މި ސަރުކާރުގެ މާލީ އަދި އިގްތިސާދީ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ސައީދު އެގޮތަށް ވިދާޅުވީ ދަރުބާރުގޭގައި ނޫސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިމި އަހަރުގެ ފަހުކޮޅު ޓޫރިޒަމް "ބޫމް" އެއް އަންނާނެ ކަމަށާއި މުޅި ދުނިޔެއަށް ދިމާވެފައި ވަނީ ފައިނޭންޝިއަލް ކްރައިސިސްއެއް ނޫން ކަމަށް ވިދާޅުވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.
ސައީދު ވަނީ މިއަދު 20ރ. އަށް ޑޮލަރުގެ އަގު އުފުލުނީ އެ ހާލަތަށް ބަލައިގެން ހެދި ހިސާބުތަކުންތޯ ސުވާލު އުފައްދަވައިފައެވެ.
"މިއަދު 20 ރުފިޔާއަށް ޑޮލަރު ގަންނަން އެ ހިސާބުތަކަށް ބަލައިގެން ހަދާފައި އޮތް ނަމަ އަޅުގަނޑު ހިތުގައި އުފެދޭ ބިރަކީ އަންނަ އަހަރުގެ ފަހުކޮޅަށް ދާއިރު، 25 ރުފިޔާއަށް، 26 ރުފިޔާއަށް ޑޮލަރެއް ޖެހިގެން ހިނގައިދާނެތީ،" ސައީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކަރަންޓު ބިލު ދައްކަން ވެސް ދަތިވެފައިވާ ކަމަށާއި، 40 އިންސައްތަ އާއި ހަމައަށް މާލޭގެ ކަރަންޓު ބިލުތައް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެން ބިލާއި ގޭގެ ކުލިވެސް ބޮޑުވެ ރައްޔިތުންގެ "ޖީބުގައި ހުރި ފައިސާކޮޅު"ވެސް ހުސްވަމުން އަންނަ ކަމަށް ވިދާޅުވެ ސައީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އަދި މިއީ ޖީބަށް ބަރުކުރާނެ ކަމަށް ބުނެ އައި ސަރުކާރެއް ކަމަށާއި، ނަަމަވެސް މި ކޮވިޑް-19 ރާއްޖެއަށް އައުމުގެ ކުރިން 2019 ވަނަ އަހަރު އެކަނިވެސް 2.5 ބިލިއަން ރުފިޔާ ސަރުކާރުން ބަދަލުގެ ގޮތުގައި ދީ ހުސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖެގެ މާލީ ހާލަތު މިހާ ދަށަށް ގޮސްފައި އޮއްވައި ސަރުކާރުން ވަނީ ގުޅީފަޅު ހިއްކަން ފަށާފައި ކަމަށާއި، ލޯނު ހަމަނުޖެހެނީސް 52 މިލިއަން އެމެރިކާ ޑޮލަރު އިކިއުޓީއެއް ގޮތުގައި ކުންފުންޏަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ މިއީ މާލިއްޔަތަށް ޒިިންމާވުމުގެ ފެންވަރު މި ސަރުކާރުގައި ހުރި ވަރު ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އެހެންމަ މިއަދު މި ސަރުކާރުގެ މާލީ އެއްވެސް ވިސްނުމެއް ނެތް، އިގްތިސާދީ އެެއްވެސް ވިސްނުމެއް ނެތް، މުޅި ސަރުކާރުގެ ސިސްޓަމް މިއޮތީ އެއްކޮށް ފެއިލްވެފައި. އެހެންވީމަ މިއަދު ހަމަ ނަސީބު މި މަޖިލިސް ހިނގާކަން. އަޅުގަނޑު ހަމަ އެއްބަސްވަން، ރަނގަޅު ވާހަކައެއް މަޖިލިސް ހިނގާތީ ކިރިޔާ ދައުލަތް މިއޮތީ." ސައީދު ވިދާޅުވިއެވެ.
ތިކޮޔާމަޖިލިސްަ ހުއްޓުވާނެދުވަސް ދާދިއަވަހައް ފެނިގެން ދާނެ އިންށާﷲ
އިކޮނަމިކު ވަޒީރަކައް 5 އަހަރު ހުރިއިރު ދައުލައި އޮތީ 78 % ދަރުވާލާފަ އިކޮނަމި ކުރައިސިސްސެއް ނެއް ފާގަތި އަހަރު ތަކެއ ލިބުނު ކައިހުސްކޮއްލީމަ ، ލިބުނު ތާކުން ލޯނުނެގީ ކަޑު އަޑިން ހާއަޅާ ތައްކޮޅެއް އޮތަސް ނުއަގުގަވިއްކީމަ މިހެއްމިވީ ލަދެއްނުގަނޭތަ އަގަކޮފައް.
ދައުލައްވެސް އޮންނާނެ ބޭފުޅާ ވީވައުދުތައްފުއްދަވާދެއްވާ ކުނަހަންދޫ މަގުތައް އަލިކޮށްދޭ ބުނެފަ ކުނަހަންދޫ ގައި ކުޑަކުދިންގެ ޕާކެއް އަޅާދޭނަމޭބުނެފަ ދާއިރާގެ ރައްޔަތުންގެ ފޯނުކޯލުތަކައް ޖަވާބު ދޭނެކަމަށް ބުނެފަ ވައުދު ވެފަ ދެންކޮން އަގައެއްތޯ ތިތަޅަނީ
ދައުލައްވެސް އޮންނާނެ ބޭފުޅާ ވީވައުދުތައްފުއްދަވާދެއްވާ ކުނަހަންދޫ މަގުތައް އަލިކޮށްދޭ ބުނެފަ ކުނަހަންދޫ ގައި ކުޑަކުދިންގެ ޕާކެއް އަޅާދޭނަމޭބުނެފަ ދާއިރާގެ ރައްޔަތުންގެ ފޯނުކޯލުތަކައް ޖަވާބު ދޭނެކަމަށް ވީވައުދު ކޮބާތޯ ބޭފުޅާ ދެން ސަރުކާރޭ މަޖިލީހޭ ކިޔާގެން އަގަނާރުވާ
މަޖުލީހިގައި އެމްޑިޕީ މެންބަރާއި އެމީހުންގެ ރުހާނި ލީޑަރު ސަޅިބައިސައި ކެނޑުން ނޫންކަމެއް ނެތް.
ސައީދޫ.... ބޭފުޅާ ކަނީތޯ ނޫނީ ބީރީތޯ... ނޫނީ ފިތުނަ ނޫނީ އެހެން ކޮންކަމެއް...