ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުން އަންނަ މުވައްޒަފުންގެ ވަޒީފާ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވެފައިވަނީ ރިސޯޓު މުވައްޒަފުން ނައިޓު ނިންމާލުމަށްފަހު އަނބުރާ ރަށަށް ދެވޭނެ ގޮތަށް ހިސާނު ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އެއީ ނުރައްކާތެރި ސިގްނަލެއް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން ހިސާން ވިދާޅުވީ، ކޮޓަން ޕްލާންޓޭޝަންތަކުގައި އާއި ކޯލް މައިން ތަކުގައި މީހުން ގެންގުޅުނުހެން މުވައްޒަފުން ބަންދުކޮށްގެން ރިސޯޓުތަކުގައި ގެންގުޅެވިދާނެ ކަމަށް ދެކުމަކީ މާ ބޮޑު ނުރައްކަލެއް ކަމަށެވެ.
"ވަޒީފާ ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ. މިއީ 2020 ވަނަ އަހަރު" ހިސާން ވިދާޅުވިއެވެ.
ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ. މި އިސްލާހު މަޖިލީހުން ފާސްވެފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ.
އެ އިސްލާހުގައިވާގޮތުން، އެ މުވައްޒަފަކު ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އަދި އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.
މި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން މި އިސްލާހުގައި ނޭނގޭ ބައެއް ކަންކަން އެބަ ހުރި ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ރިސޯޓާ ދުރު އަތޮޅުތަކުގެ މުވައްޒަފުން އުޅޭއިރު، އެ މުވައްޒަފުންނަށް އެ ފުރުސަތު ލިބޭނެ ކަން ނުވަތަ ނޫން ކަން އިސްލާހުން ސާފު ނުވާ ކަމަށް އެއްބަޔަކު ބުނަމުން ދެެއެވެ.
ކަލޭމެންގެ ވިސްނުންވެސް ތިހިރީ 0 ގަ، ހުރިހާ ކަމެއް ތިހެން ހުންނަނީ.
ތިޔާބުނޫ ހަމަ ތެދުވާހަކަޔެއް މިބާއިގަޑުގެ ވިސްނުންވެސް ހުރީ ޒީރޯޓޮލަރަންސްގަ
ވަރަށް ތާކުންތާކުނުޖެހޭ ނިންމުމެއް. ތިޔަ ފާސްކުރި އެެއްޗަކުން ފައިދާކުރާނީ މަދުބަޔަކަށް
މުޅި ދިވެހިރާއްޖޭގެ ޓުއަރިޒަމް ސިނާއަތް ހަލާކް ކޮށްލަން ތިޔައުޅުއްވަނީ
ކަލޭމެންގެ ބުއްދިޔެއް ނުހުރެޔޭ މިހެންވެގެންނޭ ބުނަންޖެހެނީ.. ލޯޔަރުކަން ކިޔަނަވަނީ އަމާކީތީ ފަރައްދާހެން. ކަމެއް ރިސާޗުކޮއްލެވުނުގެ ގާބިލުކަމެއް ނުހުންނަކަން މިއިނގެނީ.. ދެން މޫނުމަތީ ފައުންޑޭސަން އަޅައިގެން ލޯޔަރު ހެދުންލައިގެން މާމޮޅުކަމައް ހެދިގެން މިތިބެނީ ހަމަ ސީދާ ރޯނުއެދުރުންނޫން އެހެންބަޔެއްނޫނެވެ.
ދުބިޔެއަށް އަދި ލޯނުހުޅުވޭ ކިޔަވައިގެން ތިބި ޖާހިލުންނައް ދެކެވޭނީ ކަނޑުކޮސްވާހަކަ.. ދެން ބުނޭ ތިމާ އަކީ އަންހެނަކައްވީމަ ބަލައިނުގަންނަނީއޭ.. ބުއްދި ކޮބާތަ.
މީނާއަކައް އިންޑަސްޓުރިއަލް މަސައްކަތްތަކުގެ އަލިފުބާވެސް ނޭނގޭ..
ތިޔަކަހަލަ ތަނަކުންތާކު ނުޖެހޭ ކަންކަން ވޯޓުގެ ދަހިވެތިކަމުގަ ނިންމި ނިންމި ހެން ތީގެ ހުރިހާ ގެއްލުމެއްދިވެހިންނައް މިހާރު ރިސޯޓުތަކުން ދިވެހިންނައް ވަޒީފާގެފުރުސަތު ދުވަހުން ދުވްހައް ދަނީ ގެއްލެމުން އިންޑިއާއެމްބަސީން ދަނީ އިންޑިއާގެ ވަޒީފާނެތްއެންމެންނައް ދިވެހިފަސްގަޑުން ވަޒީފާގެ ފުރުސަތުފަހިކުރަމުން ދިވެހިންނައް ހެޔޮއެދިގެންކަމައް ހެދިގެން ތިޔަ ނަގާލަނީ ދިވެހިންގެ ހައްގުތައް
ސުވާލަކީ އެމުއަށްޒަފު ރަށަށްގޮސް ރިސޯޓަށް އަންނަ ޙަރަދު ކޮންބައެއްބާ ދޭނީ ، އަދި ނާދެވިއްޖެއްޔާ ދެންކިހިނެއްހޭ މުވައްޒަފާއި މެދު ރިސޯޓުން ކަންތައް ކުރާނި؟
ކކަލޭގެ ވިސްނުން ތިޔަ ހުރީ ނަވާރަ ސަތޭ ކަ އަށްވުރެ ވެސް ފަހަތުގަ. ކަލޭވީ މިޒަމާނަށް ފެތެން. އިސްލާހެއް ހުށަ އަޅާއިރު އެ ކަން ކުރެވޭނެ ގޮތަ ކާ ކުރަން ޖެހޭ ގޮތެއް ވެސް އެނގެން ޖެހޭނެ. އަދި އެޢީ ކުރެވޭ ވަރުގެ ކަމެއްތޯ ވެސް ބަލަން ޖެހޭނެ. އަމާ ބުނީމަ ފަރަށް ދާހެން ތިޔަ އިސްލާހު ހުށަ އަޅަނީ ކަލޭގެ ގަމާރު ކަމުން.
ތިގާނޫނެއްފާސްނުކުރިޔަސް ޑިއުޓީ ގަޑި ނިމުނީމަ ބޭނުންތަނަކަށް މިހާރުވެސް ދެވޭ.
ތިހާ ހެޔޮއެދޭބަޔަ ކުނަމަ.މިފަދަ ދަތިހާލު ޖެހުމުން ޕެންޝަން ފަންޑުގެ %50 ދޭންވީނު މަ ކަރުވެރި ދެ ކޮޅު ނުޖެހޭ ވައުދެއް ވެވުނީތީ ކޮންމެސް ހާސަރު ތަ ކެއްދަމަނީ
މި އަންހެނާ ބުނާގޮތަށް މި ގައުމުގެ އެންމެން އުޅެންޖެހޭނީ. އެކަމަކު އިސްލާމް ދީނުގައި އަންހެނާގެ ޢައުރަައަކީ ކޮބައިކަމެއްވެސް ތިމާމީހާއަކަށް ނޭނގޭ.
މިއީ ކުޑަޚަރަދަ ކަށް ބޭރުމީހުނަށްވަޒީފާފަހި ކުރަންޖެހިމަޅިއެއް ދެންއޯނަރުންބުނާނެ ރަށަށްދާތީތަނަށްދަތިވަނިއްޔޭ! ދެން ދަތިނުވާނެގޮތަށްބޭރުމީހުންނެގީމަނިމުނީ 6 މަސްވަންދެން ގެންގުޅެފަ ފަރުވާތެރިނުވާތީ ފޮނުވާލާފައަނެއްބަޔަކުގެންނަންވީ އޯނަރުންތިބޭނެ ދަތްޕިލާއަތަށްލައިގެން??????
ބޯދާ ވާހަކަ ނުދައްކާ ، ކަލެއަށްވެސް އެނގޭނެ ހއ.ގައި ހުންނަ މީހަކު ލިބޭ ރެސްޓް 5 ގަޑިއިރު ނޫނީ 6 ގަޑިއިރުގައި ގދ.ހިސާބަށް ފެމެލީ ކައިރިއަށް ދާންބޭނުންވިޔަސް ދާން ފަށޭހަ ނުވާނެކަން ، ދާންވީ 2 ، 3 ހާސް ޚަރަދުކޮށްފަތޯ ، މިހެންގޮސް ލިބޭ މުސާރަ މަސްނިމޭއިރު ހުސްވާނެ ޓިކެޓަށްވެސް ، ހަމަޖެހޭ ވާހަކަ ދައްކަބަލަ ، އަނގަ އޮތީމަ ނުގޮވާްބަލަ ،
މިހާރު ދެން މި ނިމެނީ އިރާދަފުލހުން! ދެން ފުރުޞަތެއް ނެތް!
އަގަ ފޭކޮއްފަ ވާހަކަ ދައްކަފާނެ،
އަންނި ވެރިކަމަށް އައިސްފަ އެއިރުގަ ވެރިމަުގައި ތިބިމީހުން ކުރި އެއްކަމަކީ ތީ، މިއަދު މެޑަމްއަކަށް ވާތީ އެގުނީކަންނޭގެ
ބަލާބަލަ ކިތަށް މީހުންތޯ، 2008ގައި ކަޑާލީ ގޭގައި ބެހެއްޓީ އެއިރުގެ ރަހުމަތްތެރިންނާ ދިމާވެ ކޮފީއަށް ދާތީއޭކިޔާފަ، އެމީހުންނަށް ލިބުން ބަދަލެއް އެބައޮތްތަ ،
ހޭބަލި ވެގެން ތިޔައުޅެނީ
އަވަހަށް ކަޑާނެ ލިސްޓް ހަދަންވެގެން ،
ދިވެހި ރައްޔިތުން މިމީހުންގެ އަވައިގައި ޖެހި ގޯޅި ނާޅާތި ކުރަން އެޅޭކަމަކީ ހަމަ އެއްކަމެއް
ބަދަލު ހިފުން