އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އޭނާ އަށް އެމްޑީޕީ ސިފަވާ ގޮތް ވިދާޅު ދެއްވައިފިއެވެ.
ސައީދު މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދާއި، އެމްޑީއެން އިން ނެރުނު ރިޕޯޓެއްގެ ފޮޓޯ ހިމެނުއްވުމަށް ފަހު ވިދާޅުވީ ހާމަވަނީ އެކެއްގެ މުށުތެރޭގައި މާބޮޑަށް ތާށިވެފައިވާކަން ކަމަށެވެ.
"ފަނާކުރާ ސިޔާސަތު ބަދަލު ނުވާކަން. ވެރިކަން ލިބުމުން އިކޮނަމީ އިނދަޖެހުނުކަން. ކޮރަޕްޝަން އިތުރުވާކަން. ޖުޑިސިއަރީ އާއި މާބޮޑަށް ދޯޅުވަކަން. ބާރުތައް އެފުށް މިފުށަށް ޖަހާކަން." ސައީދު ވިދާޅުވިއެވެ.
Haamavanee ekegge mushutherey maabodah thaashivefai vaakan. Fanaakuraa siyaasathu badhalu nuvaakan. Verikan libumun economy indhajeheykan. Corruption ithuruvaakan. Judiciary aai maabodah dhoalhuve birudhakkaakan. Baaruthah efu’h mifush’ah jahaakan. pic.twitter.com/24mvJp9YUF
— Mohamed Saeed (@em_saeed) June 26, 2020
ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހުއްދަ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދެއްވުމުން އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ކުރީގެ އިކޮނަމިކް މިނިސްޓަރ ސައީދު، އޭނާ އަށް އެމްޑީޕީ ސިފަވާ ގޮތް ވިދާޅުވިއިރު އެމްޑީޕީއަށް ވެރިކަން ލިބުމުން ރާއްޖޭގެ އިޤުތިޞާދު އިނދަޖެހުނު ކަމަށް ވިދާޅުވިއިރު ރާއްޖޭގެ އިޤުތިޞާދު މިހާރު އޮތީ ސުނާމީ ކާރިސާ އަށް ފަހު ދިމާވި ހާލަތައް ވުރެ ވެސް ގޯސް ހާލަތެއްގައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން އެއްކޮށް ހުއްޓިފައި ވާއިރު، ކުރިން ފަތުރުވެރިކަން އޮތް ހާލަތައް އަނބުރާ ގެންދަން ދެއަހަރެއްހާ ދުވަސް ނެގުން ގާތް ކަމަށް ދުނިޔޭގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ފަތުރުވެރިން ރާއްޖެ އަށް ނާންނާތީ ރާއްޖެ އަށް ލިބޭ އާމްދަނީ ދަށްވެ، ފައިސާ ޗާޕް ކޮށްގެން ދައުލަތުގެ ޚަރަދުތައް ދަނީ ފޫބައްދަމުންނެވެ. އެއީ ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު އިންތިހާއަށް އިތުރު ވެގެން ހިނގައިދާނެ ކަމެކެވެ.
އެބައިގަނޑު އެންމެ ވައްތަރީ ގުންޑާއިންނާ!
ރައްޔިތުންގެ ނިންމުން. ދެން މިފަހަރު ކެތްކޮއްގެން މަޖުލީހައްދޭ. ފިނޑިކަމުގެވެސް އިންތިހާ
އެމް.ޑީ.ޕީ ދިވެހިރައްޔިތުން ސިފަކޮށްލަދޭނެ އަންނަ ކައުންސިލް އިންތިޚާބުގައި، ނަޝީދުއަށް ސާފުކޮށް ފެންނާނެ ވަރަށް ބޮޑު މަންޒަރެއް، ފުސްނުވާ އައިނެއްއަޅުއްވައިގެން ބަލަން އިންނަވާނެ ތަނެއްގައި އިންނަވަންވީ. ދެން މިޤައުމުގެ ވެރިކަމެއް އެމް.ޑީ.ޕީ އަކުން ނުކުރާނެ، އަދި ބޮޑު ވެގެންވާ އިންސާފެއް މިޤައުމުގެ ރައްޔިތުން ހޯދާނެ، އެދުވަހުން އެމްޑީޕީ ސިފަ ވާނީ ނުކައި ނުބޮއި 5 އަހަރުވެދާ ރާމާމަކުނެއްހެން. މިއަދުވެސް ތިޔަ އެމްޑީޕީ އަހުރެންނަށް ސިފަވަނީ އެފަދަ މަކުނެއްގެ މޭކަށިގަނޑު ހެން ޝުކުރިއްޔާ
"ބާގީނާޒިމް ހައްޔަރުކުރޭ، ބޮޑިބަތްޖަމީލު ހައްޔަރުކުރޭ، މައުމޫނު ވަގެއް،ޖަގިޔާ ނާޒިމް ވަގެއް، އަދީބު ބޮޑުވަގު،" ޝާހިދު ވަގެއް މިއީ އެމްޑީޕީ ގޮވިވާހަކައެވެ. އަދި އެފްޕީއައިޑީގެ ބޮޑުވައްކަމުގެ ވާހަކަ 90 ގެތެރޭގައި ނިކުތް "ސަންގު" ގައި ޖަހައިގެން ތިޔަ އަންނި މަސްހޫރުވީވެސް، އަދި މައުމޫނު ކަމުނުދަނީ ޢާއިލީ ވެރިކަމެއްވެފައި 3 ބާރު އެއްވެފައި މިނިސްޓަރެއް ބޮޑެއް ކުށެއް ކޮށްފިއްޔާ ހައްޔަރުނުކުރެވޭކަމާ މިހުރިހާ ވާހަކައެއް ދައްކާ މިކަންކަމާ އެންމެ އިދިކޮޅީވެސް ހަމަމިމީހުނެވެ. ދެންކިހިނެއް ރީދޫރަގަޅުވާނީ
އެމްޑީޕީއަށްކުރެވޭނީ ހަމަ ވައްކަން މިވީހާތަނަކަށް ކުރެވުނު ރަނގަޅު ހަމަ އެއްކަމެއްވެސްނެޓް ކޮންމެފަހަރަކު އަރާ މުއައްޒަފުންގެ މުސާރަކުޑަކޮށް ސިޔާސީ މަގާމުތަށް ބޮޑުމުސާރައިގަ އައްޔަންގުރުން ނޫންކަމެއްނެތް އެކަންރަގަޅިއްޔާ އެކުރެވުނީ އެބުނާ ރަނަގަޅުކަމެއް މުސާރައާއި އިނާޔަތާއި އިތުރުގަޑި އަދިނުވިތާކަށް އެތަކެއް އެތަކެއް ބަޔަކު ވަޒީފާއިން ކަނޑާލާ މީތޯތިބުނާ ރަނގަޅުކަމަކީ އަދި ތިމީހީއަށް ރައްޔިތުން ފާޅުގަނޫނެކޭބުނާދުވަސް ވަރަށް ކައިރި ޖާދޫގެ ބާރު ކެނޑިގެން ދާނެ ކަހީނުކަލޭގެއަށް ދޭ ބައިވަރުގަނޑު ހުއްޓުމުން ތިމީހާ ހުއްޓިދާނެ ކާޅުގެ ލޭ ކައިގެންތިބި ބައިގަނޑެއް ހަޔާތެއްރަނގަޅެއްނުވާނެ..
ނުހަދާ ރަންވޭ އެއް އެބައޮތެވެ
ޢިންސާނުން ފިނިފެންމަލެއްގެ ސިފައިގަ ފެންނަމީ ހަކަށް ޔާމީނުގެސިފައިގަ ފާތުމަވެސް ފެނިދާނެ. މިއިން އެގެނީ ބުއްދިގޯސްވެފަވާމިންވަރު.
ރަނގަޅު ....
ތެދެއް..އެއީ ފަނާކުރާ ފިކުރެއް..ހަމަ އެއާ އެކު ބައިތުލްމާލު ކެއުން ވެސް ނުހުއްޓޭ
ކާންދިން މީހާގެ އަތުގަ ދަތްއެޅި މީހެއްގެ ވާހަކަ އަޑުއެހާނީ ކާކު؟
އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު މިގައުމުގެ މިނިވަންކަމާ އިސްލާމްދީނަށް ލޮޅުން އަރާ އެއްޖިންސުން ގުަޅުން ހިންގާ މީހުނާ ދީނީ މިނިވަންކަން ހޯދަންއުޅޭ މީހުނާ ޖަމިއްޔާތަށް އިޕަރޭޓް ކުރަންފަށާ ހެޔޮނުވާނެ ދިވެހިރައް ޔިތުނޭ ހަސަދަޔާ ދެކޮޅުވެރިކަން ދޫކޮށް މިސައިތޯނީ ކެނަރީގޭ ބުއްޅަބޭގެ ފަނާކުރަނިވި ފިކުރުން އަހަރެމެން ސަލާމާތް ވާން ނުވޭތޯއެވެ.