ރަސްފަންނު ތަރައްގީ ކުރިއިރު، ވެލިމަގެއްގެ ގޮތުގައި ހެދި ސަރަހައްދުގައި ގާ އަތުރައި އާންމުންނަށް ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި ރަސްފަންނު ނަމުގައި ތަރައްގީ ކުރި ސަރަހައްދަކީ ރީތި މޫދަކާއި އާއިލާ އާއި ރައްޓެހިން ވަގުތު ހޭދަކޮށްލެވޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. އެކަމަކު، ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުނދުތަކަށް ދުއްވޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިން ވަނީ އެ މަގު ހުޅުވާލައި ވެހިކަލްތަކަށް ދުއްވޭ ގޮތް ހަދައިފައެވެ.
އެ މަގު ތަރައްގީކޮށްފައި ވަނީ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވޭ ގޮތަށެވެ.
ރަސްފަންނު ތަރައްގީކުރުމުގެ ކުރިން އެއީ ބޮޑުތަކުރުފާނު މަގުގެ ބައެކެވެ. އެ މަގުގައި، ހަމައެކަނި ވެހިކަލް ދުއްވާލެވޭ ވަރުގެ ޖާގައެއް ބޭއްވުމަށް ފަހު ބަދަލުކުރީ ދޮންވެލިގަނޑެއް ހިމެނޭ ސަރަހައްދަކަށެވެ. މޫދަށް އެރުމާއި ކަސްރަތު ކުރުމާއި ބާބަކިއު ފަދަ ތަފާތު ކަންކަން ކުރެވޭނެ ގޮތަށް ރަސްފަންނު ހެދީ އާންމުންނަށް ވީހާވެސް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށް ދިނުމަށް އޭރުގެ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުންނެވެ.
ރަސްފަންނު ތަރައްގީ ކުރުމުގެ ކުރިން އެ ސަރަހައްދަކީ މޫސުން ގޯސް ނުވާ ދުވަސްވަރު ވެސް ކިރިޔާ ދިޔަވަރު ބޮޑުވާ އިރަށް އެއްކޮށް ލޮނުގަނޑު އަރައި ބޭރު މަގު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި އޮޮންނަ ސަރަހައްދެކެވެ. އެއީ ބޭނުން ނުކުރާ ކާރުތަކާއި ލޮރީތައް ފަދަ ވެހިކަލްތައް "އުކާލައި" ބޮޑު ގޮނޑެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ.
ރަށެއްގެ މަލަމަތި ދައްކުވައިދޭ ގޮތަށް ކުރީގެ ސަރުކާރުން ހެދި ބީޗުގައި ހޮޅު އަށިތަކާއި ޖޯލިފަތި ތަކާއި، ދިގު އަށިތައް ހަދާފައި ހުރެއެވެ. ޒަމާނީ ފެންވަރަށް ވަސީލަތްތަކާއެކު އެންމެ ފުރިހަމައަށް ތައްޔާރުކުރި ބީޗަށް 40 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިއެވެ.
ޔާމިން ހައްދަވައިދެއްވި ރަސްފަންނަކީ ގިނަ މީހުންގެ ތަކެއް ހިތްހަމަޖައްސަން ގޮސް އުޅޭތަނެއް. އެތަނުގެ ދުވަސްދުއްވާލީ ކޮން ސަބަބަކާހުރެ؟
ދެން ބާރަށް އަތްޖަހާ.! މެގަ ޕޮރޮޖެކްޓެއް ތިޔަ ނިންމާލެވުނީ! ކިތައްމެ ލިޔަން ހަރަދުވިބާ!!
ބޭކާރު ގޮތްގޮތުގަ ލާރި ޚަރަދު ކުރުން މި ޣައްދާރު ސަރުކާރުގެ ކަމަކީ ފުރަތަމަ މަރުކަޒުގެ ހުރި މާރބްލް ތައް ތަޅާލީ
މިއީވެސް ގައުމުފުނޑާލުމުގެ ނަމޫނާއެއް ކިނބޫ ކަލޭދާންވީ އިންޑިއާގެ ކޯރަކަށް މިގައުމަކުނެތް ކަލޭ އުޅޭނެތަނެއް އަވަސްކުރޭ.
ޢެތަނުން ނެގި ފަސްތަ ވިކާލީ އަމީނު އަށް ، 25ބުރީގެ ޓަވަރު ހަދަން
ތަރަގީ ފެނޭތަ؟
ކޮންކްރީޓް ތަރައްގީއެއް ބޭނުމެއްނޫނޯ! ވެދާނެ މަގުތަކަށް ކޮންކްރީޓް ނާޅަނީކަމަށް!
ނުބައި އާލާތްގަނޑެއް މީ މުޅި ގައުމު ފުނޑާލައިފި ޕާރކަށް އެލާޖިކު ވާނެ މި އެމްޑީޕީ ބައިގަނޑު
މި ވެރިކަމުގެ މިހަރަ ނިންމާ ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކެއްވާ ދޯ....ސާބަހޭ އިބްރާހިމޫ....ތިޔަ ވަރުގެ ވެރިއެއް މި ޤައުމު ނުދެކޭނޭ....މާތް ކަލާކޯ....މި ނޫންދުވަހެއް އަވަހަށް މިންވަރު ކުރައްވާށި...އާމީން