ފަސް މީހުންނާއި އެކު ރ.އާރަށު ފަޅުތެރެއަށް ސަޕްލައި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

އަޑިއަށް ދިޔައީ އެރަށަށް މުދާ ބާލަން ދިޔަ ދޯންޏެކެވެ. އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބޭލުމަށްފަހު ރިސޯޓުގެ ކުނިތައް ހިފައިގެން ފުރިތަނުންނެވެ.

ދޯނީގައި ތިބި ފަސް މީހުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. އެމީހުންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެހާދިސާގެ ރިޕޯޓް މިރޭ 21:30 ހާއިރު އެމްއެންޑީއެފް އަށް ލިބުނު ކަމަށެވެ.

ރެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. ރޭ ފަތިހު މާލެ ކައިރިން ވެސް ދޯންޏެއް އަޑިއަށް ގޮސްފައި ވެއެވެ. އަދި އެހެން ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މޫސުން ގޯސްވެފައި ވާތީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.