މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވިއްކާފައިވާ 49 ރަށުން ދައުލަތަށް 210 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއް ކަހަލަ ގޮތަކަށް ހިނގަމުން ދިޔައީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށެވެ. ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށް އަދި 12 ފަޅު ދޫކޮށްފައިވާއިރު އެ ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި އެރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ ނުއަގުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނާ 3.4 ބިލިއަން ދައުލަތަށް ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގު ކުރާ ކަމަށްވާ ނަމަ ހަތަރު ބިލިއަނަށް އަރާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

"ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް. އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމަ އަޅުގަނޑުމެން މި އުޅެނީ 77 މިލިއަން ޑޮލަރެއް ނޫން ނުލިބިގެން، 210 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާ ނުލިބިގެން މި އުޅެނީ،" އަސްއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާގެ ތެރެއިން ލިބިގެން މިއުޅެނީ އެންމެ 1.2 ބިލިއަން ނުވަތަ މުޅި ފައިސާގެ ހަތަރުބައިކުޅަ އެއްބައި ކަމަށެވެ. އެމްއެމްޕީއާރްސީ ހިޔާނާތަކީ ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ހުރި އެންމެ ބޮޑު ވަސީލަތް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެކަން ކޮށްފައިވަނީ ރޭވިގެން ގުޅިގެން ކަމަށްވެސް އައްސަދު ވިދާޅުވިއެވެ. އަދި އެކަން ކުރެވުނީ ދައުލަތުގެ އިދާރާތައް ނުވަތަ މުއައްސަސާތައް ފެއިލްވެގެން ދިއުމުން ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ނުދާ އެއްވެސް އިދާރާއެއް ނެތް ކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ އަދަދު މިހާރު 300އަށް އަރާފައިވާ ކަމަށެވެ. އޭގެތެރެއިން ފަސް މީހެއްގެ މައްސަލަ ދައުވާ ކުރުމަށްޓަކައި ކޯޓަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އައްސަދު ވިދާޅުވިއެވެ. އެމީހުންގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުހައްމަދު

    އިންޑިޔާޔަށް ގައުމު ވިއްކާލާފާ ކޮން ފަޅޮލެކޭ ތިކިޔަނީ.
    މާމޮޅު ބަޔަކަށް ވެގަނެގެން...

    41
    1
  2. ކިއްލިތަޅާދޯ

    އެސެޓް ރިކަވަރީ ކަމިޝަން އަށް ވެލިއު އިންޖިނިއަރިންގް ހަދަން ނޭގޭނެއޭ ސަބަބަކީ ރާއްޖޭގައި ޚާއްސަ ކޮށް ރާއްޖެތެރެއަށް ޓޫރިޒަމް އަވަސް މިނެއްގައި ދާން ބޭނުން ނަމަ ޖެހޭނީ ކުދި އަގުގައި ރަށްތައް ކުއްޔަށް ދޫކޮށްލަން 100 އަހަރަށް އެއިރުން ދުނިޔޭގެ އެތަން މިތަނުން ރަނގަޅު އިންވެސްޓަރުން އަންނާނީ ބޮޑު އަގުގައި މީމު އަތޮޅުން ދޫކޮށްގެން އުޅޭ ރިސޯރޓެއް ތްރީއޭ އިން ހިންގާތާ 20 އަހަރު ވާފައިދާ އެއް ނެތް އެ އަތޮޅަށް ވެސް ސަރުކާރަށް ވެސް އެއީ ކިއްލިތަޅަނީ އޭ ދެން ކިއްލިތަޅާއިން އަރާ ތަމެން ކިއްލިތަޅާ ވާހަކަ ފޮރުވަން ވެގެން ކޮންމެވެސް އެއްޗެކޭ ކިޔަނީއޭ...

    30
  3. ސުލައިމާނު

    ތިހެންކިޔާ އަޑު އިވޭތާ މިހާރު ދެއަހަރުވަނީ، ދައުލަތުގެ ބައިތުލްމާލުން މުސާރަދީފައި ތިޔަމަސައްކަތް ހަވާލުކޮށްފައި ތިބިމީހުން ހައްތާހާވެސް ތިޔަތިބީ، ފުލުހުން، އެންޑިކޮރަޕްޝަންކޮމިޝަން، ޕްރޮސެކިއުޓަރ ޖެނެރަލް، އެސެޓްރިކަވަރީ ކޮމިޝަން، ފަނޑިޔާރުގެތަށް، ދައުލަތުގެ ބަންޑާރަނައިބު، އުއްތަމަ ފަނޑިޔާރު، ރައީސުލްޖުމްހޫރިއްޔާ. މީހުންމަދުތަ؟ މީހުން މަދުވެގެންތަ ތިޔާކަން ނުވެގެން ތިޔައުޅެނީ؟
    ތިޔާ މައްސަލަ މިހާރު ތިދާގޮތުން ތިޔާއީ ދެއިރު ދަޅަޔަށް ޓީވީ ރޭޑިއޯ ނޫސްތަކަށް އަރުވަން ކަލޭމެން ދައްކާލަން އޮންނަވާހައެއްހެން.
    އެހެނެއްނު ބުނެވޭނީ، ބައިތުލްމާލުން މުސާރަނަގައިގެން ކަލޭމެން ތިޔާކުރާ ކަމަކީ ނޫސްބަޔާން ނެރުންވިއްޔާ، އަދީބާއި ޒިޔަތާއި އެތިބީ ގޭގައި، ދެންތިބިބަޔަކު އެތިބި ލަންޑަނުގައި ދެންތިބި ބަޔަކު ސިލޯނުގައި ޔާމީނު ޖަލުގައި. ތިޔަފައިސާއިން ބައި އެޅުނު މީހުން އެތިބީ ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި، ސަރުކާރުގެ މަތީފަޑީގައި، މަޖިލީހުގެ ގޮނޑީގައި. ދެން ކިހިނެއް ތިޔާ މައްސަލަ ބެލޭނީ.
    ތިޔާކަމުގައި އަޅުގަނޑަށް ފެންނަ ރަނގަޅުގޮތެއް ބުނެފާނަން؛
    1. ހުކުރުދުވަހު ހުކުރުނަމާދަށް ފަހު އިސްލާމީ މަރުކަޒަށް ޔާމީނާއި އަދީބާއި ޒިޔަތާއި ތިން މީހުން ހާޒިރުކޮށް ޖަމާއަތަށް އެއްވި މީސްތަކުންގެ ކުރިމަތީގައި އެތިންމީހުން ގާތު ބުނަންވީ ހަތިމުގައި އަތްލައިގެން ތިބެ މާތްﷲ ގަންދީ ހުވާކޮށްފައި ބުނާށޭ ތިޔަ ފަސާނެގިއްޔާ ނެގީމޭ ނުނަގަންޏާމު ނުނަގަމޭ.
    2. އެމީހުން އެފައިސާ ނުނަގާކަމަށް މާތްﷲ ގަންދީ ހުވާކޮށްފިއްޔާމު ދޫކޮށްލަންވީ.
    3. އެމީހުން އެފައިސާ ނަގައި އެފައިސާ އެކިމީސްމީހުންނަށް ދިންނަކަމަށް ހުވާކޮށްފި ނަމަ އެމީހުންނާއި އެފައިސާދިންކަމަށް ބުނާއެންމެން ގެންގޮސް ދިގުމުއްދަތަކަށް ޖަލަށްލާންވީ.
    4. ދޮގު ހުވާކުރިމީހާ އަށާއި ދޮގުހުވާގެ ސަބަބުން އަނިޔާ ލިބުނު ކުށެއްނެތްމީހާއަށް ލިބެންވާ ޖަޒާ ގިޔާމަތް ދުވަހުން މާތްﷲ ގެ ދަރުބާރުގައި ލިބޭނެ.
    ދެން މިހިސާބުން ތިޔާ ޝަރީއަތް ނިމުނީ ނޫންތޯ އެއިރުން. ދައުލަތުން ތިޔަމީހުން ގެ ވަކީލުންނާއި ތިޔަމައްސަލާގައި އުފައްދައިގެން އުޅޭ ކޮމިޝަންތަކާއި ދެންވެސް ތިޔަ މައްސަލާއާއި ގުޅޭގޮތުން ބައިތުލްމާލުން މިހާރުވެސް ކުރަމުން ދިގެންދާ ހަރަދުތަށް ހަމަގައިމުވެސް ހުއްޓޭނެ އެއްނު. ދުނިޔެއަށް ދިމާވެފައިވާ ދަތިކަމުގައި ރައްޔިތުން މިދަނީ ހަނާވަމަމުން ވިއްޔާ އެފައިސާކޮޅު ރައްޔިތުންގެ ކޮންމެވެސް ކަމަކަށް ބޭނުންކުރެވިދާނެއެއްނު.
    ޔަގީނުންވެސް ބުނަންއެނގޭ ތިޔަމައްސަލަ ބެލޭނެ ނިމޭނެ ދުވަހެއް ނާންނާނެކަން. ތިޔަ ގެއްލިގެން ހޯދަން އުޅޭ ފައިސާގެ އަދަދަށް ބައިތުލްމާލުން ތިޔަ މައްސަލައިގެ ޝަރީއަށް ހިންގުމަށް ހޭދަކުރެވޭ އިރުވެސް ތިބޭނީ ހަމަ ތިހެން. ސަބަބަކީ ތިޔަމައްސަލަމިހާރު ތިއޮތީ ސިޔާސީ ސިލްސިލާ ޑްރާމާ އަކަސް ވެފައި، މައްސަލަ ބަލަން ނުވަތަ ތަހުގީގުކުރަން ނުވަތަ ސިޔާސީ ބާރުވެރިންގެ ގޮތުގައި ތިބިމީހުންނީ ތިޔަފޮނިމީރު ލިބިގެން ތިބިމީހުންކަން.

    33
    1
  4. ކާލީދޯ

    ދެން މިސަރުކާރުން ބަލަންވާ ވަރަށް ނުބަލާ 250 މިލިއަން ޑޮލަރަށް ވުރެން ގިނަ ފައިސާ އެމެންނާއި ގުޅުން ހުރި އެކެބަނޑެ ބެއްޔާ މެންގެ ކުންފުނި ތަކަށް ދީފި އެމައްސަލަ އެސެޓް ރިކަވަރީ ކަމިޝަނުން ނުބަލަން އުޅެނީ ކިއެއްވެތޭ އެއީ މީހަކު ރިޕޯރޓް ކޮށްގެން ނޫން އެކަން ބަލަން ޖެހޭނީ އެކަން ޖެހޭނެ ބަލަން މިހާރުން މިހާރަށް އެކަން ބަލާދީ ބަދަލު ދިނުމާއި ބެހޭ ގާނޫނެއް ނެތީސް ބަދަލު ނުދެވޭނެއޭ ތަމެންނާއި ގުޅުން ހުރި ކުންފުނި ތަކަށް ބިލިއަނުން މިހާރުން މިހާރަށް ބަލަންވީއޭ...

    32
  5. ނިކަމެތި

    އައްސަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ އަދަދު މިހާރު 300އަށް އަރާފައިވާ ކަމަށެވެ. އޭގެތެރެއިން ފަސް މީހެއްގެ މައްސަލަ ދައުވާ ކުރުމަށްޓަކައި ކޯޓަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އައްސަދު ވިދާޅުވިއެވެ. އައްސަދު ބުނަންތަ ރަނގަޅު ވާހަކައެއް ތިޔަ 300 މީހުން އެނގޭއިރު އެއްމެ 5 މީހުންނައް ދައުވާ ކުރުން ވޭތޯ އިންސާފަކައް...؟؟؟ އައްސަދު ކަލޭވެސް ތިޔަހުރީ ވިކިފަ ކަލޭވެސް ނޭނގޭ ތިޔަ ފައިސާގަ ނުޖެހޭކަމެއް.

    35
  6. ވަގުންގެ ސަރުކާރު

    މިހާރު ކަލޭމެން ތިކުރާވެރިކަމަކީ ވެސްޤާނޫނާއި ހިލާ ފަށް ކުރާވެރިކަމެއް ތިބޮޑުއޮޅުވާލުމާއި ވަކަންތައް ކަލޭމެން ނުކުރާކަމަށް ހެދެން އުޅުނަސް މާތްﷲ އެކަން މޮޅަށް ދެނެވޮޑިގެވާނެ ދާދި އަވަހަ ތިވަގުންގެ ކަންތައް ތިވަގުންގެ ތެރެއި ފަޅާއަރާނެ މާﷲ ތިވަގުންތައް ބައިބައި ކޮށް ނިކަމެތި ކުރާށްވާށި ތިބައިގަޑު އެމް އެމް ޕީރސގެ ލާރިގަނޑު ބަޑުއަޅައިގެން ތިބެ ނުހައްޤުން ރައީސްޔާމީން ރަހީންނުކޮށްގެ ތިގެންގުޅެނީ މިނޫންދުވަހެއް ނެތްކަމަށް ހީކޮށްތަ ތިލާދީނީ ބައިގަނޑަށް ހަލާހުރި މާތްﷲ ގަދަ ފަދަ ވޭހުރިގޮތަކަށް ތިރީނދޫ ވަގުންތައް ނިކަމެތިކޮށް ބައިބައި ކުރަށްވާށި އާމީން

    23
  7. ރޯނުބެއްޔާބެއަށް

    ހައުސިންގ މިނިސްޓަރު އަސްހަދު ނޫނީ މިއެސެޓް ރިކަވަރީއަށް ވެސް ލާން ނޭގުނީބާ. ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރެ ހިންގަމުންދިޔަ ކޮރަޕްޝަންތަކުން އަސްލަމަށް ކެތް ނުވެގެން އެމަގާމުން ބޭރުކުރި މީހެއް. ސިފަ އޮޅޭ ވަރަށް ތުބުޅިއާއި މަތިމަސް ގޮތް ގޮތައް ހެދިއަސްް މިކަހަލަ މީހުން ފާހަގަ ކުރަން އެގޭނެ

    17
  8. އަސްލު ވަގުންތީ

    މި ފަހުގެ ތާރީހެެއް ގައި ހިގާދިޔަ އެންމެ ބޮޑުވައްކަމަކީއެންމެ ފަހުންބޭއް ވިރިޔާސީ އިނަތިހާބުގައި ރައީސް ޔާމީން އަށް ދިވެހިރައްޔިތުން ދިންވޯޓުތައް ވަގަށްނަގައި އަންދާލުން އެއީ މިދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެބޮޑު ވައްކަން ދެއްހިގި ވައްކަމުގައި ތުހުމަތު ކުރެވޭ ގިނަމީހުންނަކީ އެމްޑީޕީގެ ރީނދޫ ވަގު ގުންޑާތައް ތިލާދީނީ ބައިގަޑު ކިތަމެވަރަކަށް ރައީސްޔާމީން ބޮލުގައި އަޅުވަން އުނުނަސް އަދި އެޅުވިޔަސް އެވައްކަން ކުރީ އެމްޑީޕީމީހުން ނޫންކަމަކަށް ނުވާނެ އަދި ރައީސްޔާމީން ނުކުރާކަމެއް ރައީސްޔާމީންގެ ބޮލުގައި އެޅުވިޔަސް އެއީ ރައީސްޔާމީން ކުރިކަމަކަށް ނުވާނެ ތިލާދީނީ ރީދޫވަގުން ނުކުރާކަމަކަށް ވެސްނުވާނެ ތިބައިގަނޑު ހަނދާން ކުރާތި މާތްﷲ ހުރިހާކަމެއް ބައލަވައިވޮޑިގެންވާނެ ނިކަމެތިގޮތަކަށް ތިބައިގަނޑު ﷲހަލާއްކުރައްވާށި އަދި ހަނދާ ދޮގާއި މަކަރު ހިތިގޮތަކަށް ތިބައގަނޑަށް ﷲދައްކަވާށި އާމީން

    22
  9. ރީ

    އެނގޭ މީހުން އެބަތިބި އެމީހުން ގެންދެބަލަ!

    21
  10. ޙހހހ

    ބަލަ ފުރަތަމަ އައްސަދަ މިނިސްޓަރ އަަކަށް ހުންނެވިއިރު ދައުލަތުން ކާލި ފައިސާތައް ހޯދަބަލަ ، ތިކަމެއް ނެތެއްނު ހުއްޓޭކަށް ، މާދަމާ އަނެއްކާ ބަޔަކު ވެރިކަމަށް އައިސްކިޔާނެ މި ސަރުކާރު މިވެނި ވަރަކަށް ލާރި ކެޔޭ ، މީ ހުސް ހަސަދަވެރިކަން ، ޤައުމަށް ހެޔޮއެދޭ އެކަކުވެސް ނެތް

    21
  11. ޙހހހ

    ތިޔަބޭފުޅާ ފުރަތަމަ މިނިސްޓަރ އަކަަަށްހުރެ އެތަށް ފައިސާއެއް ކާލިކަމަށް އަޑުއިވުނު ، އެކަން ބަލާދީބަލަ ، ، މާދަމާ އަނެއްކާ ވެރިކަމަށް އައިސް ބަޔަކު ގޮވާނެ މިމީހުން ފައސަަ ކައިފިޔޭ ، މުަޅިންވެސް ބަދަލުހިފުމާ ހަސަދަވެރިކަން ، ޤައުމަށްނެތް އެއްވެސް އެއްޗެއް

    20
  12. މީދެންކާކު

    މޮޔަޔާ ކަލޭކޭވަރު ކަލޭބުނާނެތަ'!؟

  13. މުހައްމަދު އަންޖުމް

    މިވެސްހަމަ ޖުހާއެއް ނަމަވެސް ތިޔަމުޑުދާރު ދޮގުހެދުމުގަ ކުދިކުދި ގޮށްތަކެއްޖެހި ފިސާރި ވޭންދެނިވި ގޮތެއް މެދުވެރި ވެދާނެކަމަށް ނިކަން ވިސްނާލަބަ މިހާރު ޖީބައްލަމުންގެންދާ ހަރާންފައިސާގެސަބަބުން ކައްވަޅުގައިވެސް ނޯވެވިދާނެކަން ނިކަން ވިސްނާލަބަ ހުރި ޖާހިލުކަމެއް އުތަ ނަޖިސްކަލޭގެ

  14. ހުމައިމާ

    ބަލަގަ ބޮޑު ގަރާރަކުން ކޮމިޝަނެއް އުފައްދާ 2 އަހަރު ވާން ކައިރިވިއިރު ތި ކިޔަނީ 2015 2016 ގައި ވެސް އިވުނު ލަވަ. ހަމަ އެއް ލަވައެއް. އެއް ރާގެއް. ބަދަލުވީ ލަވަކިޔަން އަރާއިން ދޫނި. ދައުލަތުގެ މާލިއްޔަތުން އެތަކެއް ފައިސާ އެއް މުސާރައާއި އެލަވަންސާއި އަދި އެހެނިހެން ގޮތްގޮތުން ނަގައިގެން ވީ ކަމެއް ހަރާމް. ދައުލަތަށް ލިބެންޖެހޭ އެއްޗެއް ނޭގިގެން އުޅޭ މީހަކު ނެތޭ. ތިއިން އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދިންހޭ. ނުހޯދޭ. ތިކަން ކުރަން ހަވާލުވި ދައުލަތުގެ އެއް ވަކީލު އޮފީހުން ބުނީ ތިކަން ވާކަށެއްނެތޭ. ރައްޔިތުންނަށް އެގޭ ކީއްވެކަން. ތި ފައިސާ އިން ފައިދާ ލިބުނު މީހުންނާ ތިކަން ބަލަން ހަވާލު ކުރީ. އެއީ މައްސަލަ އަކީ.

  15. ހައްވާ މުހަންމަދު

    ބަލަގަ ބޮޑު ގަރާރަކުން ކޮމިޝަނެއް އުފައްދާ 2 އަހަރު ވާން ކައިރިވިއިރު ތި ކިޔަނީ 2015 2016 ގައި ވެސް އިވުނު ލަވަ. ހަމަ އެއް ލަވައެއް. އެއް ރާގެއް. ބަދަލުވީ ލަވަކިޔަން އަރާއިން ދޫނި. ދައުލަތުގެ މާލިއްޔަތުން އެތަކެއް ފައިސާ އެއް މުސާރައާއި އެލަވަންސާއި އަދި އެހެނިހެން ގޮތްގޮތުން ނަގައިގެން ވީ ކަމެއް ހަރާމް. ދައުލަތަށް ލިބެންޖެހޭ އެއްޗެއް ނޭގިގެން އުޅޭ މީހަކު ނެތޭ. ތިއިން އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދިންހޭ. ނުހޯދޭ. ތިކަން ކުރަން ހަވާލުވި ދައުލަތުގެ އެއް ވަކީލު އޮފީހުން ބުނީ ތިކަން ވާކަށެއްނެތޭ. ރައްޔިތުންނަށް އެގޭ ކީއްވެކަން. ތި ފައިސާ އިން ފައިދާ ލިބުނު މީހުންނާ ތިކަން ބަލަން ހަވާލު ކުރީ. އެއީ މައްސަލަ އަކީ.

  16. އަހްމަދު ހަލީމް

    300 މީހުން އެގޭ. ބަލަން އެގުނީ 5 މީހުންގެ މައްސަލަ. ދެން ބަލަނީ މިއިން ފައިސާ ފޮއްޗެއްވެސް ނުލިބޭ ބޭންކް މުވައްޒަފުންނާއި ކޭޝިޔަރުންގެ މައްސަލަ އާއި އަދިވެސް ސަރުކާރަށް ތެދުވެރިކަމާޢި އެކު މަސައްކަތް ކުރާ ޚިދްމަތްތެރިން. އަގަ އޮތީމާ އަގަ ތެޅިދާނެ. އެކަމަކު ރައްޔިތުންނަށް އެގޭ ތީކާކުކަން. ސްޓޭޓް މިނިސްޓަރަކަށް ހުރެ ކުރި ކަންތައްވެސް މީހުންނަށް އެގޭ. އެ ވާހަކަ ނުގޮވަނީ. އެއީ ރީތި ކަމަކަށްނުވާތީ. ކަލޭމެންހާ އެހެންމީހުން ހަޔާތް ކުޑައެއްނޫން. ނަމަވެސް ބުނެލަން އޮތީ އަދި އަންނަން އޮތް ދުވަހެއް އެބައޮތޭ. އެދުވަހު ހައްގު ޖަޒާލިބޭނޭ. ކެތެއް ނުކުރެވޭނެ.