ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 1450 މީހަކަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖުމްލަ 1450 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދެނީ ފިނޭންސް މިނިސްޓްރީއާ އެންސްޕާއާ ގުޅިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާ އެވެ. އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ އެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

"އިންކަމް ސަޕޯޓް އެލަވަންސް"ގެ އުސޫލުގައި ބުނެފައިވަނީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ތާކިހާ

  ކޮބާ އަހަރެންގެ ފޯރމް ، ބަނޑުއަޅާލީތަ، ނޫނީ ދިރުވާލީތަ ، ތިޔަ ހަދަނީ މުޅިން ދޮގު ކަލޯ

  10
  1
 2. ނަން އިތުރު

  ހުސްދޮގު!!! މިއަަދު މީ ޖޫން 27 އަދިވެސް މަގޭ އެޕްލިކޭޝަން އިނީ ޕްރޮސެސް ގަޔޯ! އެކަމަކު 15 ގެ ކުރިން ދޭނަމޯ؟ ގޯތި ކުދިންކޮޅަށް ބަހަނީތަ؟ ވާނުވާ އެް ނޭންގޭ މިކަމަކުން! ނުދެންޔާ އެވާހަކަ ވެސް އަންގާލަބަލަ!

  10
 3. ޖާބެ

  އޮޅުވާލިޔަސް ތިޔައީ ބޮޑުވަރު ދެމަހުގެ ދެ ފޯމް ހުށައެޅިމަވެސް އަދިވެސް ޙަބަރެއްވެސް ނެތް މެސްޖް އައްނަނީ އެޕްލިކެޝަން އެޕްރޫވް ކަމައް އެކަމަކު އަދި ކުޑަ ބޮއްޔެއްގެ މިންވަރުވެސް މަގޭ އެކައުންޓަކައް ޖަމައެއް ނުވޭ.
  އައްނަމަހުގެވ7 ގެ ކުރިން އަނެއް ފޯމްވެސް ހުށައަޅަނަން. ދައުލަތުން ޓެކްސް ޖޫރިމަނާ އަހަރުމެން ބަރާބަރައް ދައްކަން .ދެން ކީއްްވެބާ އަހަރުމެންނައް ތިހާ އިހާނެތިކޮށް ކަންތިކުރަނީ؟

  10
 4. މަމެން

  އެއީކޮންބަޔަކަށް ލިސްޓުނެރެދީ

 5. ތީތަ

  ތީއީތަ ވަޒީފާ ގެލުނު ދިވެހިރައްޔެތުންނާ .. ލާރި ނުދޭ ގޮތައް ގެއައް ފުނުވާލި ދިވެހިރައްޔެތުންނާ.. މަހުމުސާރަތައް ކުޑަކުރަމުންގޮސް އަނބިދަރިންނާ މާންބަފާނާ އަމިއްލަ މީހާއްއްވެސް އެއްމަހު ރަނގަޅައް ކާނުލެވޭނޭ ވަރައް މަހުމުސާރަތައް ކުޑަކުރި ދިވެހިރަޔަތުންނާ .. މި ހުރިހާ ރައްޔަތުންގެ އަދަދަކީ ތީތައް.. .. ތިހެން ފަހުރުވެފަ ބުނަން އަދި ކާރިވެސް ނުވޭނުން... ތީ މިދިވެހި ކަ ޑުތަކައް ފާހަނާ ނަރުދަމާ ޖަންގުސަންތަކުން ދޫކުރާ ނަޖިހިހުގެ މިންވަރައްވެސް ކާރިނުވޭނުން.. އެއް އޮއޮތް ބޮޑު ކަނޑައް އެދޫކުރާ މިންވަރައްވުރެންވެސް ތި ބުނާ މިންވަރު ހާސްބާ ކުޑައެއްނު..
  ތިހިސާބު ހަދާފަ ކިޔާއިރު ކޮވިޓައް ހިލޭ އެހީގެގޮތުގާ ލިބުނު ފާ ސާގެ ޖުމްލަ އަދަދުތައް ނުބުނެވެނީ ކީއްވެ.. އެފާސާއްތަކައް ވީގޮތާ
  . ތާކުން ތާކު ނުޖޭހޭ ތަންތަން ހަނދާގެން އަދި ތާކުންތާކު ނުޖެހޭ ހިސާބުތައްޖަހާ ކޮވިޓުގެ އަދަދުތައް ބޮޑުކޮއް ރައްޔަތުން ބިރުގަންނާނޭހެން ދައްކުވާ .. ތިމާމެން އަމިއްލަ ޖީބުތަކާއި ތިމާމެންގެ އައުވާނުންގެ ޖީބުތަކައް ވަންހާ ފާސާކޮބާ.. އެދަދަދުތަކުގެ ވާހަކަ ނުކިޔަނީ ކީއްވެ..
  ..
  އެހުރިހާ އެހީގެ ފާސާގެ ޖުމްލައައް ބަލާއިރު ތިބުނާ އަދަދަކީ ތިމަންމެން ރައްޔަތުންނައް އެހީވެދީފީމޭ ބުނެ މެޑެލް ޖަހާ ކަންދައްކަން (ދިންކަން ދެއްކުމައް) ދިން އަދަދަގެ ރައްޔަތުން ކޮބާ ތިބުނާ އެހީ ނުލިބޭހާ ރައްޔަތުން...
  ވަޒީފާގެ ގޮތުން ވިޔަސް ހާލުގާ ޖެހިފާ ހަމަ ތިބީ ތިބުނާ 1450 އަދަދުގެ ރައްޔެތުންތަ..
  ލިބުނުހާ އެހީގެ އަދަދުތަކާ ބަލާއިރު އަދި އަމުދުން ވަޒީފާގެ ގޮތުން ގެއްލުން ލިބުނު މީހުންނާ އާއިލާތަކާ އަދި އެނޫން ގޮތްގޮތުންވެސް އާމުދަނީގޮތުން ގެއްލުން ލިބުނު މީހުންނާ އަޅާ ބަލާއިރު ތިނުވޭ އާދާގެ ހަނޑޫ ބަސްތާއަކުން ފެންނަ ކަޅުހަނޑޫ ފުކުގެ މިންވަރުއްވެސް..
  ތިބުނާ އެހީ ތިދިން 5.8 މިލިއަނައް ވުރެން ބޮޑުވާނެ ކޮވިޓުން ލިބުނު ތިބުނާއެހީން ލިބުނު ފާސާއިން ވާނުވާނޭގި ކުރެވުނު ހަރަދުތަކާއި ބޭކާރު ގޮތުގަ ހިންގާފާވާ ހަރަދުތަކުގެ ޖުމްލްތައް ހިސާބު ރަގަނޅައް ޖަހާލާފަ ބަޖެޓް ހަދާލިޔަސް...
  ..
  ބަޖެޓް ބަލަހައްޓަންޔާ ހުރިހާގޮތަކުންވެސް ބަޖެޓް ބަލަހައްޓަން ޖެހޭ..
  ވާނުވާ ބަޔަކައްއެނގި ވާނުވާ ބަޖެޓައް ނޭގި ދާހަރަދު ތަކުގެ ހިސާބު ކިތާބުވެސް ހަމަ ބަލަހައްޓަންޖެހޭ އަދި ހާމަވެސް ކުރެވެންޖެހޭ..

 6. Anonymous

  ތިޔަބުނާ އެއްޗަކަށް ފޯމު ފުރައިގެން ލާފަ އޮންނަތާ ބަރާބަރު 2 މަސް ވެއްޖެ. ހަރާމުން ހަރާމް ވާނުވާއެއް ނޭގެ. ޖެހި ޖެހިގެން 2 މަހު މިހާރު ފޯމު ލައިފިން. އަދިވެސް ވާނުވާ ނޭގިފަ މިތިބީ. އަނެއްކާ ތީ ވަކި ފަންތީގެ ވަކި ބަޔަކަށް ދޭ އެއްޗެއްތަ؟

 7. ޢަހްމަދު

  ފޯމް ލީމަ ލިބުނު ކަމެއް ނޭނގެ. ނުއެއް ގުޅޭ.

 8. ޙަަރުން

  ފައްކާ ބޮޑު ވަގެއް .ކަލޭމެންގެ ސުންޕާ ކަމުން ގައުމު މިއޮތް އަރަގު ވަނީ .ރައްޔިތުން އިހްތިޖާޖަށް ނިކުންނާނެ ކަލޭމެންނަށް ތިޔަހެން ރައްޔިތުން ގުނބޯ ނެހެއްދޭނެ

 9. ައަހުމަދު

  ހިތައްއެރި ބަޔަކަށް ދިނީ ކޮވިޑުގައި ހަލުގައިޖެހުނު އެންމެންނަކަށް ނުލިބޭ ސަރުކާރުން ބޭނުންވާ ބަޔަކަށް ބެހީއޭ ކިޔާބަލަ އެއިރުން މާރީތިވާނެ.

 10. އިންނު މުހައްމަދު

  ހުސް ދޮގު

 11. އިސް

  ދޮގުނަހަދާ ކަލޯ