ރައީސް ޔާމީނުގެ އަނިޔާވެރިކަމުގައި އެތައް ބަޔަކު ވަކިވެގޮސްފައިވާ ކަމަށާއި އަނިޔާވެރިކަން ނިންމަން އިތުރު މޭޑޭއެއް ގެންނަންޖެހޭ ކަމަށާއި އިތުރު މޭޑޭ އެއް ގެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގެ ބޮޑު އެއްވުމަކީ އަނިޔާވެރި ވެރިއެއްގެ ކިބައިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ސަމީރު ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް މައްޗަށް ގޮސްފައި ވުމުން އިތުރު މޭޑޭއެއް ގެންނަން ޖެހޭ ކަމަށެވެ.

"ޒުވާނުންނަށް ވެސް އަނިޔާވެރިވެ އެތައް ބަޔަކު ޖަލަށް ލާފައިވާއިރު އަނިޔާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވޭ" ސަމީރު ވިދާޅުވިއެވެ.

"އެދުވަހު ރައްޔިތުންނާ ދެކޮޅަށް ނުކުތުމުގެ ނަތީޖާއަކީ ސަރުކާރުގެ އަނިޔާވެރިކަން މިއަދު ބޮޑުވެގެން ދިއުން , އެހެންނަމަވެސް ސަރުކާރުގެ އަނިޔާވެރިކަން ވަރަށް އަވަހަށް ނިންމާނެ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އަނިޔާވެރިކަމުގައި އެތައް ބަޔަކު ވަނީ އަޅުގަނޑުމެންނާ ވަކިވެގޮސްފައި ކަމަށާއި މޭޑޭގެ އަނިޔާވެރިކަމުގައި އަބްދުﷲ ރަޝީދު ނިޔާވިއިރު އެއަނިޔާ ހިނގާދިޔަ ގޮތާއި އެލިބުނު ނިކަމެތިކަމުގެ މިނިވަން ތަހުގީގެއް ހިންގައިފިނަމަ ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށެވެ.

މިގެކުރިން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުވެސް މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް ފުރާލާފައިވެއެވެ. ނަމަވެސް ސަރުކާރު ވައްޓާލަން ދިމާކުރުމުން މުޒާހަރާ ވަނީ ރޫޅާލާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން ކޮންމެ އަހަރަކުވެސް މޭޑޭ މުޒާހަރާއަށް ނިކުންނަ އިރު މިފަހަރު މޭޑޭ މުޒާހަރާއަށް ނިކުންނާނެ ބަޔަކު ނުވީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ރާއްޖޭގެ ތަރައްގީވަމުން މިދާ ސްޕީޑަށް ބައްލަވާފައި ދެން އިތުރަށް ނިކުމެ މުޒާހަރާކުރާނެ ރައްޔިތުންނެއް ދެން ނުވާނެކަން އިދިކޮޅު ފަރާތް ތަކަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހހަހަ

    އެމްޑީޕީ މީހުންނެއްނު ތި އަނިޔާވެރިވަނީ.

    • މާސް

      އެމްޑީޕީގެ ހުރިހާގައްދާރުން ހިފާހަތްޔަރު ކުރަންވި މާލަސްވެއްޖެ

  2. ގަންޖާ

    ފޮޓޯއިން ފެންނަނީ އެމްޑީޕީ ގުންޑާއިން ރައްޔިތުންނައް އަނިޔާކުރާތަން. ދެން ސަމީރު ސަޕޯޓުކުރާ ޕާރޓީއަކައް.މިގައުމުގެ ވެރިކަމެއް ހަވާލެއް ނުކުރާނަން

  3. ނުރަބޯ

    އަނިޔާވެރިކަން ނިންމަން އަނިޔާވެރިންނެއް ނުއުޅޭނެ. އަނިޔާވެރިކަން އާލާކުރަން އަނިޔާވެރިން އުޅޭނީ. އަދި މޭޑޭ ގެނަޔަސް ނޫނިއްޔާ ޖޫންޖުލައިޑޭ ގެނަޔަސް ކަލޭމެންގެ ނުބައި މަގްޞަދު އިންޝާﷲ ޙާޞިލެއް ނުވާނެ. އަދި ތިޔަމީހުންނަށް ޖަލުގެ ގޮޅިތަށް މަރުޙަބާ ކިޔާ.

  4. ޖޮއްބެ

    ދިވެހިސަރުކާރުގެ ސަލާމަތީ ބާރު ތަކަށް ތިޔަމޭޑޭވެސް އިންޝާﷲ، މައިތިރިކުރެވޭނެ......!!! އަދި ތިޔަމޭޑޭ ވެސް އިންތިޒާމު ކުރި ބަޔަކު ޖަލަށް ގަޅާލެވޭނެ.

  5. ބޮއްބޮ

    ކަލޭމެން އިދިކޮޅުގަ ތިޔަތިބި ބާޣީންގެ ކޮންމެމީހަކަށް މޭޑޭއެއް ގެނަޔަސް އިންޝާﷲ، ތިޔައެދޭ ކަމެއް ނުވާނެ. އެހެނީ ތިޔަކަމަކީ ކަލޭމެން މިހާތަނަށް ކަންކުރި ފަދައިން ނުބައި ނިޔަތެއްގައި ކުރާ ކަމަކަށްވާތީ.

  6. ާވަތުބަތާނަ

    ކޮން ވާހަކައެއް ދައްކާކަށް ގެންނަންއުޅުނު ބަޣާވާތް ނާކާމިޔާބު ވީއިރު އަނިޔާވެރިންނަކީ ކޮބައިކަން އެނގިއްޖެ.

  7. ދޫރެސްޢަލީ

    އަހުރެމެންދުށީމު ތިޔަބުނާ ޢަބްދުﷲރަޝީދު ، ސިފައިންގެ މީހެއްގެ ގާގައި ތަޅާ ރޯނާގަންނަވާމަންޒަރު! ހަމަ އަހުރެމެން އަޑުއެހީމު ކަލޭ އަންނިޔަށް އަނިޔާވެރިޔެކޭގޮވިއަޑާ ވަގަށްގޮވިއަޑުވެސް! މިއަދު ޤާސިމު ހުރިއަތަކަށް ރިޔާ އަނބުރާލިޔަސް ތިޔައީ އެދުމެއްގަ އުޅޭ މީހެއްކަން ދެނަހުރީމު!

  8. އަބްދުއްލާ

    އަނިޔާވެރިކަމުން ކުރީ ކޮންކަމެއް. ؟ ކޮންމެ މީހަކުވެސް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ އަދަބު ލިބެންވާނެ. މަގުހިގަން ވާނީ ދުވާރުންކަމަށް އޮއްވާ މަގމެދުން ހިގާނަމަ ފިޔަވަޅު އަލާން ޖެހޭނެ އެއަށް އަނިޔާ އެކޭ ނުކިޔޭނެ.