ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދުގެ އަބުރުފުޅު ކަތިލަން ކިތަންމެ މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުގެ ފަރާތުން ފޮނުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދުގެ އަބުރުފުޅު ކަތިލުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ނުވާނެ ކަމަށެވެ.
"ޑރ. ޒިޔާދަކީ ގައުމަށް އިހްލާސްތެރި ނަޒާހަތްތެރި ބޭފުޅެއް". އަދުރޭ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ޑރ. ޒިޔާދުގެ މައްޗަށް އުފުލި މި ދައުވާއަކީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ އުފުލި ދައުވާއެއް ކަމަށެވެ.
ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
އޭ ބަލަ މޮޔަ ޔާ! އެއީ ބަކެށްޓެއްތަ ކަތިލާން
އޭބަލަ ތެރަޕިސްޓާ ގަމާރާ އަދުރޭއަށް މޮޔަނުގަވާ ހުރެބަލަ!
އަބުރެއް އޮވެގެންތާ ކަތި ލެވޭނީވެސް. އެހެންވީމަ ޒިޔާދު އަތުގައި އޮތް އެއްޗެއްގެ ވާހަކަ އަދުރޭ ސަރ ވެސް ދައްކަންވެއްޖެނުން..
ޑރ. ޒިޔާދުގެ އަބުރުފުޅު ކަތިލަން އުޅުނަސް އެކަމެއް ނުވާނެ - ވާނެ ވާނެ، ކީއްވެ ނުވާންވީ، މިސްކިތު ފަންޑާއި، ޒަކާތު ފަންޑުވެސް ކާލީ