ކޮވިޑް19 އާއި ގުޅިގެން މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައިފިއެވެ.

ރައީސް އޮފީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާދަމާ ބޯޑަރު ހުޅުވާލާއިރު އެއާޕޯޓުން ވަމުން އަންނަ ތައްޔާރީތައް ބައްލަވާ ލެއްވުމަށް ރައީސް ސޯލިހު އެއާޕޯޓަށް ޒިޔާރަތް ކުރެއްވި ކަމަށެވެ. މާދަމާ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ބޯޑަރު ހުޅުވާލަނީ ހުރިހާ ގައުމަކަށެވެ. ރައީސް ސޯލިހު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން އެގައުމުން މިހާރު ދީފައިވާ ކަމަށެވެ.

ކޮންމެ ފަތުރުވެރިއަކު ވެސް ރާއްޖެއަށް އައުމުގެ ކުރިން އެމީހަކު ހުންނާނެ ތަނެއް އެންގުމަކީ މަޖުބޫރު ކަމެއް ކަމަށާއި، އަދި ރާއްޖެ އަންނަ އިރު 24 ގަޑިއިރު ހަމަވެފައި ނުވާ، އޮންލައިން ހެލްތު ޑިކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހޭ ބޯޑަރު ހުޅުވާލުމާއި އެކު އަމަލުކުރަން ޖެހޭ އުސޫލުގައިވެއެވެ.

ބޯޑަރު ހުޅުވާލުމާއި އެކު ދަތުރު ކުރަން ފަށާ އެއާލައިންތަކާއި ގުޅޭ އުސޫލުތަކުގައިވާ ގޮތުން ކޮންމެ ދަތުރެއްގެ ތެރޭގައ ފްލައިޓް ސޭފްޓީ ގައިޑްލައިންތައް ފަސިންޖަރުންނަށް ކިޔައިދޭއިރު ކޮވިޑް-19 އާއި އެބަލީގެ އަލާމަތްތައް ފަސިންޖަރުންނަށް ހަނދާންކޮށްދޭން ޖެހެއެވެ.

އަދި ބޯޓުގައި ތިބޭ އެންމެންވެސް ތިބެން ވާނީ މާސްކު އަޅައި އަނގަޔާއި ނޭފަތް ބަންދުކޮށްގެން ކަމަށާއި، އެހެން ނަަމަވެސް އުމުރުން ހަ އަހަރު ނުފުރޭ ކުޑަކުދިންނާއި ސިއްހީ ހަލަތު ހުންނަ ގޮތުން މާސްކު ބޭނުން ނުކުރެވޭ މީހުން އަދި، ބޯޓު ތެރޭގައި އެއްވެސް އެއްޗެއް ކާން އަދި ބޯން ޖެހޭ ހާލަތެއްގައި ބޯޓުގެ ކުރޫންގެ ހުއްދައާއި ލައިގެން މާސްކު ނެގޭނެ ކަމަށް އެއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއަށް އަންނަ ފަތުރުވެރިން ފުރާ އިރުވެސް އެމީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ދައްކުވައިދޭ ލިއުމެއް އޮންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބަޔާނަކޮށްފައެވެ. ފުރުމުގެ ކުރިންވެސް 24 ގަޑިއިރު ހަމަނުވާ ހެލްތު ޑިކްލަރޭޝަން ފޯމެއް ފުރަން ޖެހެއެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މާދަމާ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަށް އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. ފްލައިޓު ވީއައިއޭ އަށް ލޭންޑު ކުރަން ޝެޑިއުލްގައި ވާގަޑިއަކީ ހެނދުނު 8:25ގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެރަ

    މި ކިނބޫ މިއުޅެނީ ބޯޑަރު ހުޅުވަން ވެގެން ދޯ.. އަދި މި ރާއްޖެއިން މިއުޅެނީ ބަލި އިތުރު ވާވަރުން.. މީނައަށް ހެޔޮ ލާރި ލިބެނިކޮއް ރައްޔިތުން މަރުވެ މީނަޔާ ބުއްޅަބެޔާ ފަޒުނާޔާ ތިބީމަ އެ ނިމުނީ..

    22
    6
  2. އާދަން ސަލީމް

    އަނެއްކާ އަނެއް މުސީބާތް އެޖައްސަނީ ދިވެހިންނައް، އިބޫ ހެއޮނުވާނެ އިސްތިއުފާ ދީފަ ގެޔައް ދޭ، ދިވެހިން މި ބަލިމަޑުކަމުގަ ނުމަރާ...

    ބޯޑަރު ހުޅުވުން އެއީ މަރައްދެވޭ ދައުވަތެއްކަން އެނގި ހުރެ ތިޔަ ގޮތައް ކަންތައް ތިކުރަނީ، ހެޔޮވާނީ ކިހިނެތް ؟

    23
    7
  3. ހުސެން

    މާދަމާ އަދީބު އާއި އުތެމަގެ އެންމެން ފުރުވާލާ.މީވާ ސަރުކާރެއްތަ؟ނޫނީ ބަލާވެރިކަމެއްތަ؟

    24
    4
  4. Anonymous

    ސު ކޫލްތައް ބަންދު ކުރީމަވެސް ސަލާމަތެއްނެތް.... ހުޅުވީމަވެސް ސަލާމަތެއްނެތް....
    ބޯޑަރު ނުހުޅުވައިގެންވެސް ސަލާމަތެއްނެތް....
    ހުޅުވީމަވެސް ސަލާމަތެއްނެތް.... އަޖައިބެއް ދެން...
    ދިވެހިން ދިވެހިންގެ ގޮތުގައި ތިބޭ....... ނޯއްނާނެ ހެޔޮ އެއްގޮތްވެސް.....

  5. މަބޭ

    މިއަދު ވީއައިއޭގެ އިންތިޒާމްތައް ބައްލަވާލަން ވަޑައިގެން ވީއައިއޭގެ ތަރައްގީފެނިފަ ކީރިތިނުކުރެއްވޭތޯ.

  6. ކުނބުރު

    މީ އޮޅުވާލި ވެރިކަމެއް މީވެރިކަމެއްގެނަމުގަކުރާ ބިރުވެރިކަމެއް މީކިބުރުވެރިކަމެއް

  7. ސޭކްސްތާން

    ބޯޑަރ ހުޅުވާލީމަ ރާއްޖެ އަންނަން ކެތްމަދުވެފަ ލައްކައިން ގެސްޓުން ތިބިކަމަށްވަނީ. ލާރި ފަށެއް ނަގާނެތާ. ކޮވިޑްްުގެ
    ނުރައްކަލުން ރާއްޖޭގެ ހާލަތު ދުވަހެއްް ދުވަހެއް ގޯސްވަމުން ދާއިރު މި މީހުން މިތިބެނީ ކީއްވެފަބާ؟؟؟

  8. ފިޔަވަޅު

    މިނޫނީ ނޫޅޭނެ ކުރާނެ ކަމެއް ނެތިގެން އުޅޭ ވެރިއެއް.
    ކުޑަކުއްޖެއްހެން އެތަން ބަލާލަން.
    ކޮން ވެރިއެއްތޯ މިފާޑައް އުޅެނީ.
    މުށިގެ ކުޅުމާ. ސެލްފީ ނެގުމާ ރުއިން.
    ރައްޔިތުން ތިބި ނިކަމެތި ހާލާމެދު ކުޑަކޮށްވެސް ކަންބޮޑުވާހެނެއް ހިއެއް ނުވެ .
    މަޤާމުގެ ޒިންމާ އަދާނުކުރެވޭނަމަ އިސްތިއުފާދެއްވާ!

  9. ހ

    އަބަދަކު ބޯޑަރު ބަންދު ކޮއްފަ އެއް ނުބެހެ ޓޭނެ ދޮ ބަންދު ގަ އަބަދު އޮނަން ވެޖެއްޔާއި ގިނަބަޔަކު ބަނޑަ މަރު ވި ޘަން ފެއްނާނި

  10. ޙާމިދު

    ތި ޓީވީން ބަލައިލި ނަމަވެސް ހަމަ ބެލި ފަދަވާނެ. ތަނެއް ދޮރެއްނޭގޭ މީހަކު ވަކި އެތަނަކަށް ގޮސްގެން ބަލައިގެން ވާނެ ކަމެއް އޮންނާނެތަ