ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައިގައި ފުލުހުންގެ އިދާރާ އަށް ޔުމްނާ އިއްޔެ ހާޒިރުކޮށްފައިވާއިރު ފުލުހުން ވަނީ ވަކީލަކާއެކު މިއަދު ހަވީރު 4 ޖަހާއިރު އަނެއްކާވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޔުމްނާ އަށް އަންގާފައެވެ.
ނަމަވެސް މިއަދުވެސް ޔުމްނާ ފުލުހަށް ހާޒިރުވީ ވަކީލަކާ ނުލައެވެ. އެހެންކަމުން ފުލުހުން ވަނީ ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަންނަ އާދީއްތަ ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.
މިއަދު ފުލުހަށް ހާޒިރުވުމުގެ ކުރިން ވެސް ޔުމްނާ ވަނީ ވަކީލަކު ހަމަޖައްސަން މުއްދަތެއް ދިނުމަށް އެދިފައެވެ، ނަމަވެސް އޭރު ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
ފުލުހަށް ޔުމްނާ ހާޒިރުކުރާއިރު ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ޝަރީޢަތްތައް މިހާރު ވަނީ ފަށާފައެވެ.
ތިހިރީއެއްނު ސަޖާތާއާ ސަފާތާ. އެދެމީހުންވެގެން މިހުރިހާމީހުން އިބިލީސް ހައްދައިފި