ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އަށް ކޯލިޝަން ސަރުކާރުން އިތުބާރު ނުކުރާތީ، "ބްރޯއެއް" މެދުވެރިކޮށް މެޖޯރިޓީ ގަނެފައިވާކަމަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ހާމިދު ވިދާޅުވެފައި ވަނީ، "ބްރޯއެއް" މެދުވެރިކޮށް ސުޕަމެޖޯރިޓީގެ، މެޖޯރިޓީ ގަނެގެން އުޅޭ އުޅުމަކީ ޕާޓީގެ މެމްބަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިކޭ ކަމީ، ޕާޓީގެ މެމްބަރުންނަށް ލިބޭ ހިތްދަތިކަމެއް ކަމަށް ވެސް ހާމިދު ވިދާޅުވިއެވެ.
"ޕާޓީގެ ސުޕަ މެޖޯރިޓީއަށް ކޯލިޝަން ސަރުކާރުން އިތުބާރު ނުކުރެވޭތީ، ސުޕަ މެޖޯރިޓީގެ މެޖޯރިޓީ، ބްރޯއެއް މެދުވެރިކޮށް ގަނެގެން އުޅޭ އުޅުމަކީ ޕާޓީ މެމްބަރުންނަށް ބަލައިގަނެވޭ ކަމެއް ނޫން. އަނެއްކޮޅުން، ޕާޓީ އެމްޕީން ވިކޭކަމީ ޕާޓީ މެމްބަރުންނަށް ލިބޭ ހިތްދަތިކަމެއް،" ހާމިދު ވިދާޅުވިއެވެ.
Party ge super majority ah coalition sarukaarun ithubaaru nukureveythee, super majority ge majority, Bro eh medhuverikoh ganegen ulhey ulhumakee party membarunnah balaiganevey kamen noon. Aneh kolhun, party MPn vikey kamee party membarunnah libey hiydhathi kameh. 2/1
— Hamid Abdul Ghafoor (@HamidhAG) August 21, 2020
ބްރޯއެއް މެދުވެރިކޮށް މަޖިލީހުގެ މެޖޯރިޓީ ގަނެފައިވާ ކަމަށް ހާމިދު ވިދާޅުވެފައި މިވަނީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އެމަނިކުފާނަށް "ބްރޯ ހެދިގެން" ޕާޓީ ތެރޭގައި ނޫޅެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އެހެންކަމުން "ބްރޯއެއް" ކަމަށް ހާމިދު ނިސްބަތްކުރެއްވީ މިނިސްޓަރ ފައްޔާޒަށް ކަމަށް ބެލެވެއެވެ.
ހާމިދު އިތުރަށް ވިދާޅުވެފައި ވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އުފެދުނު ކޯލިޝަނުން ކެބިނެޓެއް ހޮވިފަހުންވެސް އެމްޑީޕީއަށް ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދީފައިވާ ކަމަށެވެ. އެވަރުން ސާފުވާން ޖެހޭނެ ކަމަށާއި، "ދެން މިގޮތަށް އެޖެންޑާ 19 އަށް ހުރަސް އަޅައިގެން ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހާމިދު ވިދާޅުވެފައި ވަނީ، ޑިމޮކްރެސީ ކަރަޕްޓު ކުރަން ޖާގަދީގެން ނުވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ. އެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ.
މިކަމާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ، ދައްކާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
މި މައްސަލަ އާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ތެދުވެފައި ވާއިރު، ފައްޔާޒަށް އިތުބާރު އޮތްކަން އެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވެސް ހިމެނޭއިރު، މައްސަލަ ހޫނުވެ ރޮޒޭނާ ޕާޓީން ވަކިކުރުމަށްވެސް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.
ކޮންބުރޯއެކޭތަ ތިކިޔަނީ މިހާރުގަބޫލުކުރެވޭތަ ބޮލުރޮދިންނާ ބައިވެރިވެ މީހުންނަށްޖޯކުޖެހީމަ ލިބޭލަނޑު ޖޯކަރަކީއަސްލުކާކު ޖޯކަރަށްވެސް ގަދަރެއްނުކުކުރީމަ ހުކުމް ބުނަންފަށްޓަނީ
ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތެވެ ކުރިއަށް ވަޑައި ގަނަނަވާށެވެ.
މޮޅު ވާހަކަދައްކާނެކަމެއްނެތް! ޔޫރިން ޓެސްޓްކުރަން އެބަ އާދޭ! އަވަހަށް ދުވެފައިގޮސް ރައްޔިތުންގެ މަޖިލީހަށް ވަދެ ފިލާއޮވޭ!
ހާމިދުއަށް ބުނެލަންއޮތީ ދެންލަލަލާއޭ އަހަރުމެން މިތިބީ ޢިބޫއާއި އެކުގައޭ
އެމްޑީޕީ ފުޑުކުރަން އުޅެނީ ކޯލިޝަންގެ ސައިޑުން އައިސްތިބި ފަހުލަވަނުން އަވަހަށް ބުރުމާ، މަޢުމޫނު އިމްރާނު ބޭރުކުރޭ އޭރުން ހަމައަކަށް އެޅޭނެ ކުޅިކުޅެނީ ޝާހިދުއާ ޢިމްރާނު.
ގަންނަން ލިބެނީ ވިއްކަން ހުރީމަ. ހަގީގަތުގައި އިހުލާތެރި ކަމެއް ނެތް އެއްޗިސް ނިކަން އަވަކަށް ވިކި ހުސްވެދާނެކެ ކަމަށް މަކިޔެވި ފޮތުގަ އޮތީ..
ކަލޭ ކިޔެވި ފޮތުގަ އޮތީ "އެއްޗިސް" ތަ؟ ނުވަތަ "އެއްޗެހި" ތަ؟
ހާމިދަކީވެސް އަންނި ބްރޯއެއް ކޮންވާހަކައެއް ދައްކާކައް ތިއުޅެނީ ވެރިކް ވެއްޓެން ދެން ނުބުނާތި ބަގާވާތެކޭ ، މިފަހަރު ބަގާވަތް ކުރާނީ ތިޕާޓީ ތެރެއިމް
ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާމީހުން ނިމިދާނީ ހިތިކޮއް...
އެންޑީޮީގައި އޮތީ ސިހުރު މޮޖޯރޓީއެއް ސިހުރު ބާތިލް ވާވަރަކަން ޕާޓީ ދާނީ ރޫޅެމުން އެކަން ހާމިދުއަސް އގޭތަ
ހަލޯތީ މާ ހަމައިގައި ހުންން މީހެއްނޫން. އެހެންކަމުން ދައްކާވާހަކަވެސް ހަމައެއް ނުވާނެ..
ތިޔަ މެޖޯރިޓީ ބޭނުން ކުރެވެނީ ރައްޔިތުންގެ ހައްޤުގައި ކަމެއް ކުރުމަކަށް ނޫން. ވަކި މީހަކު ވަށައިގެން އެނބުރޭ ބައިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާތަން ފެންނަނީ. އޭނާއަކީ މިގައުމުގައި މާ ބާރު ގަދަ މީހެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރާ ތަން ފެންނަނީ. އެހެންވީމަ 100 މެމްބަރުން ހޮވިޔަސް ނުވީކޭނެ ސަބަބެއް ނެތް. އިޚްލާސްތެރި ކަމާއި އެކު ޤައުމަށް ކަމެއް ކޮށްދިނުމުގެ ނިޔަތް އޮންނަމަ މިއަދުގެ ހާލަތަކަށް ނުދާނެ. އޭނާ އޭނާގެ ބާރު ގަދަ ކުރަން މަސައްކަތް ކުރާ ނަމަ އެދެވެނީ ނުބައި މެސެޖެއް. އެމް ޑީ ޕީ ގެ ހުރިހާ އެންމެންނަކީ ތިމަންނަގެ އަޅުންނޭ އެބުނެވެނީ. އެހެން ވިއްޔާ ކޮންމެ މީހަކުވެސް އަޅުވެތި ކަމުން ސަލާމަތް ވުމަށް ނުބައި މަގު ޚިޔާރު ކުރާނެ. އޭގެ ބޭނުން އެހެން މީހުން ހިފަމުން އެދަނީ. ތި އެމް ޑީ ޕީ އެއް ހެދި ފަހުން އެހެން މީހަކަށް ތި ޕާރޓީގެ އިސް މަގާމެއް ފުރިޔަ ދިންތޯ އަމިއްލާ ނަފްސާ ސުވާލު ކޮށްލަބަލަ.
ޔާމިން ސަރުކާރު ގަ އޭރުސަރުކާރައް އޮތް ރމ ބޮޑު މެޖޯރިޓީ ގަނެ ސަރުކާރު ހިން ގަން ނޮހޮރޮއްޕާންކޮއް އަދި ނުވިތާކައް ފަނޑިޔާރުންނައް ފްލެޓާ ލާރިދީ ގެން ހުރިހާ މާމުލި ސިޔާސީ ވަ ގުން ޖަލުން ނެރެފަ އޭރު ގެ އިދިކޮޅުންބުނީ ރމ މެންބަރުން ކޮޅުބަދަލުކުރީ ރައްޔިތުން ގެ އެދުމު ގެ މަތިން އަނިޔާއާ އާއި ކޮރަޕްސަނާ ދެކޮޅައްކަމައް. މިއަދު ޕާޓީއައްވޯޓު ހޯދައިދޭން އުޅުނު ފަނޑިޔާރުން ކޯޓުތަކައްލައިގ ގެން ބޭނުން ގޮތަކައް ހުކުންނެރެ މާލިއްޔަތު ދަވާލާ މުޅި ގައުމު އިންދަޖައްސީލީމަ ރމ މެންބަރުން ކޮޅުބަދަލު ކުރަންއުޅޭއުޅުން ގޯސްވާގ ގޮތެއް ނޭ ގުނު.
ހުރިހާވެސް މައްސަލައަކީ ވަރަށްނާގާބިލް މީހަކަށް ވެރިކަން ދިނުން. އޭނާ އަށް ތިޔަބޭފުޅާ ވެސް ވޯޓް ދިން. ނާގަބިލް މީހަކު ވެރި އަކަށް ލުމުނެ ދެން ގިނަފަހަރު ވާނެ ގޮތަކީ ކައިރީގައި ވަށައިގެން ތިބި މީހުން އެޑްވާންޓޭޖް ނެގުން.
ތިވެސް މަޤާމެއް. އިންޓަނޭޝަނަލްވީމަ އަޑުނީވެނީ ކަމަށް ވެދާނެ.. ކިހާވަރެއް މަހަކު ކާލާތަ
މެންބަރުން ގަންނާތީ އަދި ވިކޭތީ އެކަމާ ދެރަ ވަނީ ޕާޓީންނޯ! ކޮބާ އެމީހުން ތަމްސީލު ކުރާ އާންމު ރައްޔިތުންގެ ސުއޫރު؟ އެނގެއެއްނު ތި މީޙުންގެ ވިސްނުން ހުންނަ ގޮތް؟
ކަލޯ ޑިމޮކްރަސީ އަކީވެސް ކޮރަޕްޓް ނިޒާމެއް އެއީ މުސްލިމުން ކުރިޔަސް ބާތިލު ނިޒާމެއް އެއަށް ޢަމަލު ކުރާނީވެސް ބާތިލު ޢަމަލު ތަށް ކުރާބައެއް 7 އުޑު މަތިން ބާވައިލެއްވި ޤާނޫނަކާ ފުރިހަމަ ނިޒާމެއް އޮއްވާ އަމިއްލަށް ޤާނޫނު ލިޔެ ނިޒާމް ހަދާ އުޅޭ ބައަކީ މުސްލިމުންތޯ؟ މުސްލިމުންގެ ނިޒާމަކީ އެކޅު ކޮޅުން ޖަހާ ލެވޭނެ ނިޒާމެއްނޫން ކީރިތި ޤްރްއާނާއި ރ ސ އވ ގެ ސުންނަތުން އެއޮތީ ހުރިހާ ކަމަކަށް ހިދާޔަތް ލިބިފަ ހުޅަނގުގެ މުޑުދާރު އެއްޗ3އް ގެނެސްގެން މިވެރިން މިޖަހާ ސަކަރާތް
މިނާ ޑިމޮކްރެޓިކް ޕާޓީއެކޭ ބުނާއިރު ތިޔައްވުރެން ކޮދުމުޚުތާރު ޕާޓީއެއް މިދިވެހިރާއްޖޭގަވެސް ނެތް ޕާޓީގެ ވެރިކަމެއްގައ ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައަސާސީ ގަވައިދުގަ އޮންނަނީ އެކަމަކު މުޅިޕާޓީގަ ބޯވަފައި
ޢަންނި މެންބަ ރުން ގަނެގެން ސަ ރުކާ ރު ވައް ޓާ ލަން އުޅުން ހާމިދު އަށް ގޯސްނުވީ ކީއްވެ!