ހަރަދު ކުޑަކުރުމަށް މޯލްޑިވިއަނުން ނަގާފައިވާ ލޯނުތަކަށް ލުއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެމްއެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެހެން އެއާލައިންތަކަށް އަސަރުކޮށްފައިވާ މިންވަރަށް މޯލްޑިވިއަނަށް ވެސް އަސަރުކޮށްފައިވެއެވެ.
އެހެން ކަމުން އެ އެއާލައިނުން ވެސް އަންނަނީ ހަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއި، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަންތަކަށް ހޭދަކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުންފުނިން ނަގާފައިވާ ލޯންތަށްވެސް ލުއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށާއި، މުވައްޒަފުންގެ ހަރަދަށް ހޭދަވާ މިންވަރު ވެސް ކުޑަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެނިފާ ވިދާޅުވިއެވެ.
ޖެނިފާ ވަނީ މިހާރު ކުޑަކޮށްފައިވާ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ވެސް ހާލަތު ރަނގަޅުވުމާއެކު ކުރިއެކޭ އެއްފަދައިން ދޭން ފަށާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"ނެޝަނަލް އެއާލައިނެއްގެ ހައިސިއްޔަތުން މި ހާލަތުގައި ވެސް ގިނަ ހިދުމަތްތަކެއް އެބަ ދެވޭ. އަޅުގަނޑުމެންގެ ހިދުމަތް އިމްޕޯޓާސް އާއި ރިސޯޓުތަކަށްވެސް ލިބޭނެ" ޖެނިފާ ވިދާޅުވިއެވެ.
ގިނަ ހިދުމަތްތަކެއް މި ހާލަތުގައިވެސް ދެމުން އަންނަކަން ފާހަގަ ކުރައްވައި ޖެނިފާ ވިދާޅުވީ މޯލްޑިވިއަންގެ ހިދުމަތް ބޭސް ސަޕްލައި ކުރުމަށާއި، ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އަދި ބިދޭސީން ބޭރަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވެސް ހިމެނޭ ކަމަށެވެ.
ގައުމު ފަސާދަނުކޮށް ވެރިކަން ހަވާލްކޮށްފަ ބަޗާށެވެ. އެޖެންޑާ 19އިން ތަފާތުގޮތަކަށް ގައުމު ދޮއެލައިފި ވަރަށްތަފާތުދޯ ހެހެހެހެެހ
މީހުން ނުރުހުނަސް ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޖެނިފާ އަކީ ފާހަގަކޮށްލެވޭ ފަރާތެއް ... މޯލްޑިވިއަން ގެ އެމްޑީގެ ނަން އައުމުގެ ކުރިން ކޮންމެ މީހެއްގެ ދުލަށްވެސް އަންނާނީ ޖެނިފާގެ ނަން
ބައިތުލްމާލް ހިތަކަށް އަތްމަތީގަ އޮންނަ އިރުވެސް މުވައްޒަފުން ގެމުސާރަ ކުޑަކޮށް ރައްޔިތުމީހާއަށް ތިދެނީ އަނިޔާއާ ދޯކާ މާރިޔާ އެއްކަމަކު ފުކެއް ބޮޑުވަރު އަލީ ރިޒާ ނަންވާނީ ޙުސް އެއްވަތަރުގެ މީހުން ބޯހަލާކު މިއޮތީ ވާސަރުކާރެއް މިއޭރަނގަޅީ ބުނެވޭވަރުގެ އެކަތިވެސް ނެތް
ހަރަދު ކުޑަ ކުރަން މުވައްޒަފުންގެ މުސާރަ ތައް ކުޑަކުރާ އިރު ލައްކައިން މުސާރަ ލިބޭ ވެރިންނަށް މުސާރަ ދަށް ކުރާ ވާހަކަ ނުދައްކަނީ ކީއްވެ؟
މިސަރުކާރު ރަގަޅުވެގެން އެކަމުގެ ހިތްހަމަޖެހުން ލިބިގެން އެވާހަކަ ދައްކާ އެއްވެސް ރައްޔަތަކު ނެތެވެ. ރައްޔަތުން ބޭނުންވަނީ ވީހާވެސް އަވަހަށް މިސަރުކާރުގެ ވެރިމީހާ އިސްތިއުފާ ދިނުމަށްފަހު، އެމީހަކަށްޓަކައި އެންމެމީހާ ފަހުރުވެރިވާ އެފަދަދެވަނައެއްނުވާ ކުޅަދާނަ ކަތްޕިތާނާއި ގައުމުގެ ހުންގާނު ހަވާލުކުރުމެވެ. ރައްޔިތުންގެ މިއެދުމަށް ބަލާލުމެއްނެތި، ރައްޔިތުންގެ ލާރީން ބޮޑުމުސާރައާއި އިނާޔަތް ނަންގަވައިގެން ތިޔަތިއްބެވީ މަގާމުތަކުގައި ފައި ހަރުކޮށްގެންނެވެ.