ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިނަށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތައް ދެއްކުމާ ގުޅިގެން ވަހީދު ހައްޔަރު ކުރުމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ގޮވާލައްވައިފިއެވެ.
ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ހަސަން ވިދާޅުވީ މީހަކު ބޭނުންކޮށްލި ލަފްޒަކުން "ތިމަންނަ އަށް ހަމަލާދިން" ކަމަށް ވިދާޅުވެ، ވަހީދު ޓުވީޓު ކުރައްވާފައިވާތީ، ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދުގެ އޮފީހުން ފަހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެކަމަކު، އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ވަހީދުގެ ރާގު ބަދަލު ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ވަހީދަށް އަމާޒުވެފައެވެ.
ވަހީދަށް ދެއްވި ހަމަލާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީން ކުށްވެރި ކުރެއްވި މައްސަލައިގައި ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި އަނިޔާތަކުން އެ ޕާޓީތަކުގެ ވެރިން ސަލާމަތް ކުރީ އެމްޑީޕީގެ ރައްޔިތުން ކަމަށެވެ. އެހެންވެ، އެބޭފުޅުން އެމްޑީޕީގެ މެމްބަރަކާ ދިމާލަށް އެއްޗެކޭ ވިދާޅުވާ އިރު، ލަދު ހަޔާތެއް ހުންނަން ޖެހޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"ޔާމީންގެ އަނިޔާވެރިކަމުން ތިޔަބޭފުޅުން ޖަލަށްލި އިރުގައި މި ޕާޓީގެ ބޭފުޅުން ތިޔަބޭފުޅުން މިނިވަން ކުރުމަށް ރޭގަނޑާއި ދުވާލު ނުކުމެ އިންސާފު ހޯދުމަށް ވަކާލާތު ކުރީ. މިއަދު އައިސް، އެމްޑީޕީން އިންތިހާބެއް ކާމިޔާބު ކުރީމަ ތިޔަބޭފުޅުންނަށް އަނބިދަރިންނާ އެކީގައި ތިތިއްބެވީ. މި ވާހަކަ އަޅުގަނޑުމެން ދައްކާނަން،" މަޖިލިހުގައި ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ ވަހީދު ވީހާވެސް އަވަހަށް ހައްޔަރުު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އެއީ ރާއްޖޭގެ އަމަން އަމާންކަން ނަގާލަން ވަހީދު މަސައްކަތް ކުރައްވާތީ ކަމަށް ހަސަން ވިދާޅުވިއެވެ.
"ރާއްޖޭގެ މުސްތަގުބަލް ނަގާލަން މަސައްކަތް ކުރާތީ. އަނެއްކާ އެ ދުވަސް ގެންނަން އޭނާ މަސައްކަތް ކުރަނީ. އެހެންވީމަ އެކަންކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ. މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ. ހަމަ ސީދާ އެހުރީ ބަޣާވާތް ކުރަން ނުކުމެ، ފަތިސް ދަޅައިގައި މީހަކު ބަހެއް ބުނީމަ އެކަން އަނެއްކާ ވެސް އޭތިކޮށްގެން ގައުމުގެ ސުލްހަމަސްލަސްކަން ނަގާލަން މިއުޅެނީ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި ވަހީދު ކަހަލަ ބޭފުޅުން މުޖުތުމައުގެ ތެރޭގައި އުޅުމަކީ ބިރުވެރި ކަމެކެވެ.
ހަސަން ވިދާޅުވީ ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅަކަށް ނުވާ އިރު، އެމަނިކުފާނަށް އޮފީހާއި އިނާޔަތް ލިބިވަޑައިގަތުމަކީ މެމްބަރުން ކުށްވެރިވާނެ ކަމެއް ކަމަށެވެ. އެހެންވެ، އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މެމްބަރު ވަނީ ފެބްރުއަރީ 7، 2012 ގައި ހިނގައި ދިޔަ ކަންކަން މަޖިލިހުން ބެލުމަށް ވެސް ގޮވާލައްވައިފައެވެ.
ރައީސް ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އިއްޔެ ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާ ދީފައި ވަނީ އަނގަ ބަހުން ކަމަށެވެ. ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަ ބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އާނ! ކަލެޔަށް ތިހުރީ ވަރަށް މައްޗަށް އެރިފައި! ހިތުން ތިމާ މިހުރީ މާ މޮޅު މެމްބަރުކަމެއް ލިބިފައި! އެއްޗެއް ނޭގުނަސް އެހެން މީހުން ގައިގައި ދަތްއަޅަން އުޅޭތި!
މީހަކު ކަސްރަތު ކުރަން ހުއްޓާ އޭނަޔާ ެބެހުނީ ގޯހެއް ބެހުނީ ގޮތެއްނެއް މީހެއް އެކަމަށް ތާއިދުކުރަނީވެސް އެކަހަލަ ގޮތްކުޑަ މީހުން
ހަމަ ސަދޫމު. ޑރ ވަހީދު ގޯސްވާނީ. ސަދޫމުގެ ރައްޔިތުން ގޯހެއްނޫން. ބަކަރި ގެންދެވުނީ އެައިގެން ސަދޫމު ކައިރިއަށް އައިމަނު. ކުއްވެެިވާނީ ބަކަރީގެ ވެެިޔާ ފޭެުނުމީހާ އެކުރީ ހެޔޮކަމެއް. ޑރ ވަހީދު ހިނގަން ނުކުތުން ގޯސް. ފުރައްސާރަކުރެވުނީ ނުކުތީމަ. ފުރައްސާރަކުރިމީހާ ބަރާބަރު. އަނިޔާ ލިބުނު މީހާ އެއީ ކުއްވެރިއެއް. ހިފާ ހައްޔަރުކޮށް ކުޑަގޮޅީގަ ބައްވަންވީ. އަދުލު އިންސާފު މުސްލިމު ގައުމެއްގައި ހުރި ވަރު މިފެންނަނީ.
ބަލަގަ އޭރުގަ ބަޣާވާތުގެ މޭސްތިރިން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެންމެން މިހާރު މި ތިބީ މި ސަރުކާރުގަ ނޫންތޯ! ވެރިކަން ބޭނުންވީމަ ބަޣާވާތް ކުރި ބާޣީން ޣާޒިންނަށް ހަދާ ސަނާ ކިޔާ އަތް ޖަހަނީ ނޫންތޯ.. މިސަރުކާރަކީ ތިޔަ ބުނާ ބާޣީން ލައިގެން ހަދާފަ ހުރި ކޯލިސަނެއް ނޫތޯ.. ދެން ކޮން ވާހަކަ އެއް ދައްކާކަށްތޯ؟ މިއަދު މިއޮތީ ތިމާމެންގެ އާރާއި ބާރު ނޫންތޯ.. ތިޔަ ބުނާ ބަޣާވާތުގެ މައްސަލަ ބަލާ ޝަރިއްޔަތަށް ހެކި ހުށައަޅަންވީ ނޫންތޯ.. އެމްޑީޕީން އަނގަ ބަހުން ބުނެލާއިރަށް މީހުން ބާޣީންނަށާއި ޣާޒީންނަށް ވަނީ ނޫންތޯ. ނުވެންބަރު 3 ގެ ބޮޑު ބާޣީ އެންބަސީގަ ފޮރުވައިގެން ގެންގުޅުނީ މި ސަރުކާރުން ނޫންތޯ؟
ހައްޔަރުކުރަންވީ ކަލެއާއި ކަލޭ ކުރިމަތީ ރޫހާނީ ކަލޭގެއާއި ތިޔަބައިގަނޑް މިބބައިގަނޑް މުޅިގައުމު ހަލާކޮށްފި
ހަމަ ބުއް ދި ފިލާފަ ތިބި ޖާހިލު ގޮތް ކުޑަ ބައެއް މީ. މީގެ ބޮޑަކީ ކެނރީގެ ނަޝީ ދު
ބޮލުގައި ބަޑިޖެއްސިއޭ ކިޔައިގެން ދޮގުހެދި މީހަކު ވެސް އުޅޭނެ. ފުރަތަމަ އޭނަ ހައްޔަރު ކުރަމާ ހިނގާ.
ކަލޭމެން މިރާއްޖޭގެ ރައްޔިތުން ހައްލާލައިގެން ދޮގުމައުލުމާތުދީގެން ޔާމީންގެ ސަރުކާރު ވައްޓާލައިގެން އައިސް ކުރާކަމަކީ ތީތޯ ؟ ތީ ރައީސް ވަޙީދަާ ދިމާކުރަން އެމްޑިޕީ ރާވައިގެން ކުރާކަމެއް. ރައީސް ވަޙީދޭ ކިޔާނޭ ފުރުސަތެއް ނުލިބިގެން އުޅޭއަުޅެ ޖެހި މަޅިގަނޑެކެވެ.ތީ 7 ފެބްރުއަރީ ކިޔާދުވަހަކަށް ނުބެލިގެން އެމްޑީޕީ މީހުން ތެޅޭތާ ވަރަށް ދުވަސްތަކެއް ވެއްޖެ. ޔާމީންގެ ވެރިކަމުގައި ތިބި މީހުން ޖަލުން މިނިވަންކުރީ އޮންނަ ޤާނޫނާއި ޤަވާޢިދުގެ އިމުތެރެއަކުން ނޫން. އެއީ އެމްޑިޕީން ހޯދާދިން އިންސާފެއްނޫން. އެއީ އެމްޑީޕީ މީހުން މިޤައުމުގެ ރައްޔިތުން އަނިޔާއިން ސަލާމަތް ކުރީ ކީނޫން. ބޮޑެތި ކުއްވެރީން ބޮޑެތި މުޖުރިމުން.ޝަރީޢަތުން ބޭރުގައި ޖަލުން މިނިވަންކުރީ އެމްޑީޕީ މީހުންނަށް ވެރިކަން ހޯދާދިނުމުން ދިން ހަދިޔާތަކަކަށް. ތީ އިންސާފު ހޯދާދެވުނީ ކީނޫން. ތީ މިޤައުމުގެ އަދުލު އިންސާފުގެ ނިޒާމް ފުނޑާލީ. މިރާއްޖޭގެ ހުރިހާ ފައިސާ ކެއި މީހާ އެހެރީ ޖަލުން ބޭރުގައި މިނިވަންކޮށްފަ .ކުޑަ ކުދީންނާބެހުނު މީހާ އެހެރީ ވެރިކަމަށް އައިތާ ސައުވީސް ގަޑި އިރުވެސް ނުވަނީސް މައުސުމަކު ކަމުގައި ހަދާފަ މިނިވަންކޮށފަ . މިރާއްޖޭގެ ރައީސަކު ލޯންޗް ތެރޭގައި އިންދާ ލޯންޗް ގޮއްވާލިކަމަށް ޝަރީޢަތުން ސާބިތުވެފައި ހުރި އަދީބު އެހެރީ ކުށެއްނެތް މައުސޫމެއްގެ ގޮތުގައި ޖަލުން ބޭރުގައި.ޢަދުލު އިންސާފު ޤާއިމުކޮށް އެންމެންގެމައްޗަށް ޝަރީޢަތް ހަމަހަމަކުރުމަކީ އެއީ އިންސާފު. އެމްޑީޕީ އެކްޓިވިސްޓުން ތަކެއް ހައްޔަރުވެފަ އަނިޔާލިބުމުން އެއީ އަނިޔާއަށް ވެފަ އެހެން ޕާޓީއެއްގެ މީހަކަށް އަނިޔާ ލިބުމުން އެއީ އަނިޔާއަކަށް ނުވނީ އެއްީ އެއީ ކޮން ޤާނޫނަކުން ތޯއެވެ.ެވެރިކަމަށް އަންނަންވެގެން އެމްޑީޕީން ކެނޑި ބާސާ ކޮބާތޯ؟ ވަކިމީހަކު ކަރުގައި ހިފަހައްޓައިގެން ނެއްޓެން ނޭގިގެން އުޅޭ ބައެއް. މިހާރު އެއުޅެނީ ރައީސް ވަހީދޭ ކިޔާނެ ކަމެއް ފެނިގެން
މިފެންވަރުގެ މީހުން މަޖިލީހަށް ލައިގެން ކުރާނީ ކޮންކަމެއް. ޤާނޫނު ހަދަން ތިބޭމީހުންނަށް ނޭންގޭ ޤާނޫނުނުތައް ހުންނަނީ ކިހިނެއްކަމެއްވެސް. މިމޮޔަމީހާ ހޮވަން މަށަށްވެސް ވޯޓްދެވުނީތީ މިހާރު ހިތާމަކުރަން. ރައްޔިޮތުންގެ ކިބައިން މާފަށްއެދެން. ދެން ދުވަހަކުވެސް އެމްޑީޕީ މީހަކަށް ވޯޓްދިނުން ސަލާމުން ވައްސަލާމް.
ބަހުންވެސް ހަމަލާދެވިދާނެ
މަ މީކީ ވަހީދައް ތާއީދުކިރާމީހެއް ނޫން. ރ މަޖިލީހެއްކަމަކު ތިދެން ބޮޑުވަރު. ތި އުސޫލުން ހައްޔަރުކުރާނަމަ ސިޔާސީ ދާއިރާގަ ނެތް ތިކަމުން ސަލާމަތްވާނެ އެކަކުވެސް.
މމި ބައިގަނޑު މަޖިލިސް ތެރޭގަ ކުރާނެ އިތުރު މަސައްކަތެއް ނެތީތޯއްޗެ
ފިރުއައުނާ ހާމާނު ވެސް ލިބިފައިވާ އިއްޒަތާ ގަދަރައްޓަކައި މިބިންމަތީގަ ބޮޑާވެގަތެވެ. ލަހެއް ފަހެއް ނުވެ އެއިއްޒަތާ ގަދަރައް ގުދުރަތުގެނިޔާ އަރާހަމަވެއްޖެހިނދު އޮތީސަލާމަތް ނުވެވޭ ވަރުވެފައެވެ
ބިރު ދެއްކުމަކީ ހަމަލާއެއް ދިނުން ފަދަ އަމަލެއް
ޢެއީ ޓެރަރިޒަމް
ހަސަންޓޭމެންގެ ކަންތައްވެސް މާބޮޑުވީމަ ތިހެންވަނީ
އަނގަ ނުތަޅާ ކުރާ ކަމެއް ކޮށް ބަލާށެވެ.
އުސްތާމައުމޫނަށް ބޯކޮށްސަލާމް! އެއަށްފަހު ދަނެއު! ޑޮކްޓަރެއްގެ ލިއުމެއް ހޯދިގޮތަކަށްހޯދައިގެން ފުރައިގެންދިޔަމީހަކު އުސްތާޒުގެ ކޮނޑަށްސަވާރުކުރުމުގެނަތީޖާ ލިބިއްޖެކަމަށް ގަބޫލުކުރެއްވިއްޖެތޯ؟ ބަނީއިސްރާއީލުމީހުންގެވާހަކައިން މިސާލުދައްކަވާފަ އެފަދަބަޔަކުކޮނޑަށްސަވާރުކުރެއްވިނަތީޖާ ތިޔަ ފެނިވަޑައިގަންނަވަނީ! ބޮޑުމަންޒަރަކީ ބަރުލަމާނީއަށް މަގުފަހިކުރުން ވިސްނާލަށްވާ!
ޙަމަ ބަގީ،ވަޙީދު ހަޔަރު ކުރަވީ ވަހިދަކީ،ބޮޑު ބަގީޔެ ހަޔަރުކުރޭ
މެންބަރުން ފުރަތަމަވެސް ބަލާބަ ތިމާމެންގެ އަމިއްލަ މައްސަލަ ހައްލު ކުރެވޭތޯ! މި ގައުމަށް ތިމީހުންގެ މުސީބާތް މާބޮޑުވެއްޖެ. އަމިއްލައަށް ބޮޑު މުސާރަ ކަނޑައަޅައިގެން ކުރެވޭ ރަނގަޅު އެއްކަމެއްވެސް ނޯވޭ. ގައުމުގެ ޢަދުލު އިންސާފާއި އިޖުތިމާޢީ ފޭރާން ވީދާލިބަޔަކީ ތި މެންބަރުން. ލަދު ހަޔާތް ކުޑަ ބައެއް މެންބަރުން އުޅޭތަނެއް.
ޖަހައިގަތީއޭ ކަމަނާއަށް އިނގޭތަ ޤާނޫނު އަސާސީގައި އޮތީ ރައީސް އިސްތިއުފާދީފިނަމަ ޤައުމުގެ ހިންގުމާއި ހަވާލުވާނީ ނައިބުރައީސޭ ބަލަގަ ޤާނޫނުއަސާސީގައިނެތޭ ރައީސް އިސްތިއުފާދޭއިރަށް ނާއިބު އިސްތިއުފާދޭކަށް ޤާނޫނު ހަދާމަޖިލިސްގެ ނާއިބު ކަމުން އިސްތިއުފާދޭތި ބޭބެ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިވާއިރަށް އެހެންނޫނީ އަހަރެމެންވެސް ގޮވާނަން ކަމަނާ އަށް ކާޅޭ ޖަހައިގަތީއޭ. ތަންކޮޅެއް ހަމަޖެހޭ ވާހަކަ ރައްޔިތުންނަށް ފަހުމްވާގޮތަށް ދައްކަބަލަ. އެހެންނޫނަސް ރައީސް ވަހީދު ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް ކަމަނާގެ ބޭބެ ރައީސް ނަޝީދު ރައީސް ވަހީދުކައިރިއަށް ގޮސް އާދޭސްކޮށްގެން ނާއިބަކަށް ވާން އެއްބަސްވީވެސް އެހަދާނެއްނެތްތޯ؟ ދެން އަތްޖަހާ
ޤާސިމާއި މައުމޫން އަ ދިއެ ޕާޓީތަކުގެ މީހުން މިނިވަންކުރަން އޭރު ރޭގަނޑާއި ދުވާލު މަސައްކަތް ކުރީ އަމިއްލަ އެ ދުމުން ފޯވެ ތަތްތެޅިފައި ތިބެ ވެރިކަމުގެ ދަހިވެތި ކަމުގައި. އެ އެ ދުން ތިއޮތީ ޙާޞިލްވެފައި. އަ ދި މިހާރު އެމީހުން ތިބީ ފިޔަނޮޅާފަ ނެރެ އުކައިލާފަ. އެކަމުގެ ނަތީޖާ އެބޭފުޅުން ފަރާތުން މިހާރު ތިޔަ ފެންނަނީ. ކަލަނުގޮވާ!
އަންނި ވަރަށް ދޮގުހދާ މީހަކު ނުހުންނާނެ މި އުޑުދަށުގަ އޭނަ ހައްޔަރުކުރަންވީ.
އެންމެންވެސް ހައްޔަރުކުރަންވީ ރޯކުރިމީހުން ވެސް. ދޯ
ގައުމުގެ އެންމެ މަތީމަޖިލީހުގަ ދެކޭ ވާހަކަ މިހިރީ. ހިތަށް އަރަނީ މިގައުމުގަ އިޖްތިމާޢީ އަދާލަތެއް އެބައޮތްތޯ؟ މައުމޫނާ ގާސިމް އިމްރާން އަދިވެސް އަތްޖަހަޖަހާ ތިބެންވީތޯ؟
ހަސަންޓޭގެ ވާހަކަ މީހަކު ދައްކަން ވެއްޖެއްޔާ ހަހަހާ !!!!
މަ ހިތަށްއަރާ މީނައަކީ ކޮންތާކުން ކިޔަވާފަ ހުރި ޖާހިލެއްބާއޭ
މިހާރުން މިހާރަށް ނަޝީދު ހައްޔަރު ކުރުމަށް ރައީސް ސާލިހު އަށް ގޮވާލަން ނަޝީދު އަކޫ މުޖުތަމަޢު އަށް ހުރި ނުރައްކަލެކެވެ. ސީ ޕީ ހަމީދު އަވަހަށް ނަޝީދު ހައްޔަރު ކުރޭ އެއީ ޤައުމުގެ ހަލާކު ރައްޔިތުންނަށް ހުރި ބިރުވެރި ކަމެއް ހައްޔަރު ކުރޭ
ހައްޔަރުކުރަންވި މީހާ އެއިނީ އަރާ މިރާއްޖޭގެ ރީތިނަން މީހުންގެ މެދުގައި އޮތް އެކުވެރިކަމާ ޚުލުޤުހެޔޮކަން އިހްތިރާމްކުރުން ކަނޑުވާލީ، މިކަން ފަށައިދިނީ އޭނާގެ ތުވިޓަކުން. ޓެރަރިޒަމްގެ ޢަމަލެއްހިންގާ މީހަކު ވަގަށްނަގައިގެން ހުކުމަށް ފިލައިގެންހުރި މީހެއް އެއީ ހައްޔަރުކުރޭ.
ތީ ފައްކާ ގޮނޑި ކޮއްކޮއެއް ލިޔެފަ ދޭ އެއްޗެއް ބަލައިގެން ކިޔަންވެސް ނެގޭ ގަމާރެއް
ކުޅަދުރު ހަތަޔަށް އޮއްގާ ނޫކާ ހަސަނާ!
ލާދީނީ ރިޕޯޓު ނެރުނު ޖައްބާރުތައް ހައްޔަރުކުރޭ!
މަޖިލިހަށް އަންނަ ރުޅިގަނޑު ބާލަންތަ. ހީވަނީ މި މީސް މީހުން ރުޅިގަނޑު ބާލަން ދާ ތަނެއް ހެން. ގައުމަށް ހިދުމަތަށް ނުދެވޭތާގަ ރުޅިގަނޑު މައިތިރި ކުރަން ގޭގަ އޮވެބަލަ.