ތ. ގުރައިދޫގައި މި މަހުގެ 21 ވަނަ ދުވަހު ބިދޭސީއަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެެވެ.

އެ ބިދޭސީ މީހާ މަރާލާފައި ވަނީ، ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ޒަޚަމްތަކާއެކު އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ތަނުންނެވެ.

ފުލުހުން މިރޭ ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:45 ހާއިރު އެރަށޔގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތުހުމަތު ކުރެވެނީ 22 އަހަރުގެ ބަންގްލްަދޭޝް ފިރިހެނެއްގެ މައްޗަށް ކަމަށެވެ.

އަދި މި މީހާ މާރާލާފައި ވަނީ ދެ މީހުންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެބެ.

އަދި މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން ޖެހޭ ފޮރެންސިކް ހެކި ހޯދައި ތަހްގީގު ފުރިހަމަ ކުުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.