެތް ތަނެއްގައި ރަގަޅު އޮޑިޓެއް ކުރެވޭނެބާ؟
ހީވޭ ވަރަށް ރަނގަޅަށް ދަނޑިވަޅުގެ ބޭނުން ހިފާފައި ހުންނާނެހެން! އަދި ފާއިތުވި ފަސްއަހަރުގެ ރިކަވަރީވެސް ހަދާލަފާއި ހުންނާނެހެންވެސް ހިވޭ! އޮޑިޓް އަވަސް ކުރޭ!