ސަރުކާރު އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނިފޯމް ބަދަލު ކުރުމުން ދައުލަތުން ކުރަމުން ދިޔަ ހަރަދު ބޮޑުތަނުން ކުޑަ ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018 ވަނަ އަހަރުގެ ނަރުހުންގެ ދުވަހާއި ގުޅުވައިގެންނެވެ. އެ ދުވަހު އޭރު ނަރުހުން ލަމުން އައި މަޑު އެކި ކުލަކުލައިގެ ޔުނީފޯމް ބަދަލުކޮށް ވިލު ނޫކުލައިގެ މާތަކެއް ޖެހި ޔުނީފޯމެއް ރަސްމީ ގަޑީގައި ލާން ފެށިއެވެ.
ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން ބޭނުން ކުރި ޔުނިފޯމާމެދު ފެށުނީއްސުރެ އެކި ބާވަތުގެ ޝަކުވާ އައިސްފައިވާ ކަމަށެވެ. މިހާރު ހަމަޖައްސާފައިވާ ޔުނިފޯމުގެ ސަބަބުން މިފަދަ ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން ބުނީ، މީގެ ކުރިން ނަރުހުންގެ ޔުނިފޯމް ފަހަނީ އައުޓްސޯސް ކޮށްގެން ކަމުން އެކަމަށް ބޮޑު ހަރަދެއް ހޭދަވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ޔުނިފޯމަކީ ރާއްޖޭން ބޭރުން ފޮތި ގެނެސް އަމިއްލަ އަށް ފަހާ ޔުނިފޯމެއް ކަމަށް އައިޖީއެމްއެޗްއިން ބުނެފައި ވެއެވެ.
"މި އައު ޔުނިފޯމްގެ ސަބަބުން މިކަމަށް ދައުލަތުން ކުރަމުން ދިޔަ ހަރަދުން ގިނަ ފައިސާ ސަލާމަތް ކުރެވިފައިވޭ" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނަރުހުންނާއި ޔުނިފޯމް ލާން ޖެހޭ އެހެނިހެން މުވައްޒަފުންގެ ޔުނިފޯމަކީ ހޮސްޕިޓަލުގެ ހަރަދުގައި އަހަރަކު އެއްފަހަރު ފޯރުކޮށްދޭން ޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން ތަފާތު ސަބަބުތަކާއި ހެދި ޔުނިފޯމް ފޯރުކޮށްދެވިފައި ނުވާ ކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
"ޔުނިފޯމަކީ އަހަރު އެއްފަހަރު ފޯރުކޮށްދޭން ޖެހޭ އެއްޗެއް ކަމުގައި ވީހިނދު، ޔުނިފޯމާއި މެދު ހުރި ޝަކުވާތަކަށް ހައްލު ލިބި ފެންވަރު ރަނގަޅު އުފެއްދުމެއް މިވަނީ ލިބިފައި. އަދި ކުޑަ ހަރަދަކުން މިފަދަ ކަންކަން ކުރުމަކީ ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަބަދުވެސް އިސްކަންދޭ ކަން" ބަޔާނުގައި ބުނެފައިވެއެވެ.
ކުރިންހުރި ޔުނީފޯމް ވެމްކޯއާއި ހަވާލުކުރޭ އެއިރުން ތިލަފުއްޓަށް ހަރަދު ކުޑަކޮށް ގެންދެވޭނެ ????
ކުރިން ހުރި ޔުނިފޯމް ބާކީ ކޮށް އާޔުނިފޯމް ދިނީމަ ވީ ހަރަދު ކުޑަތަ؟ ކޮބާ ކަމިސަން. ؟
ހޫން ބަޖެޓް ކުޑަވީތާ އެކަމު 32 ބިލިޔަނުގެ ބަޖެޓާއި ކޮވިޑްއާގުޅިގެން ގައުމުތަކުންދިން އެހީއާއި އެމްއެމްއޭ ރިޒާވަށް ވީގޮތްނޭގޭ ސަރުކާރު. ރީދޫ ސަރުކާރު އަންނަ ކޮންމެފަހަރަކު ޑޮލަރުމަތިވޭ ތަކެތީއަގު އުފުލެއެވެ. މިއީ ތޯތޯވާހަކައެއްނޫނެވެ. ސާބިތު ނިކަންދޭބަލަ ޑޮލަރެއްހޯދަން
އިރުއިރުކޮޅާ ބަދަލުކުރީމަ ޚަރަދު ކުޑަތަވާނީ؟؟؟؟؟؟ ކިހިނެއް މިވަނީ. ކޮންމެ ވެރިޔަކާއެކީ ޔުނީފޯމް ބަދަލުވޭ. ގައިމު ކޮންމެވެސް ރަނގަޅުކަމެއް އަޑީގަވާނެކަން. އެއްޗެއް ނުލައްވާބަލަ އެއިރުން ޔަގީން ޚަރަދު ކުޑަވާނެކަން.
ފެނވަރުދަށް ފޮއްޗެއްކަން އިނގޭބަލާލީމަ ވެސް. އިންޑިއާގެ ކުންފުނިތަކަށް ފައިސާ ދިނުމަށް ހަދާލި އެއޗެއް މިވެސް.
ފަތިތަށްވެސް 2 ދުވަސްދެތޭ އެބަ މޮހޭ. ހަރަދު ކުޑަ ވާނެ ވރ ރަގަޅަށް މިފަހަރު.
ޔުނިފޯމް ބަދަލު ކުރުމުން ބޮޑުތަނުން ހަރަދު ބޮޑު ކުރެވުނު- އައިޖީއެމްއެޗް