އެޖެންޑާ-19 ގެ ދުވެލި މޫސުމަށް ބަލާފައި ވަރަށް ރަނގަޅު ކަމަށް ޓްއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އެޖެންޑާ-19 ގެ މިސްރާބު ރަނގަޅު. ދުވެލި ވެސް މޫސުމަށް ބަލާފައި ވަރަށް ރަނގަޅު." ކަމަށެވެ.
ނަރުދޫގައި އިރުގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓް ދެވޭ ގޮތް ހެދީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގައެވެ.
ހަކަތައިގެ ދާއިރާޢިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 48 ރަށެއްގެ މަސައްކަތް ނިންމާ މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.
#Agenda19 ge misraabu ran'galhu... dhuvelives moosumaa balaafa varah ran'galhu.
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން https://t.co/q6ERhe3BUx— Abdulla Mausoom (@Mausoom_Maus) August 15, 2020
އެޖެންޑާ-19 ގެ ދުވެލި މޫސުމަށް ބަލާފައި ވަރަށް ރަނގަޅު ކަމަށް ޓްއަރިޒަމް މައުސޫމް ވިދާޅުވިއިރު އެޖެންޑާ 19 ގެ ވައުދުތައް ފުރިހަމަ ނުކުރެވޭ ކަމަށް ބުނެ ގިނަ އާއްމުން ގެންދަނީ މީސް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެޖެންޑާ-19 އަކީ މިދިޔަ އަހަރު އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ބޭނުން ކުރި ސްލޯގަން އެވެ. އެޖެންޑާ 19 ގެ ދަށުން އެމްޑީޕީން ހުށަހަޅާފައިވާ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ. މިއީ، އެމްޑީޕީން މިދިޔަ ރިޔާސީ އިންތިޚާބަށް ތައްޔާރު ކުރި މެނިފެސްޓޯގައި ވެސް ހިމެނޭ ކަންކަމެވެ.
ތިދެން އިބުރާހިމު މުހައްމަދު ސޯލިހު ވެރި ކަން ލިބުމުން ވަރަށް ރަގަޅޭ ބުނުންފަދަ ވާހަކައެއް...ތިއަށްވުރެ ސުރުޙީ ރީތިވީސް ވަޒީރު ކަން ދިނުމުން ވަރަށް ރަގަޅޭބުނިނަމަ...ތިއީ ކުރިންވެސް ތިމިނިސްޓްރީ ހިންގަން ހަވާލުވި މީހެއް..ނަތީޖާއިގޭނީ ތިމިނިސްޓްރީގަ އޭރު މަސައް ކަތް ކުރިބަޔަ ކަށް..
ޥަޒީފާ ގަޑެއް ދީފިއްޔާ އަމިއްލަ އަމަޔަށް ވެސް ގޮވާނެ މި މީހުން. ބޯހަލާކު އަމިއްލަ އެދުމުން ފުރިފައިވާ މީހެއް
ކަލޭ ތިއިން މަގާމު ރަނގަޅުތަ؟
ފިނިހަކަ ދުވެލީގަ ކަންކަން ކުރުން އަހަރެމެނަކަށް ރަނގަޅެއް ނޫން.
އަޅުގަނޑު ކުރިން ހީކޮށްގެން މިހުރީ މައުޞޫމު ވަރަށް ފިރިހެން ވާނެކަމަށެވެ. މިއަދު މި އެގުނީ އެހެން އެއްޗެކެވެ.
މަޤާމުގެ ބޭނުމުގައި ޙަޤީގަތް ފޮރުވަން އުޅުމަކީ ރައްޔިތުން ބޭނުންވާކަމެއްނޫން އެޖެންޑާ 19 ކަމުނުދަނީ ރައްޔިތުންނަށް ފައިދާއެއްނެތި ކަމެއްވެސް ކޮށްނުދެވޭތީ
އްެޖެންޑާ 19 ގައި އޮތީ ވައްކަންކުރުން ރޯޔަލް ފެމިލީ ރޭޕް...... މިކަންކަން! ވީމާ އެކަންކަމުގެ ދުވެލި ކިތަންމެހައިވެސް ރަގަޅު! ދެން ކަލޭ ކިހައި އެއްޗެއް ވަގަށް ކޮޅައިލާފީމުތަ؟
އިއާދަ ކުރަނިވި ހަކަތައޭ ކިޔާ އެމްޑީޕީގެ ވެއްޓުނު ސަރުކާރުން ވެސް ވަނީ ނަޝީދުގެ ބޭބެ ނާޝިދުއަށް އެތަކެއް ލާރި ލިބޭ ގޮތައް ޕްރޮޖެކްޓްތަކެއް ހިންގާފައި. ސޯލާ ހަކަތަ ދާއިރާއިން ކިޔަވާގެން ކުންފުންޏެއް ހަދާގެން އުޅޭ މިމީހާއަށް ކާންދޭން ނަޝީދު ވަނީ ވަރަށް ގިނަ މަސައްކަތް ކޮށްފައި.
މައުސޫމު މިސަރުކާރުގަ އެޅީ އިންޑިއާގެ ފެންޕަންޕުގަ ހަދާފަހުންނަ އިންޖީނު ދުވެލިބާރުކުރަން އެހެންވެ ދުވާލެއްބާރުކަމުން ޖެހުނުގޮތައް ކަރައެއް ތިފަޅާލީ ތިހެން ހުއްޓާ ނަގާހޫރާލާނެ......
މަހުލޫފު ހެދެން ނޫޅޭ
ކުރިންވެސް ތިޔަމިނިސްޓްރީ ހިންގަން މައުސޫމު އައިސް
ޗޮކުން ދިޔައީ.....
މި ބޮޑު މަސްރޫއަކީ ތޯބެގެ މިނިސްޓަރު ކަމުގާ ހިންގަންފާށާ...ބާރަށް ދިޔަކަމެއް..ހުސެން ރަޝީދަކީ ވަރަށް ސްލޯ މިނިސްޓަރެއް...
ފެށުނީ. ދޮގުން ފަށަންޖެހޭނީ ތި ނުބައި ބައިގަނޑަށް ވަނުމާއެކު.
ޑީއާރުޕީ ގަންބާލާފަ އެރިއޮޑިތާރަންގަޅުވާނީ
ކޮވިޑް-19 އަށްވުރެ އޭޖެންޑާ-19 ގެދުވެލި ބާރީތޯ؟
މިއީ ވަރަށް ރަނގަލހު ސަރުކާރެއް އަހަރެންނަށް މިނިސްޓަރުކަން ދީފި. އެހެންވީމާ އެޖެންޑާ 19 ކީއްކުރަން ތަރައްޤީގެ ސްޕީޑާއި އިގްތިޞާދުގެ ސްޕީޑުވެސް ވަރަށް ބާރު... އަސްލު ރައްޔިތުންނަށް ނުފެންނަނީ މާބޮޑަށް ބާރުވީމަ. ލޮލުގަ އެހާ ޤާބިލުކަން ނެތީމަ.
އެޖެންޑާ-19 ގެ ދުވެލި ރަނގަޅުވާހަކަ ބުނާނުން ކާނލިބޭނެ ވިއްޔަ ބޭނުން ވަރަކައް.
ވަޒީރުކަން ލިބުނީމަ ކޮސް ގޮވަން ފެށީ؟
އެޖެންޑާ 19ދުވެލި ކަލެއަަށް ރަގަޅުވާނެ ކަލޭއަކީވެސް ކަަންޒު ކަހަބު ދުުވެލީގާ މަށެތްކަތް ކުރާމިހެކެއެވެ ދެންދާނީ ޓުއަރިޒަމު މިނިސް ޓުރީ ފަހަތަށް
ރައްޔިތުން ފެލުމުންނާއި ޖޫރިމަނާކުރުމުގަ އެބުނާހެން ދުވެލި ވަރަށް ބާރު
ރައްޔިތުން ފެލާ ސަރުކާރު އިސްތިއުފާ
އިސްތިއުފާ
ރައްޔިތުން ފެލުމުގެ ދުވެލިތަ ހަލުވީ؟ ޖޫރިމަނާ ސަރުކާރު އިސްތިއުފާ
އެދުމެއް ޙާސިލުވީމަ ދުވާލުވެސް ރޭގަނޑުހެން ފެންނާނެ. މީ އެކަމުގެ ސާފުސީދާ މިސާލެއް. ދުވެލި މިއަށްވުރެ ރަނގަޅުއިރެއް ނުފެނިއްޖެނަމަ މީގެކުރިން ދުވެލި އޮތްގޮތެއް މީނަ ދުނިޔޭގައި ނެތީމަ ނޭނގެނީ.
ތިފޮތުން ކިޔެވީމަ ތިމަގާމުގައި ގިނަދުވަހު އިނދެވޭނެ އެހެން ނޫނީ ފޫ ކަހާލަފާނެ ދެންބުނޭ ބޯންވާނެއޭ ބޮއެގެންނޭ ސަލާމަތްވާނީ ހަ ކުރު ދެއްޏާ ބޮޑުބެ ލާދީނީ ރިޕޯޓު ނެރުނު މީހުން މަނި ކުފާނަށްވެސް އޯ ކޭވީތޯ؟އިޑިޔާ އަށް ރާއްޖެ ވިއް ކުންވެސް އޯ ކޭތޯ؟ އިޑިޔާސިފައިން ރާއްޖޭގައި ދާއިމަށް ތިބުންވެސް މަނި ކުފާނަށް އޯ ކޭވީތޯ؟
މީނައަށް ރުހުން ނުދޭތި
ދުވަލި ބަރަވަލި ސްޕީޑުގަ ހުރިނަމަވެސް މިއަދު ބުނާނީ ތިހެން.ވަޒީރެއް ވިއްޔާ..ތީ އަބަދުވެސް ސިޔާސީ ވެރިން ކުޅޭގޭމް.ތިބުނާ ސްޕީޑެއް ދިވެހި ރައްޔިތުންނަކަށް ނުފެނޭ.އެހެންނުން މިސަރުކާރުގެ ނުކުޅެދުންތެރިކަމާ މަކާރާއި ހީލަތް،އޮޅުވާލުން ކަރަޕްޝަންގެ ސްޕީޑު ވަރަށް ރަނގަޅޭބުނިނަމަ ދިވެހި ރައްޔިތުން އެކަން ބަލައިގަންނާނެ.ތިންބާރު ވަކިކުރަން އައިމީހުން ތިންބާރު އެއްކޮށް މޮޑެލީ.ސަރުކާރު ތެރެއިން ވެރިކަމާތެޅެނީ.ޕާޓީ ތެރެއިން ވަގަށް ގޮވަނީ.އެކަކު އަނެކެއްގެ ބޮލަށް ފައިން އެރޭތޯބަލަނީ.
ޗަކޮޔަށް ގޮޑި ލިބުނީމަ ލޮލުގެފެނުމާ.އަޑުއިވުމުގެ ހިއްސު ގެއްލުނީ ދޯ. ޕސޕސޕސ ާ
ހެޔޮވަރުގެ މަގާމެއްލިބުނީމާ ސަނާކިޔަން ތިވަރު އަދި ތަންކޮޅެއްދަށް. ތިއަށްވުރެ ބޮޑު ބަހަކުން ސަނާކިޔަންޖެހޭނީ.
ތިއޮތީ އާކުކުޅަކަށް ގާބިހެއް އެޅިފައި
މަގާމު ލިބުނީމާ ބުއްދި ގޯސްވީ ތޯއްޗެ!
ޓޫރިޒަމް މިނިސްޓްރީ ކުރިންވެސް ހިންގެވިން ދޮއްތޯ؟ ސަންއައލަންޑު ޖީ އެމް ކަންވެސް .....
މުޅިން ދިޔައީ ޗޮކުން ދޮއްތޯ......
ހީކުރީ މައުސޫމުހުރީ ޓުއަރިޒަމްގައި ކަމަށް ތިވަރަށް ސަނާނުކިޔަސް ވެދާނެހެން ހީވޭ. ރައްޔިތުންމިތިބީ މަނިކުފާނުގެ ޒައާމަތުގައި ޓުއަރިޒަމް މިނިސްޓްރީ ހިންގާނެ ގޮތެއް ބަލަން. ނުބެހޭކަންތައްތައް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ހަވާލުކުރެވިފައިވާ ޓާސްކަށް ފޯކަސް ކުރައްވާ