މޫސުން ގޯސްވުމުން މަސްދޯންޏެއް އަޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެފައި ތިއްބާ މިއަދު ހެނދުނު ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ނުވަ މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު "ކަނޑުރޯދި-01" ނަމަކަށް ކިޔާ ދޯންޏެއް މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.
މި ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ކަނޑުވި ފަޅުވެރިން ނަގައިގެން ދޯނި މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 06:33 ގައި ކަމަށެވެ.
މޫސުން ގޯސްވުމުން މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. ހއ.އަތޮޅުން ދ.އަތޮޅަށް އަދި ލ.އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ހުޅަނގުއުތުރާއި އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަ ވާނެ އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރަނގަޅު?
މުޞީބަތްތައް ކުރިމަތިވަނީ ޢަމަލުތަކުގެ ސަބަބުން މަތިން ތިރިއަށް އޮޅުވާލުމާއި މަކަރު ހެދުމާއި ޙައްޤު ބާޠިލަށް އަދި ބާޠިލް ޙައްޤަށް ހެދުމީ އެންމެ ބޮޑު އަނިޔާ.
ފަޅުވެރިން ﷲގެ ތަނަވަސް ރަހުމަތުން ސަލާމަތްވިކަމަށްކަމަށްޓަކައި ﷲއަށް ޝުކުރުވެރިވަން އަލްހަމްދުﷲ
ކޮން ރަށެއްގެ ދޯންޏެއްބާ؟؟
ކޮން ރަށެއްގެ ދޯންޏެއްބާ؟؟