ކުށް ކުރާ މީހުންނާއި އެއްވަރުގެ އަދަބެއް ކުށް ކުރުވާ މީހުންނަށްވެސް ދޭންޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފިކަމުގެ ދައުވާ އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން ކުރި ޓްވީޓަކާއި ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ. މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށެވެ. އަދި ކުށްކުރާ މީހުންނާއި ކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ކުރީގެ ބައެއް ވިސްނުން ދޫކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ." ޝަމީމް ވިދާޅުވިއެވެ.
https://twitter.com/HuShameem/status/1310118983182376962?s=20
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާ އުފުލީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީއެވެ.
އޭނާގެ މައްޗަށް އުފުލީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ހަމަ މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ވެސް ވަނީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.
އެއްވެސް އިންސާނަކީ ކުށްވެރިއެއް ނޫނެވެ.
ވެރިން، ކުށްވެރިވުމޭ ގާތީ މަށަށް،
އެވެރިން ގެ ތިޔަވިސްނުމުން،
އަދީބު ލައްވާ ހުރިހާ ޖަރީމާއެއް ހިންގުވިކަމަށް ބުނި ގަންޖާގެ މައްޗަށް ދައުވާކުރަންވީނު.
ޕީޖީ ޖާހިލުއައްވާނެ ކުއްއެއީ ކޯއްޗެއްކަންދައްކާލަން މާބޮޑައް ފުއްޕާފަމިއުޅެނީ ޔަހޫދީ ހެދިގެން ކުއްކުރިމީހުންގެ ވަކީލަކައްވެގެން އުޅުނުއިރު ހިތަކައްނައަރާ އެކެއްޗެއްވެސް
އޭތް.. އޯއި.. ތިޔަ ތިބީ ވެރިކަމުގައޭ ެ.. ޖެހެޔޭ ނުކިޔަ ކޮށްބަލަ.. ކާކުތަ ހުއްޓުވާނީ
ދެންއެހެން ވިއްޔާ ފުރަތަމަ ކުއްވެރިން ލަށްވާ ކުއްކުރުވީ ކަލޭމެން އަދީބުލަށްވާ ޔާމީނަށް ވަގުތުހުމަތު ކުރުމަށް ބުނެ އޭނައަށްވެސް އެންމެފަހުން ކެހިދިނީ ކަލޭމެން ވީމާ މިކަމުން ކަލޭމެންގެ ބޯދަމައިގަންނާނެ ގޮތެއްނެތް ފޭހުނުއިލޮށި ލޮލަށްވަންނައިރުވެސް މިކިޔަނީ މަށެއްނޫނޭ،.
ތީކީ މުޅިއަކުން ރަގަޅު ވާހަކައެއް ނޫން ބޭފުޅާ ތިޔަ ދެއްކެވީ. ބޭފުޅާ އިސްކޮށް ހުރެ ގާނޫނުލް އުގޫބާތު ގިރައިގެން ހުރިއިރު، އެ ގާނޫނުގަވެސް ކުށް ކުރާ މީޙާއާއި ކުށް ކުރުވާ މީހާއާއި އެހީތެރިވެދޭ މީހުންނަށް ކަނޑައަޅާފައިވާ އަދަބުތައް ތަފާތު.
ކޮންމެއަކަށް ކުށްކުރާ މީހާއާއި ކުށްކުރުވާ މީހާ އެއްހަމައަކުން ބެލުމަކީ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނެ ގޮތެއް ނޫން