ޙުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ޖަލުގައި ތިއްބަވާ ޔުނިޓްގައި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ބަންދުކުރައްވާފައި އޮންނެވި ނަމަވެސް އެބޭފުޅުންނާއި އިލްހާމް އާއި މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެ އިލްހާމް ޝަކުވާ ކުރައްވައިފިއެވެ.

އިލްހާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އިއްޔެގެ އަޑުއެހުމުގައި އިލްހާމް ވިދާޅުވީ ނާޒިމް އާއި ރިޔާޒް އަދި އިމްރާން ތިއްބަވަނީ ވަރަށް ބޮޑަށް ދޫކޮށްލައްވާފައި ކަމަށާއި އެބޭފުޅުން ދުވާލު ތިއްބަވަނީ ވެސް ކޮޓަރިން ބޭރުގައި ކަމަށެވެ.

އިލްހާމް ވިދާޅުވީ އެބޭފުޅުން ތިއްބަވަނީ ވެސް ގޮޅިއެއްގައި ނޫންކަމަށާއި އެބެފުޅުން ތިއްބަވަނީ ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް އޭނާ އޮންނަނީ ގޮޅިއެއްގައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ގޮޅިއެއްގައި ބަހައްޓާފައި ހުންނައިރު ބަންދުގައި ތިބޭ އެހެން މީހުންނާ ބައްދަލު ނުވާ ކަމަށާއި އަދި ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދުނުތާ މަހެއްހާ ދުވަސްވީއިރު ވެސް އެކަން ހަމަނުޖެހޭ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ނަމަވެސް އިލްހާމްގެ ވާހަކަތައް ދައުލަތުން ވަނީ ދޮގުކޮށްފައެވެ.

ދައުލަތުން ވިދާޅުވީ އިލްހާމް ބަހައްޓާފައި ހުންނަ ޔުނިޓަށް ކޮންމެ ދުވަހަކުހެން ޑޮކްޓަރުންނާއި ނަރުހުން ޒިޔާރަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއްވެސް މީހަކަށް ނުފެންނަ ގޮތަށް އިލްހާމް ބަހައްޓާފައިވާ ކަމަށް ބުުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އިލްހާމަށް އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތައް މިހާރު ވެސް ދޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އިލްހާމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ 32 ހެއްކެއް ޝަރީޢަތައް ހުށަހަޅާފައެވެ. އެހުރިހާ ހެއްކެއް ވެސް ކޯޓަށް ބަލައިގަންނަން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ނިންމަވާފައެވެ. އަދި މައްސަލައިގެ ތަޙްޤީޤުގައި އިތުރަށް ހޯދާ ހެކި ވެސް ހުށަހަޅަން ޖެހިއްޖެނަމަ އެކަމުގެ ހުއްދައަކަށް އެދުމުން ގާޒީ ވަނީ އެހުއްދަ ވެސް ދައުލަތައް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރި

    ހުކުމް ކޮއްފައި ތިބޭމީހުންނާއި ތަހުގީގަށް ހައްޔަރު ކޮއްފައި ތިބޭމީހުން ތަފާތު ވާނެ

  2. ބީވާ

    ރައްޔިތުންގެ މަޖްލިސްގެ ނަރު ކެނޑުނު ތޯ. ރިއަލިޓީ ފެނޭބާ؟

  3. އަހުމަދު

    އެންމެ ފަހުން އަމިއްލައަށް ހޫނުފެނަށް ވެއްޓުނީއެވެ.

  4. ޙާޖީ ތުއްތު ދީދީ

    ރެހެންދި ފުލެޓުގައި މަޑުމަޑުން އަރާމުގައި ހުރިނަމަ ކިހާ ރަނގަޅުތަ؟

  5. ޙަފްޞާ / މާލެ

    ޙަފްޞާ ހީކުރިން ، އެންމެން ރައީސްޔާމީނަށް ޣައްދާރުވިޔަސް އިލްހާމު އަދި ނިޙާން އެހެން ނުވާނޭކަމަށް! އެކަމަކު ލީކުވެފައިވާ ބަޔާންތަކުން ފާރިޝް އިލްހާމަށް 2.4 މިލިޔަންޑޮލަރުގެ ދިވެހިރުފިޔާ ދިންކަމާއި އެ ރުފިޔާގައި އިލްހާމު ހިފިކަމާއި އޭގެ މުޤާބްލްގައި ރައީސްޔާމީނަށާއި ސަރުކާރަށް ޣައްދާރު ވެއްޖެކަން އެގުމުން ހިތް ކުދިކުދިވިކަހަލަ!

  6. އަބްދުއްލާ

    އިލްހާމްކީ އިއްޒަތްތެރިއެއްނޫން ،