ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ރައްޔިތުންގެ މަޖިލީސްގައި ކީރިތި ކުރައްވައިފިއެވެ.

މިނިވަން މުއައްސަސާތަކުން ކޮވިޑް-19 ގެ މި ހާލަތުގައި މަސައްކަތްތައް ބައްޓަން ކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ސިރާޖު ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ހާލަތު ގާތުން ދެކިވަޑައިގެންނެވި މެންބަރެއްގެ ހައިސިއްޔަތުން އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އެގޮތުން މަޤާމުތަކުގައި ތިބޭ މީހުން އިހުމާލުވުމުންވެސް ހަމައެކަނި ލިބޭ އަދަބަކީ މަޤާމުން ވަކިކުރުން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހެއްގެ ގައިގައި މޭޑޭގައި ޖަހައިގެން ބަންދު ކުރި އަބްދުﷲ ރަޝީދު ބަންދުގައި ހުރި އިރު ޖަލުގައި އަނިޔާވެރިވުމުން، އޭނާ ދުނިޔެ އާއި ވަކި ވެގެންދިޔައީ ވަރަށް ގިނަ ބައެއްގެ އިހުމާލުން ކަމަށް ސިރާޖް ވިދާޅުވިއެވެ.

"އެ އިހުމާލުން އަބްދުﷲ ރަޝީދު ދުނިޔެއިން ވަކިވާން ޖެހުމީ އެކަމުގެ އަދަބު ލިބޭ އެއްވެސް ފަރާތެއް ނެތް. އަދަބަކަށް ދޭންވީ ހަމައެކަނި މަޤާމުން ވަކިކުރުން. އަދަބަކަށް ދޭންވީ ހަމައެކަނި މަޤާމުން ވަކިކޮށްފައި ލިބޭ މުސާރަ ކަނޑާލުން. އެއީކީ އެންމެ އިންސާފުވެރި ގޮތްކަމަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ،" ސިރާޖް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ފުލުހެއް ގައިގައި ޖަހައިގެން ބަންދުގައި އޮންނަން ޖެހުނު އިރު، އޭނާ އަށް އަޅާ ނުލާ ބޭސްފަރުވާ ނުލިބި ދުނިޔެއާއި ވަކިވުމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހެއްގެ ގައިގައި ޖެހުމަށް ވުރެ، މީހެއްގެ ފުރާނައަށް އިހުމާލުވުމަކީ މާ ބޮޑުކަމެއް ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ

"ފުލުހެއްގެ ގައިގައި ޖަހައިގެން އަބްދުﷲ ރަޝީދު ޖަލުގައި އޮންނަން ޖެހުނިއްޔާ އަޅާނުލައިގެން އަބްދުﷲ ރަޝީދު މަރާލީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހުން ޖަލަށް ނުލެވެންޏާ އަޅުގަނޑުމެން ކީއްތޯ މިކުރީ. އަޅުގަނޑުމެން ކޮން ވާހަކައެއްތޯ މި ދައްކަނީ. އަޅުގަނޑަށް ވަރަށް އަސަރު ކުރާ ކަމެއް އަބްދުﷲ ރަޝީދުގެ ވާހަކަދެއްކުމަކީ" މިހާ ހިސާބުން ސިރާޖަށް ހުއްޓުން އެރިއެވެ. އަދި ފަހުން ވާހަކަ ދެއްކުމަށް ދަތިފުޅުވިއެވެ.

އެހާ ހިސާބުން ކީރިތި ކުރައްވަން ފެއްޓެވުމުން ސިރާޖަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ. އަބްދުﷲ ރަޝީދުގެ ޤާނޫނީ ވަކީލެއްގެ މަޤާމު އަދާކުރެއްވި ސިރާޖް ވަނީ އޭނާ އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި މިނިވަން މުއައްސަސާތަކަށް ދިޔަކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ސިރާޖު

    ލ.އަތޮޅު މީހުން ކިޔާނޫ ގޮވުން.

    37
  2. ޝިއުނާ

    ބޮޑު ވަރު!!! އިނގިފަވާ ގޮތުން ކީރިތި ކިރައްވާނީ ރަސޫލިން. ?

    49
    15
    • ސީދީ

      އެއީ ޚިއްވެ. ދިވެހިބަހުގަ "ކީރިތި ކުރެއްވުން" އެއީ "ރުއިމުގެ" އެންމެ ރީތި ގޮތް. ކީރިތި ކުރެއްވުމާ ރަސޫލުންނަކާ ކީކީ.

      33
      9
    • ލިސް

      އެހެންތަ ޝިއުނާ؟ މިއީ އަނެއްކާ އަނެކަކު. ދިވެހިބަސް ވެސް ރަނގަޅަށް ނޭނގޭ ??

  3. ހުސޭނުބޭ

    ކަލޭމެން އޭނާ ހިތުގައިނުޖައްސާބަލަ! ނުލާހިކު ހިތްބަލި ކުއްޖެއް އެއީ! ޔޫޓިއުބުގައިވެސް ނުހަނު ގިނައިން ކީރިތިކުރައްވާ!

    50
    2
  4. އަހްމަދު

    ކޮން ޑްރާމާއެއް

    51
    3
  5. މ

    ކީރިތި މިބަހަކީ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް އަށް ހާއްސަ ކުރެވިފައިވާ ބަސްފުޅެއް ނޫންތޯ؟

    39
    11
    • ސާބަހޭ

      ކީރިތި ކުރެއްވުމަކީ ރުއިން. ރުއިމަކީ ރަސުލާއަށް ޚާއްޞަ ސިފައެއްތަ؟ މާތް ކަލާކޯ!!

      28
      8
      • Anonymous

        އޭނާ ބުނެފިތަ ރުއިމަކީ ރަސޫލާއަށް ޚާއްސަ ކަމެކޭ. އެކަމަށް ދިވެހި ބަހުގަ ބޭނުންކުރާ ބަހާމެދު އެ ސުވާލު ކުރީ، ކަލޭ މޮޔަތަ؟ މީހުން ދައްކާ ވާހަކަ ފުރަތަމަ އަންޑަސްޓޭންޑް ވެބަލަ ރައއްދެއް ދިނުމުގެ ކުރިން.

        • Anonymous

          ޅަދުގަތީދޯ. ޑިވެހިބަސްވެސް ނޭގޭ. ޚޮމެންޓުރަން އަރުވާ ޖަހާފަ ތިހިރީ

  6. މުދިންބެ

    ބުއްޅަބޭ ކައިރީގައި ބުނެބަލަ އެސޮރު ހުއްޓާލާތޯ ނާނާ ކިޔާދޭށޭ....

    45
    1
  7. ވަހީދު

    މާބަނޑު ދެމައެއްގެ ބަނޑަށް ދަރިން މަރުވީ ދައުލަތުން ލިބެންޖެހޭ ހުއްދަ ނުލިބި، އަދި ފަރުވާ ނުލިބުމުން. ވިހަން ދިޔައިމަ ހޮސްޕިޓަލުން އެންގީ އެހެން ރަށަކަށްދާން. ކުރީބައިގައި ހޮސްޕިޓަލުން އަންގާފައި އޮންނަންވާނެ ޚިދުމަތް ނުދެންޏާ ނުދޭ ވާހަކަ. މިހުންނަނީ ހުސް އިހުމާލު.

    79
  8. ދަރަނި ދަންތުރަ

    މާލޭ ބޭފުޅުން ވެސް ކީރިތި ކުރައްވަޔޯ އިބޫ ވެސް ކީރިތި ކުރެއްވިޔޯ ދެން ނޭގެ...

    50
  9. ފެނަކަ ރިޝްޓޭ

    ދެއްކުންތެރިކަން

    25
  10. ޤައުމް

    މަރާލެވިފައިވާ، ގެއްލުވާލެވިފައިވާ މައްސަލަތަކުގައި މި ގައުމާއި އެ އާއިލާ ތަކުން ރުއިން ހުއްޓައެއް ނުލާ، ސިޔާސީ ކަރުނައިގެ މީހުން މިފަދަ ކަންކަމުގައި ރުއިމަކީ މީހުން ސުވާލު އުފައްދާ ކަމެއް. ކިނބޫ ކަރުނައެޅުން ފަދަ ކަމެއް

    22
    1
  11. Juhaa

    ތިޔަ ސިރާޖް ތިޔައީ އެއްވެސް އެއްޗެއް އެނގޭ މީހެއް ނޫން. ރޭގައިވެސް، މަޖިލީހުގައި އިނދެގެން ކިޔަނީ 2013 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ މުއްދަތު ދިގުކުރާ ވާހަކަ. އަންނި 2017 އޭ ބުނީމާވެސް، އަނެއްކާވެސް މި ކަލޭގެ ބުނީ 2013 އޭ. އެވަރުގެ ބުރާންޗެއް ތިޔަ ސިރާޖަކީ.

    22
    1
  12. ޓައްޕު

    ފުލުހެއް ވައްޓާލައި ކޮޅައްތެދުވާނެ ފުރުސަތުވެސްނުދީ ރީދޫ ގުންޑޭން ހެސްކިޔާފަތެޅި އިރު އޭގެ ވީޑިޔޯތައް ވައިރަލް ވެފަ އެހިރީ ސިރާޖު އޭރު ނުރުއީ ކީއްވެ ކަރުނަ އެޅުންއޭރު ދެނެ ނުލައްވަމުތޯ ގުދޮގުދޯ ނުގޮވާ ހަމަ ވިސްނަށް އާދަކުރޭ ހަމަ ޔަގީނުންވެސް އިންސާނިއްޔަތުވެސް އެތެޅިބަޔަކަށް މަލާމާތް ކުރާނެ ފުލުހުންނާ ސިފައިންނަކީވެސް މައިން ފުރާނަޔާކުޅެލަގެން އުފަން ކޮށްފައި ތިބި ދަރިން މަޖިލިސް މެންބަރުން ކަސައުޓީ ކުޅެން ހާދަ މޮޅޭދޯ

    37
    1
  13. މުހައްމަދު

    އަބްދުﷲ ރަޝީދު އަށް ހެޔޮރަހްމަތް ލައްވާށި. އެކަމަކު އަބްދުﷲ ރަޝީދުގެ ސިކުންޑިއާއި ކުޅެ ފުލުހުންގައިގަ ތަޅަން ނެރުނީ ކޮންބައެއް؟ ފުލުހަކު ވެއްޓިފައި އޮއްވާ އޭނާގެ ބުރަކަށީގައި ފައިންތަޅަން އަބްދުﷲ ރަޝީދު އަށް ހިއްވަރުދިނީ ކޮންބައެއް؟ އެބަޔަކު ޒިންމާވާކަށް ނުޖެހޭބާ؟

    43
    • އަހްމަދު

      އަބްދުﷲ ރަޝީދު ފަދަ ނިކަމެތި އާއްމު މީހުން މި ނުބައި ސިޔާސީންތައް އެމީހުންގެ ދުނިޔެ ވީ ލަނޑުދަނޑިތައް ހާސިލްކުރަން ބޭނުންކުރަނީ، ތިބުނީ ގޮތަށް ސިކުނޑިއާ ކުޅެލައިގެން، ބޮލަށް ޗިޕު ޖަހައިގެން.
      އހަރެމެން އެބަ ޖެހޭ އެއަށް ވުރެ ބޮޑަށް ވިސްނައި އެމީހުންގެ ދަންތުރައިގަ ނުޖެހެން

  14. ޟިމު

    ޙެރެނީ ނޫންތަ

    23
  15. މުގުރާން

    ތިޔަބުނާ ދުވަހަކު އޭނަ އެތާކަށްފޮނުވީ މިކަލޭގެބާ؟؟؟ މިވަ ރަކަށް މި ރޮނީ

    27
  16. ރަބަރޭ

    އާ ތީ ތަޅާނެ ކުދިންކޮޅެއް ހޯދާއިގެން ފުލުހުންނާތަޅަން ހިތްވަރުދޭ ގުރޫޕެއްނު

    35
  17. ނަމެއްނެތި

    އަބްދުއްލާ ރަޝީދު ޖަލުގައި ނިޔާވީ ކީއްވެގެން ތޯ ބަލައި ތަހުގީގެއް ހިންގުމަކީ ކުރަންޖެހޭ ކަމެއް. އަދި އެއީ އެތަނުން ލިބުނު ހާނިއްކައެއް ނުވަތަ ވެވުނު އިހުމާލެއްގެ ސަބަބުން ކަމުގައިވާ ނަމަ އެކަމުގައި ޝާމިލްވާ ބަޔަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ވެސް އަޅަން ޖެހޭނެ. އަނެއް ކޮޅުން އިއްޒަތްތެރި މެންބަރުގެ މާތް ދޫފުޅުން ފުލުހެއްގައި ޖެހުން އެއީ ކުށެއް ކަމަށް އެއްފަހަރު ވެސް ވިދާޅު އެއަމަލު ކުށްވެރި ނުކުރެއްވުނީތީ އެކަމާވެސް ހިތާމަ ކުރަން!

    27
  18. ރަސީދު

    60 ގާއްގަޑަކައް އުމުރުން ވެފަހުރިއިރު ވެސް އިމުރާނުގެ ގަބީލާގެ އަވާގެ ޖެހި އިންސާނުން ފުޓުބޯޅައިގެ ގޮތުގަ ފައިންތެޅުން އެއީ ގަސްތުގަ

    21
    1
  19. ސާ

    ސިރާޖު ތިހޭރެނީ ނޫންތަ

    11

    11
  20. މިހަަ

    މިއީ އަޖައިބެއް... ވާހަކަ ދައްކާމީހަކު އަރު ބެދުނަސް
    ކީރިތި ކުރެއްވީ.... ކިރިތި ކުރެއްވުމޭ ބުނާނީ ލޮލުން ހޮސްލާފާ ކަރުނަ އޮހެރުނީމާ... ނޭފަތް ދަމާލިއަސް ކީރިތި ކުރެއްވުމަކަށް ނުވާނެ.. އަދި ރުއިމަކަށް ނުވާނެ

    11
  21. ނ

    އޭނާ އަވަހާރަވީ... ބޭރަށް ހިންގައިގެން ހޮސްޕިތަލުގައި ފަރުވާ ދެނިކޮށް....
    ޙުމާމުވެސް މީހަކު ނުމަރާކަމަށް މީނާނޫންތަ އަޑު ހަރުކޮށް ގޮވީ... ޢޭނާ ސަލާމަތް ކުރަންވެސް ކިހާ ފޯރިއެއް ހުރި

  22. ...

    ސޯ އިމްބޭ ރރެސިންގ

  23. ޒިންމާ ނުނެގޭ

    އިހުމާލުވީމާ ޒިންމާ ނަގަންޖެހޭ ފަރާތްތައް ކޮބާ؟ ހަމައާއި އިންސާފު ކޮބާ؟ ގައުމު ބޮއްސުންލައިފި. އިބޫ ސަރުކާރު އިސްތިއުފާ ދެއްވާ!

  24. އަހްމަދު

    ޤީނޫނީވަކީލުންނަކީ ރައްޔިތުންއަތުން އެންމެބޮޑުފައދާއެއްނަގަމުންދާއެއްބައެއް ކޯޓުަގަހޭދާކުރާވަގުތައްފައިސާ ނަގަމުންދާބައެއް ތިމާއައްލިބެންމުންދިޔަ އެތައްފައިސާއެއްގެދޮރުބަންދުވީމަރޮވޭނެތާ އެޕޮލިސްމީހާއައް ކުރިއަނިޔާތައްފެންނަމަންޒަރުފެނުނީމަ އަހަރުމެންނައްވެސް ހަމަރޮވުނު