ރާއްޖެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއި މާލީ ދަތިކަމުގެ ހާލަތާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ދައްކާ ހަމަނުޖެހޭ ވާހަކަތަކަށް އެމްޑީޕީގެ އިސް ބޭފުޅުން ރައްދު ދެއްވައި ޒުވާބުކޮށް ހަދަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި ވެސް ޒިންމާދާރު ކަމާއި ތަނަވަސް ވިސްނުމެއް ނެތް ކަމަށެވެ. ކުރީ ސަރުކާރުތަކެކޭ އެއް ގޮތަށް މި ސަރުކާރުގައި ވެސް އިސްލާހު ކުރަން ޖެހޭ އެތައް ކަމެއް ހުރި ކަމަށާއި ނަމަވެސް އެ ވާހަކަ ދެއްކެމުގެ ވިސްނުމެއް ނެތް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮންޑެ ވިދާޅުވީ، އެ ކޯލިޝަންގެ ތެރޭގައި އޮތީ އެންމެ ދެ ވިސްނުމެއް ކަމަށެވެ. އެއް ބަޔަކު ބޭނުން ވަނީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނަށް ވެރިކަން ހަވާލު ކުރުމަށް ކަމަށާއި ދެން ތިބި ބަޔަކު ބޭނުން ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދަށް ވެރިކަން ހޯދައިދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި، އެ ކޯލިޝަންގެ އިސް ބޭފުޅުންނަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ހާލަތު ދަންނަ ބޭފުޅުންނެއް ނޫނެވެ.

އެހެންކަމުން ގައުމުގައި ހުރި ހަގީގީ މައްސަލަތައް ވެސް ދެނެގަނެވޭ ކަމަށާއި، ސަރުކާރާ ދެކޮޅަށް ދައްކާނެ ވާހަކައެއް ނުވިސްނުމުން "އިންޑިއާއިން ރާއްޖެ ގަންނަ" ފަދަ ދޮގު ވާހަކައެއް ފަތުރަނީ ކަމަށް ވެސް ބޮންޑޭ ވިދޅާުވިއެވެ.

"ހަގީގަތުގައި ޕީޕީއެމް ނުވެސް ނެތް. އަޅުގަނޑަށް ނުވެސް ފެނޭ ޕީޕީއެމްއެއް. ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ހުންނެވީ ޖަލުގައި. އެހެންވިޔަސް ވަރަށް އިއްޒަތުގައި. މިހާރު އެ އުޅެނީ ފަތާ ޓްރެކްއެއް ވެސް، އަޅައިދޭން އެއް ބަޔަކު އެ އުޅެނީ ޔާމީން ޖަލުގައި ބައިންދައިގެން، ބޮޑަށް އިންތިހާބަކަށް ގޮސްގެން ވަހީދަށް ވެރިކަން ހޯދަން." ބޮންޑެ ވިދާޅުވިއެވެ.

މިނިސްޓްރީތަކުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުން އެންމެ ހިތްހަމަޖެހޭ މިންވަރަށް ނުހިނގާ ކަމަށާއި އެމްޑީޕީގެ އިސް މެންބަރުންގެ ފޯކަސް ހުންނަންވީ ކަމަކީ އެމްޑީޕީގެ އާންމު މެންބަރުން އެދޭ ގޮތަށް ރައްޔިތުންނަށް ގޮތެއް ހޯދައިދިނުމަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ޕީޕީއެމްގެ މެންބަރުން ދައްކާ ދޮގު ވާހަކަތަކަށް "ޒުވާބު ކުރާކަށް" އުޅޭކަށް ނުޖެހޭނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މީހުން ކޮންމެ ހެން ނުޖެހޭ މި ވަގުތު ޕީޕީއެމް އިން އިންޑިއާއޭ ބުނާއިރަށް ނޫނެކޭ ބުނާކަށް، އެއީ ހަގީގަތެއް ވެސް ނޫން. ހަގީގަތެއް ނެތް ވާހަކަތަކެއްގައި އަޅުގަނޑުމެން ނުޖެހޭ ކޮންމެހެން އެ ގޮތަށް ވާހަކަ ގިނަ ކުރާކަށް. ޕީޕީއެމްއާ ބޭކާރު ޒުވާބު ކުރަން ޖެހޭ ވަގުތެއް ނޫނޭ މިއީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ އިޝާރާތް ކުރެއްވި ކަމަކީ، މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ޓީވީ ޕްރޮގްރާމްތަކެއްގައި އެ މައުޟޫގައި ވާހަކަ ދައްކަވަން ބައިވެރިވެވަޑައިގެންފައިވުމަށެވެ. ރާއްޖެޓީވީގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވާހަކަދެއްކެވިއިރު، ސަންގު ޓީވީގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެ މައުޟޫއަށް ވާހަކަ ދައްކަވަން ބައިވެރިވެވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭނީ ރައްޔިތެއްގެ ޖީބަށް ފައިސާ ވަންނާން އޮތީ ކޮން ގޮތެއްތޯ. ތިމާގެ ޖީބަކަށް ނޫން. މި އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ. މި ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ. ޕީޕީއެމްއާ ޒުވާބު ކުރާކަށް ނޫން އުޅެންވީއެއް،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަނީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި "ބޭކާރު ޒުވާބު" ކުރާކަށް ނޫން ކަމަށެވެ. އެމްޑީޕީގެ ފޯކަސް އޮންނަން ޖެހޭ ކަމަކީ ސަރުކާރުގައި އިސްލާހު ނުކުރެވި ހުރި ކަންކަން އިސްލާހުކޮށްފައި ކާމިޔާބު ސަރުކާރެއް ހިންގުމަށް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ވައްކަންތަކާ ދެކޮޅަށް ރައީސް ނަޝީދަށް ފިޔަވަޅެއް އެޅިދާނެ ކަމާ މެދު ޝައްކު:

    ހިޔާލު ތަފާތުވިޔަސް އެމްޑީޕީގެ ސަފުތައް ފޫއަޅުވާ ނުލެވޭނެ: ނިހާދު

    ރިސޯޓުން ޑިއުޓީ ނިންމާފައި ރަށަށް، ޖޯކެއްތަ؟ ވެދާނެ ކަމެއްތަ؟

    9
    18
  2. އަފީ

    ރައްޔިތުންގެ ހާލަތު ރައީސް ޔާމީނަށް ނޭގޭތީތޯ މިގައުމުން މިއަދު ދެލޯފުހެލާފަ ބަލާލާ ކޮންމެ ދިމާލަކުން ތަރައްގީގެ މަސްރޫތައް މި ފެންނަނީ މިހާރު މިގައުމަށް ދިމާވާ ކޮންމެ ދަތިކަމަކުން ރައީސްޔާމީން ކޮސްފަހުރި ބުރަ މަސައްކަތުގެ މަދަދު.

    28
  3. ޒާ

    ލިބިފައި ތި އޮތީ ކަލެއަށް ވޯޓް ލިބޭނެ ފަހުފަހަރެވެ. ތިގޮތަށް ތި ދާއިރާގައި އަސްމާ ކިޔާމީހަކުވެސް އުޅުނު. އޭނާއަށް ވޯޓް ދޭނެ މީހަކު ނުވި. އެގޮތަށް ކަލޭވެސް ބޭރުވާނެ. ދެން އިތުރު ވާހަކަ ދައްކަން ނެތިން.

    19
  4. ސަލީމް

    މީނަ އަމިއްލައަށްވެސް ގަބޫލުކުރޭ މީނާއަކީ ބުއްދި ސަލާމަތުން ހުރި މީހެއް ނޫންކަން. ދެން މީނަ ދައްކާނީވެސް ބޯހަމަ ނުޖެހޭ ވާހަކަ ނޫންތޯ. ކަލޭމެންނަށް ކުރެވޭނެ ކަމަކީ ރައްޔިތުން ބަނޑަށް ޖެއްސުން . އެހެން ކަމެއް ނުކުރެވޭނެ

    22
  5. ތާކިހާ

    ހަގީގީ މައްސަލަތައް ވެސް ދެނެގަނެވޭ. ރ. ނަސީދު ވިދާޅުވާހެން ވ. ސާފު .އެއީ ކަލޭމެން މި ދިވެހި ޤައުމު ނީލަންކިޔަން މަސައްކަތްކުރަމުން ގެންދިއުން ނޫންތޯ

    19
  6. ޢަލީ

    ބޮންޑޭ ފާހަގަކޮށްފައިވާގޮތުން އެމީހުން ވެރިކަން ކުރަން މިޖެހެނީ އެމް.ޑީ.ޕީގެ މެމްބަރުން އެދޭގޮތަށްކަމަށް އެބަބުނެއެވެ. އެއީ އަބަދުވެސް އެމް.ޑީ.ޕީ ދެކޭ ގޮތެވެ. އެކަމަކު އެމީހުންނަށް ކޮންމެފަހަރަކުވެސް ވެރިކަމަށް މި އާދެވެނީ އެނޫން އެތައްބައެއްގެ އެހީތެރިކަމާއެކުއެވެ. އެކަމަކު އެމީހުން ހަނދާނެތެނީއެވެ. ދެރަކަމެއްދޯ ރައްޔިތުންނަށް ވެރިކަން ކޮށްދޭކަށް މި މީހުންނަކަށް ނޭގޭތީ ދެރަވަނީ

    20
  7. ޝޮޓްގަން

    " މިއީ ޕީޕީއެމާ ބޭކާރު ޒުވާބު ކުރަން އެމްޑީޕީގެ އަމާޒު ހުންނަންވީ ވަގުތެއް ނޫން: ބޮންޑޭ"
    ތެދެއް. މިވަގުތަކީ ތިޖޫރީގެ ތަޅުދަނޑި އަތުގައި އޮތް ވަގުތުވީމާ އެމީހަކަށް ޖެހުނުތަނަކުން ބައިތުލްމާލު ކައި ހުސްކުރުން ފިޔަވާ އެހެންކަމެއް މިހާރު ވާނީ ބޭކާރުކަމަކަށް.

    23
  8. އޭދަފުށީ މުހައްމަދު

    ބޮންޑޭ ގަހުން ފައިބާފަ ބަލާލަބަލަ. މުޅި ގައުމު ގޮވަނީ ޕީޕީއެމް ޕީޕީއެމް. އެމްޑީޕީއަކީ ފަނާ ކުރާ ފިކުރު. ތަންތަނުގަ އަލިފާން ޖަހާން ނިކަން މޮޅުވާނެ. ވެރިކަން ކުރާކަށް ނޭގޭނެ. 2008ގަ ވެރިކަން ދިނުމުން 2 އަހަރު ތެރޭގައި އެމީހަކު ޖެހުނު ތާކުން ބައިތުލްމާލު ކައި ހުސްކޮށް ރައްޓެހިންނަށް ދަންދެން ބަހާލީ. މި ހަގީގަތަކާ ދެކޮޅެއް ނެހެދޭނެ.

    13
  9. ޚަދީޖާ

    ތިޔަ ބޮންޑޭއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާރާގައި ހުރި ދައުލަތުގެ މުދަލަށް ގެއްލުންދީފައި ހުރި މީހެއް. މިހާރުން މިހާރަށް ހައްތަރުކުރަންޖެހޭ މީހެއް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    14
  10. ައަހުމަދު

    ޕީޕީއެމް ނުވެސް ނެތް ކަން ވަރަށް ރަނގަޅަށް އެނގިެން ދިޔަ ތި މީހުން ރަށްވެހި ފަތިސް ޖަލްސާ ފެނުނު ގޮތާއި އެ ފަހުން ޕީޕީއެމް ބޭއްވި ޖަލްސާ އިން

  11. ސިއްރު

    ޟިހިރަ މިޔަކަލޭގެ ކަލެއަސއ ދެން މަަލެ ރައްޔިތުން ވޯޓް ނުދޭނެ ކަނޑުކޮހާ