ނައިބު ރައީސް ފައިސަލް ނަސީމް، މާލޭ ސިޓީގައި ދެމުންދާ ބަހުގެ ހިދުމަތް ތަރައްގީ ކުރުމަށް ވަމުންދާ ތައްޔާރީތައް މިއަދު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ވަނީ މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ހާއްސަކޮށްފައިވާ ބަސްހުއްޓިތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ނައިބު ރައީސް ވަނީ ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަހައްދުގައި ބަސް ހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވާލައްވައިފައެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސް ހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކަކީ އައިޖީއެމްއެޗް، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަހައްދެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާ އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން ބަސް ހުއްޓިތައް ހަދާ ސަރަޙައްދުތަކުގެ ޕާކިންއާއި އަދި އެ ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.

އަދި މާލެ ސިޓީގައި ދެމުންގެންދާ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޭނުން ހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ހިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައި ދޭނެ ފަދަ ހިދުމަތަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމާއި އަހްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ގައުމު ވީރާނާ ކުރާ ބައެއްތީ ރަސްފައްނު ރަސްރަނި ބަގީޗާ ސުނާމީބިނާ ރާވެރިބޭ މައިޒާން މިތަންތަން ހަލާކުވެ ނެތިދަނީ މިކަންކަން ރައީސް ، ނައިބުރައީސް ލޮލަކަށް ނުފެނޭ ދެން ކޮށްބަހެއްދުއްވާކަން ތިޔައުޅެނީ ކެބިނެޓު ގޮވައިގެން މަހަށްދާންވީނު ...

  2. ޢލަި

    ޑިވެހިބަސްތަ

  3. މިއަދު

    ޖޮގިންއަށް ނުކުމެއުޅެމުން އެތަނަށް ދެވުނީމަ ބަލާލީދޯ ކުރުރާނެކަމެއްނެތި ނޫސްތަކުން ނަންނުފެންނާތީ އިސްތިހާރުބޯޑުގައި އަޅުވާލީ

  4. ޙަފްޞާ / މާލެ

    މިއީވެސް އުޅޭ މީހެއްތަ؟ ޤަވްމު ވީރާނާވެ ޤަވްމުގެ އިޤްތިޞާދީ އިޖްތިމާޢީ ދާޚިލީ ޚާރިޖީ ފޭރާން ވީދެމުންދާ މަންޒަރު މީނައަށް ދައްކާބަލަ! ދެން ވެފައިހުރި ބޮޑަތި ވަޢުދުތައް މީނަޔަށް ހަނދާންކޮށްދީބަލަ!

  5. ނަސީދު

    ބޭކާރު ހަރަދު ކުރުން ހުއްޓާލާ ނައިބްރައީސް އިސް ތިއުފާ ދޭންވީ ބޭކަރު ބޮލެއް

  6. ޢިކުރާމު..

    ރާއްޖޭގެ ދޮށީރައްރައް ބި ކާރީހާލުގަ ފެންބޮޑުވެ ނުހިނގި ނުދުއްވޭ ހާލުގަ މިހިރީ ހދ ކުޅުދުއްފުއްޓައް މި ކުރާ ގަދަވިއްސާރައިގަ ސަރު ކާރުން އަޅައެއްނުލާ މަގުތައް މިހިރީ ފެނުއަޑީގަ ސޯސަންގޯޅިޔައް ވެލިއަޅައިދިނުމައް އެދޭތާ ކިހާދުވަހެއް

  7. ލަބީބު

    ހަމަ ހިނި އަންނަނީ! ރައްޔިތންގެ މާލިއްޔާއިން މުސާރަކައިގެން ފިނިކުރިކޮޓރިކޮޅުގައި އޮވޭ! މިހަދުވަހުވެސް ތިޔަ އޮތީނު؟