ބިދޭސީންތަކަކަށް މުސާރަ ނުދިނުމުން، ދިވެހިންތަކެއް ރަހީނު ކުރި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިއްޔެ ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން މިއަދު ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު މާރިޔާ އިއްޔެ ވިދާޅުވީ ބިދެސީން ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުއްދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުނަސް އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުން ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ. ބިދޭސީންގެ ޙައްޤު ހޯދަން ރާއްޖޭގައި ކޯޓްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަނަރ ލޭބާ ރިލޭޝަން އޮތޯރިޓީ އާއި އަދި މިނޫން ވެސް އެތައް ޤާނޫނީ އިންތިޒާމްތަކެއް ހުންނަ ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ އިއްޔެ އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ ވާހަކަފުޅަކީ މުސާރަ ނުދީ ބިދޭސީން ގެންގުޅުމަށް ދެއްވި ހިތްވަރެއް ކަމަށާއި، މިނިސްޓަރުގެ ވާހަކަފުޅަކީ ވަރަށް ލާއިންސާނީ ވާހަކަފުޅެއް ކަމަށް ބުނެއެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ނުދިނުން އެއީ "އޯކޭ" ކަމެއް ކަމަށް ވިދާޅުވެފައި ނޯންނާނެ ކަމަށެވެ. "ނަމަވެސް އަދިވެސް އަޅުގަނޑު ގަބޫލު ކުރަނީ މުސާރަ ނުދިނުމަކީ އަދި އެޗްއާރްސީއެމް އާއި ކޯޓުތަކާއި އިދާރާތަކަށް އިތުބާރު ނުކުރެވުމަކީ ކުށެއް ނެތް ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދިނުން އޯކޭ ވާނެ ކަމެއް ނޫންކަމަށް." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު މިނިސްޓަރު މާރިޔާ އަށް ފުލުހުންގެ ބަޔަކު އަނިޔާކުރި މައްސަލައިގައި އެޗްއާރްސީއެމް މެދުވެރިކޮށް އިންސާފު ނުލިބުނުކަން ފާހަގަކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ އެކަމަނާ އަށް އަނިޔާކުރި ކުރުމަކީ "ޖަޒުބާތުގައި ޖެހިގެން" ފުލުހުން ކުރި ކަމެއް ކަމަށް އެޗްއާރްސީއެމް އިން ބުނެ އަދި އެކަން ކުރި މީހުންނަށް އަދަބެއްގެ ގޮތުން ކޯޓުން 200 ރުފިޔާގެ ޖޫރިމަނާއެއް ކުރުން އެއީ އެކަމާ ހިތްހަމަ ނުޖެހިގެން ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދޭން ޖެހޭ ސަބަބެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
Despite much criticism, I beg to differ! I still believe just because you haven’t been paid, and you have no faith in HRCM, Courts, etc, you can’t hold innocent people hostage & destroy property and seeing that as OK is WRONG! I never said not paying employees is OK!!
— Mariya Didi 🎈 (@MariyaDidi) July 4, 2020
ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް މުސާރަ ނުލިބިގެން ދިވެހިންތަކެއް ރަހީނުކުރި މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެމީހުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާތީ ފުލުހުންނަށާއި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މިއަދު ތިބުނީ ތެދެއް. ޢެއީ ވެރިކަމުގަ ހުރީތީވެ. ނޫންނަމަ ހަމަ ބަރާބަރޭ ބުނާނީ.
ރަގަނޅު ވާހަކައެއް!! މީގެ އެތައް އަހަރެއްކުރިން ހއ ގެ ރަށެއްގެ މަސްވެރިން ބޭނި މަސް ނުކިރުނީމަ އެމަސްތައް ރަށު އޮފީސްތެރެއަށް ކިރާލަން ހިތްވަރުދީ އެތައް ޓަނެއްގެ މަސްތައް އޮފީސްތެރެއަށް އެޅުވީ އެމްޑީޕީން ހިތްވަރުދީގެން މާރިޔާމެން ކުރުވި ކަމެއް! މޮޅުވާހަކަ ދައްކަނީ ވެރިކަމުގައި ތިބީިިމަ! ވެރިކަމުގައި ނެެތްނަމަ ބުނާނީ ކުރިވަރު ކުޑައޭ!! ތަަންތަން ރޯކޮށް މުޅިތަންޖެހޭނީ ފުނޑާލަންށޭ! މިހާތަނަށް މިރާއްޖޭގައި ކުރި ހުރިހާ ނުބައިކަމަކަށް ހިތްވަރުދެނީ ކޮންބައެއްކަން އޮޅިފައެއްނެތް!
ބަތްޕޮޅީގެ އާދޭސް ގޮތަށް ބޭކާރު ލަފްޒެއް ދުލަށްބަރުކުރަން ބޭނުންނުކުރާށެވެ. ޢިހްތިރާމް ކުރަމެވެ. ކަމަނާއެވެ، މަކަރުހަދާނެ ފުރުސަތު ގާނޫނަކުން ލިބިފައްކާވާ ގައުމެއް މިއޮތީ އެތަކެއް ފައިސާއެއް ހަރަދުކޮށް ހަދާފައެވެ. ބިދޭސީން ދިވެހިން ރަހީނުކުރުން ބަލައެއް ނުގަނެވޭނެއެވެ.ނަމަވެސް މިކަން ހުއްޓުވާން ނޭނގި ނުވަތަ ނުކުރާންތިބެ ތިޔަހެން ކިއުމުންވަނީ ބަތްޕޮޅިގެ އާދޭހަށެވެ.މުސާރަނުދީ އެމީހުން ހުށަހަޅާމައްސަލަ ބަލަން އައްޔަންކުރާނީ ކުއްވެރިވާ ރިޒާއެވެ. އެހިނދު ގަރާރެއްފާސްކޮށްލާނެއެވެ. މިއީ ގައވައިދާ ހިލާފަށް އެތެރެވި މީހުންނެވެ. މާދަމާ މަނަވަރު ކައިރިކޮށް އެމީހުން ކަހާލާނީ މަނަވަރަށެވެ. ޜިޒާ މަހުޖަނުވީއެވެ. ސަރުކާރަށް ދައްކަނަޖެހޭ ރެމިޓެންސް ޓެކްސް ގޮހޮރުގައި ތާށިވީއެވެ
ހުރިހާ މިނިސްޓަރުންގެ ތެރެއިން މަށަށް އެންމެ ކަމުދަނީ މި މިނިސްޓަރ. ފުރަތަމަ މާރިޔާއަށް މިނިސްޓަރ ކަން ދިނީމަ ހިތަށް އެރި މާރިއާއަށް ވާނެ ބާއޭ. އަޅުގަނޑުދެކޭ ގޮތުގައި މިހުރިހާ ދުވަހު ފިރިހެނުން ޑިފެންސް މިނިސްޓަރ ކަން ކުރުމަށްވުރެ މިހާރު މާރަނގަޅު... އަންހެނަކު ގެނައުމުން އޭނާއަށް ވާކަން ސާބިތުކޮށްދީފި.
ދިވެހިންގެ ބިމުގަތިބެ ދިވެހިން ރަހީނު ކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫން، ތިމީހުން ލުއި ގޮތަކަށް ދޫކޮއްލެވިެއޖެ ނަމަ މިގައުމުގަ ބަންގްލަދޭޝް މީހުންނަށް މިފަދަ ޖަރީމާތަކަށް އަރައިގަންނަން ދެވޭ ބޮޑު ހިތްވަރަކަށް ވެގެންދާނެ، މުސާރަނުދީ މަސައްކަތް ކުރުވި ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ފަހު މިއަމަލް ހިންގިމީހުންނަށްވެސް ހަމަހަމަކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ދެކެން.... އެއްވެސް ކަމެއްގެ ހައްލެއްނޫން ބަގާވާތަކީ...އެކަމަށް ހިތްވަރުދިނުމަކީ ގައުމަށް ހުރި ބިރެއް
މާރިދީދީ! ގާނޫނު އަސާސީއަށް ފައިން އެރުމަކީ ހަމައެކަނި ޤައްދާރުވުން އެކަންޏެއްނޫން، އެއީ މުރުތައްދުވުންވެސް އެފޮތުގަ ޤުރުއާނުގެ އާޔަތްތައް ވަނިކޮށް ފައިން އެރީމަ!
މުވައްސަސާތަކާ ދޭތެރޭ ހިތްހަމަނުޖެހުނު ހަނދާން
ފަނޑިޔާރަކު ރަހީނުކޮށްގެން އުޅުނު ހަނދާން
ރަހީނުކުރުމުގެ ސަގާފަތެއް ފެއްޓެވި ހަނދާން
މައިބަދައޭގޮވާ ޅަހުއްތު ބެޗި ހަނދާން
ގައުމުެ ހާލަތު މިއޮތީ ވެރިލަމެއް ނެތް ޖަންގަލީގެ އުސޫލުތަކުގެ މަތީގައި. ސަރުކާރުގެ އިހުމާލު ހުރިހާކަމަކުން ފެންނަނީ. ރޭޕިސްޓުން ހިމާޔަތްކުރުން. އިސްލާމްދީނުގެ އަދުއްވުން ކަމުގައިވާ މޑނ އާއި އުތެމަގެ ޝައިޠާނުންތައް ދިފާއުކުރުން. މަޖްލިހުގެ މެންބަރުން ދިފާއުކުރުން. ރައްޔިތުންނާއި މިތާނގައި ދިތިއުޅޭ އެހެންމީހުން ހަލަކުވެދަނީ. ގާނޫނީ ރައްކާތެރިކަމެއްނެތް.
މީހެއްގެ ހައްްޤަކީ އެއްވެސް އެއްޗެއްނޫން ތާހިރު ދިރިއުޅުމަކަށް... ވާހަކަ އޮއް ބާލަނީ ތިޔަ.
އިންސާނާގެ އަ ބުރާއި އެމީހާޔަށް ދޭންޖެހޭ ހައްޤު ނުދިނުމަކީ ޤައްދާރަށްވުމަށްވުރެ ބޮޑެތިކަންކަން. ނިކަން ސަރުކާރު މުސާރަ ނުނަގާ ހުރެލާ ބަލަ ހިތްވަރު ހުރިއްޔާ .. އެއީވެސް އިންސާނުން. އެމީހުންގެ ހައްޤު ދެވެންޖެހޭނެ. ގޯސްކޮށް ކުރާކަންކަމަށް އަދަ ބުވެސް ދެވެން ވާނެ. ޒިންމާދާރުކަން ހުރީވިއްޔާ!!!
ތިޔަމީހުންނައް ޓެރަރިޒަމްގެ ދަޢުވާކޮށް އވަހައް ޖަލައް ، މިޤައުމުގައި ދިވެހިންވެސް އެބައުޅޭ ކުރި މަސައްކަތުގެ އުޖޫރަނުލިބި އެހެން ވީމަ އެމީހުނާ އެމީހުންގެ އަބިދަރިން ރަހީނު ކުރެވޭނެބާ އެއީ ހަމަތޯ ނޫނީ އިންސާފުތޯ ހަމަބުއްދިން ވިސްނަން އެބަޖެހޭ. މިމީހުންގެ ތަހުޤޫގު އަވަސްކޮށް ޖަލައް ލާ މިޔަދު އެމީހުން ބޭނުންކުރީ ގަލާ ،ތޫނުކުރި ދަގަޑު ، މަދަމާ ބަރު ހަތިޔާރު ހިފައުގެން ދެހިންގެ ލޭ އޮހޮރުވާލާނީ މިކަން އަވަސް ފިޔަވަޅު އަޅާ. ދިފާޢީ ވިޒާރާ ހިންގެނީ ހަމަ ސިފަިއިންގެ މިލިޓަރީ ބެކްގްރައުންޑް ހުރިމީހުންނައް އެފަދަ ދެމިހުން މިޤަޢުމުގަ ތިބީ މިފަުގެ ވެރިކަމުގަ ތަލްހަތް ކަލޭފާން އަދި ޝިޔާމް ރިޒަލްޓް ދައްކަފަ.
ޓެރަރިޒަމް ގެ ފަޢުވާ ކުރަން ޖެހޭނެ އެ.މީހުން.ފައިސާ ދީފަ ދޫކޮށްގެން ނުވާނެ އަދި ހަލާކު ކުރި އެއްޗެހީގެ އަގު ވެސް އަތުލަން ވާނެ. މުސާރަ ނުދެއޭ ކިޔާފަ ކޮންމެ ފަހަރަކު ރަހީނު ކުރާ ކަށް ނުޖެހޭ
ފުރަތަމަ ބެހެންފެށީ އަނބިންނާ... ދެން ފިރިން ރަހީނު ކުރީ.... ދެން ސިފައިންނާ ބެހުނީ... އެންމެ ފަހުން މިބެހުނީ އިއްޒަތްތެރި އަކާ.... ދެންވެސް ކެއްކުރަންވީތަ؟
ޤާނޫނާށް ފައިން އަރާފައި ހުރިމީހަކު ކިޔާ އެއްޗެއް އަޑުއަހާނެ މިހަކު ނެތް! އަޅެ ބުނެބަލަ އެއީ ރަނގަޅު ކަމެއްތަ؟
ގައުމުގަ މިހާރު އިންސާފު ލިބިދާނެ އެއްވެސް މުއައްސަސާއެއް ހުރިކަމަކައްގަބޫލެނުކުރެވޭ ހުރިހާށަރިއަތެ ތަގުގީގެއް ހިންގަންމިޖެހެހެނީ އަންނިގެ ސިޔާސީހަރުގެއިން ދެންކޮންތާކުން މަސަކައްތެރިން އިންސާފުހޯދަނީ
6 މަސްދުވަސް ވަންދެން މުސާރަ ނުދީ ބޭތިއްބީމަ ނަފްސާނީ ގޮތުން މީހުންނަށް ކުރާ އަސަރު ނޭނގޭތަ! ބަޔަކު ގޮތްހުސްވެ ބަނޑަށް މަރުވާވަރު ވާއިރުވެސް ކަލޭމެނަށް ސަބަބެއެއް ނުފެނޭ! ތިއީ ކަލޭމެންގެ ޢަދުލުގެ މީޒާން ކުރި ހިސާބަކީ. އެހެންވެ މިބުނަނީ ކަލޭމެން އެންމެން ވެގެންނޭ ހުމަންޓްރދފިކިން ކުރަނީ. އިންސާނީ ޙައްޤުތަކޭ/ކަރާމަރޭ އަންހެނުންގެ ހަންކޮޅޭ ކިޔާ އަނގަ ހުޅުވާ މީހުންގެ އަސްލު ތިފެންނަނީ. ކޮންކަމެއް ދެން އިސްލާހުކުރަން ތިކިޔަނީ..
ކޮންތާކަށް ޙައްޤު ހޯދަން ދަނީ. އެއްވެސް ސަރުކާރަކަށް ނޭގޭ ދިވެހިންގެ ޙާލު. އިހުތިޖާޖު ކޮށްފިއްޔާ އެވަޒީފާއަކުން ކަނޑާލާ (ބޮޑަށް ރިސޯޓުތަކުން). ޤާނޫނު އޮންނަނީ ނަމެއްގައި. ވަޒީފާދޭ ފަރާތަކުން ހިތަށްއެރި ގޮތަކަށް ކަންތަށްކުރަނީ.
އެއްވެސް ދިވެއްސަކުވެސް އަދި ބޭރު މީހަކުވެސް ޤަބޫލެއް ނުކުރާނެ. މުޢައްސަސާތަކަށް މީހުން އިތުބާރެއް ނުކުރޭ. އެއްވެސް ގޮތެއް ނެތުނީމާ ހަނުން ތިބެ މަސައްކަތް ކުރަނީ.
ރު ކިޔާނީ އާރިޔާ ކަންނޭނގެ
އާރިޔާ ބާރިޔާ ޤާރިޔާ ކާރިޔާ ނާރިޔާ ވާރިޔާ ފަހަރިޔާ ފަންރިޔާ
ގަރުދިޔަ ހައްވަ
އެ ޕާޓީން އެބުނާ ތާހިރު ދިރިއުޅުމަކީ މުސާރަ ނުދީ މަސައްކަތްކުރުވުން. އެކަން ޕާޓީގެ އިއްޒަތްތެރި މެންބަރަކު ކުރެއްވީ. ކޮބާ މައްސަލައަކީ.
ބައެއްގެ ހަށްގަށް އެމްޑީޕީ މީހަކު އަރައިގިތަސް މަޖިލީހުގެ ގޭންގުސުޓާރުންނަށް އޯކޭ މާރިޔާއެވީދާޅުވާ ބަސް އޮޅިއްޖެ
ފިދަނނަ އަނގަ
ހުޅުޖެހުން އޯކޭ
3powersaremixedinthisgovernment