ގުޅީފަޅަށް ޕޯޓު ބަދަލު ކުރުމަށް މިހާރު ގުޅީފަޅު ހިއްކުމަށްފަހު އެތަނުން މާލޭގެ ރައްޔިތުންނަށް ބޯހިޔަވާހިކަން ދިނުމުގެ ގޮތުން އެރަށުން ގޯތި ދޫކުރުމާއި މެދު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މިއަދު މިނިސްޓަރު މިފަދައިން ވިދާޅުވީ މެންބަރު ކުރެއްވި ސުވާލުތަކާއި ގުޅިގެންނެވެ.
އެގޮތުން މެންބަރުން ވަނީ މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ކަނޑައަޅާފައި ދިނުމަކީ އެޖެންޑާ 19އިން ރައްޔިތުން ވެފައިވާ ވަރަށް މުހިއްމު ވައުދެއް ކަމަށް ވިދާޅުވެފައެވެ. މާލޭގައި އެކި ސަރަހައްދުތަކުގައި ކުދިކުދި ތަންކޮޅުތަކުގައި ރައްޔިތުން ދިރިއުޅެމުންދާކަން މެންބަރުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މާލޭ ރައްޔިތުން ކުދި ތަންކޮޅު ދޫކޮށްލުމުން ގޯތި ދިނުމުގެ ވިސްނުން މިޙާރު އޮތީ ކިހިނެތްތޯ މެންބަރުން ސުވާލު ކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ދިރިއުޅުމަށް ކަނޑައެޅޭ ބިންތަކެއް ގުޅިފަޅު ޕްރޮޖެކްޓުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ.
ނަމަވެސް އެތަނަކީ ޕޯޓު ސިޓީއެއް ކަމަށާއި ގުޅީފަޅު ޕޯޓާއި އެކުގައި ނޯތު ހާބަރަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެތަން ތަފާތު ތަނަކަށް ވެގެން ދާނެ ކަމަށާއި ނަމަވެސް އެތަނުން އާއްމުންނަށް ކޮންމެވެސް ވަރަކަށް ބިންވެސް ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމް ވަނީ މާލޭގައި 21،013 އާއިލާއަކަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. ގުޅީފަޅުން ދިރިއުޅުމަށް 1200 ބިން ނެގޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މާލެ މީހުން ތިތަނަކުން ގޯތި ބޭނުމެއް ނޫނެވެ! ގޯތި ބޭނުމީ ހުޅުމާލެއިންނެވެ!
ޢަޥާމެންދުރު ދައްކަން ފެށީ ދޯ
މީ ދެން ނަސްލީ އމްތިޔާޒު މި ސަރުކާރުގައި އޮތްކަން ހާމަ ވާ ދަލީލެއް. އޮންނަކަން އެގޭ. ދިވެހި ރައްޔިތުންގެ ފައިސާ މާލޭ ބައިގަޑަކަށް މުސްޖާހާފަ ދެވިދާނެބާ؟ ތި ގޮތަށް ރާއްޖެތެރޭ މާލޭ އިންކުރަހާ ކަމަށްވަނޏޤ ނަތީޖާ ވަރަށް ހިތިވާނެ. "މަގޫ ދަޑި ސަރުކާރުތައް" ކުރިންވެސް އުފަންވީ އޭރުގަ މާލޭގެ ބޮޑުން ތި ނުބައި ފިކުރު ގެންގުޅުނީމަ. ދެންވެސް ވާނީ އެހެން. ނުވަތަ މި ފަހަރު ތީ މޯދީ އަންގައިގެން ގައުމު ރޫޅާލަން ކުރާކަމެއްކަމަށް ވެސް ވެދާނެ
މާލޭ މީހުންގެ ފައިސާއިންތަ ގުޅީފަޅުު ހިއްކީ ނޫނީ ހުޅުމާލެ ހިއްކީ..ދިވެހި ދައުލަތުގެ ފައިސާއިން ޚަރަދުކޮށްގެން ހިއްކީމަ ގެދޮރުގެ ދަތިކަން ކުރިމަތި ވެފައިވާ ހުރިހާ ދިވެހި ރައްޔިތުންނަށް ގޯތި ވެސް ފްލެޓް ވެސް ހަމަހަމަ އުސޫލަކުން ދޭންޖެހޭނެ...އަންނި ރާއްޖެތެރޭ މީހުންގެ ބޮލަށް ޗިޕު ޖަހާފަ ޖަޒީރާރާއްޖެ ކިޔާފަ ގަނަތަޅުވަން ބައިތިއްބާފަ މާލޭ ރައްޔިތުންނަށް ހުރިހާ މޮޅެއް..ރާއްޖެތެރޭ ރައްޔިތުން ހޭއަރާކަށް ނުވޭތަ....
އި ންސާފު ކޮށް ގޮއްސިއްޔާ ރަގަޅު މިއަދުވެސް ރައްޓެހި މާލޭ ބޭފުޅަކު ގުޅި ބު ނި މަ ންމަ އަދި ބައްޕަގެ ގެއި ން އޭ ނައަށް ލިބިފައި ހު ންނން ނަ ކަމަށާއި އަދި ހުޅުމާލެއި ންވެސް ފްލެޓް އެއް ލިބިފައި ވާކަމަށް އެކަމަކު މާލޭގައި ކުއްޔަށް އުޅެ ނީ
ތި ބުނާ ގޮތައް ކިތައްފަހަރު ކުދި ތަންތަން ދޫކުރާގޮތައް ބިން ދޫކުެެވިއްޖެ މި ވީހާތަނަ ކާކު ދޫކުރި ހުރިހާ ތަނެއް ބަގުޑި ބައްދައިގެން މާލޭ.Iހުން އުޅެނީ އެއްވެސް ތަނެއް ދޫނުކުރޭ
ކޮބައިތޯ ތިބުނާ މާލޭ މީހުންނަކީ؟
އެހެން ތަންތަނުން ގޯތި ނަގައިފައިވާ މީހުންގެ ގޯއްޗަށް ހަދާނެ ގޮތެއް ނިންމަންޖެހޭ! މިހެންމިދެންނެވީ ކޮންމެ މީހަކަވެސް ދިރިއުޅެވޭނީ އެއްތަނެއްގައި ކަމަވަށްވާތީ ބިންވެރިކުރުމުގެ އުސޫލުން ގޯތި ނުދެއްވުން އެދެން!
ހުރިހާ ރައްޔިތުންގެ ފައިސާއިން މާލޭ މީހުނަށް ގޯތި؟؟؟؟؟ ކޮން އިންސާފެއް؟
މާލޭ މީހުންނައް ގޯތި ލިބެންޖެހޭ މާލޭއޭ ރާއްޖެތެރޭގެ ކިޔާނެކަމެއްނެތް މާލޭމީހާވީމަ ރަށަކުން ވެސް ބިންކޮޅެއް ލިބިގެންނުވޭ. ރަށުން މާލެއައިސް ދެދުވަސްވާއިރައް މިގޮވަނި މަށައް ގޯއްޗެއް މާލޭމީހާގެވެސް ހައްގުތަކެއްއޮންނާނެ ެެެެެެެ
މާލޭ މީހުންނަށް މާލެއިން ހަމަ ގޯތި ދޭންވީ އެހެނޭ ކިޔާފަ ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ފަޅެއް ހިއްކައިފިއްޔާ އެތަނަކުން ގޯތި ދޭކަށް ނުޖެހޭނެ..ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުން ހޭއަރާބަލަ..
ހުރިހާ ރީދޫ ކުދިންނަށް މިފަހަރު ތިތަނުން ގޯތިދޭނެ އެޖެންޑާނަވާރައިގެ އަސްލަކީ ހުރިހާ އެސެޓެއް ރީދޫކުލަޔަށް ދިނުން މާލެވިޔަސް އެހެން ގައުމަކުންވިޔަސް
ވަރަށް ރަގަޅު ނިންމުމެއް ގޯތިލިބޭނެކަމުގެ ފޮނިއުންމީދުގައި މިތިބީ!!
ވިސްނުން ހުރީ ކައުންސިލް ހައުސިން އަށް ކަމަށް ހައުސިންގް މިނިސްޓަރު އަސްލަންޓޭ ވިދާޅުވާނަމަ މަމެން ބުނާނީ އަދި ހައުސިންގް ކަންކަމުގަައި އަސްލަންޓޭ ތިޔާ އުޅެނީ މާބޮޑަށް ފަހަތުގައޭ ...
ހިއްކަންނާ ހިއްްކަންވީއޭ ގުޅިފަޅު އެއް ބުރުން އެއްކޮށް މެދުގައި އޮތް ފުން ވިލާއި އެކު އެއިރުންނޭ މާލެ ސަރަހައްދުގެ ވިޔަފާރިވެެރިންނަށް އެތަނުން ބިން ތައް ވެސް ދެވޭނީ މާލެ ސަރަހައްދުގެ ވިޔަފާރިވެރިން އެބަޖެހޭ މިހާރު ތިބި ސްޓޭޖުން މަތީ ސްޓޭޖަކަށް އެމެން ގެންދަން އެގޮތަށް ކުރެވޭނީ ކޮންމެ ކުންފުންނަކަށް 40 ހާސް އަކަފޫޓްގެ ބިމެއް ގުޅިފަޅުން މަހަކު 40 ހާސް ރުފިޔާ އަށް ކުއްޔަށް ދީގެންނޭ 1000 އަހަރު ދުވަހުން ކުއްޔަށް ބަދަލެއް ނާންނަން ގޮތަށް ޖައްސަންވީއޭ ޖައްސާ ޖައްސާ ޖައްސާ ޖައްސާ....
1200 ގޯއްޗޭ ތޯ ހާދަމަދު އަދަދެއް އެއް ގިނަ ފައިސާ ޚަރަދުކޮށްގެން މަހާ ޖައްރާފު އޮއްވާ ބޮސްކާލިސް ލައްވާ ހިއްކަނީ ކަޓު ލިބޭ ގޮތަށް އަންނި އިރުގައި ވެސް މިގޮތަށް ހިއްކި ތަނުން ކަޓު ނެގި .... ސަރުކާރުގައި ފައިސާ ގިނަ ވީތޯ.... މީ ބޮޑުވަރު... ގައިމު މަހާ ޖައްރާފުން ހިއްކި ނަމަ ދިވެހި ފައިސާ އިން އަގު ދޭން ޖެހޭނީ އަނެއްކާ އެފައިސާ އަނބުރާ ސަރުކާރަށް ވަންނާނީ އެމް ޓީ ސީސީގެ ހިއްސާ ރައްޔިތުންގެ އަދި ސަރުކާރުގެ ދެއުޅި އެއްނުވާ ގެއްލުންވާ ކަންކަން އަބަދު ކުރާނީ