އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވެ، ރައްޔިތުންގެ ހައްގު އެމީހުންނަށް ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނިކޮށެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރުގެ މެއި އެއް ވަނަ ދުވަހު އެތައް ބައިވަރު ރައްޔިތުންނާއެކު، މަގުމައްޗަށް ނިކުމެ ދެއްކި ވާހަކައަކީ، ރައްޔިތުންގެ މުސްއަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުންދާ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިލްވި މީހުންގެ އިއުތިރާފާއެކު، ޝަރީއަތުން އެކަންކަން ސާބިތުވަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމަ ހިތަށް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން. އޭރު ވެސް ދެންނެވިން އަދި މިހާރު ވެސް މި ދަންނަވަނީ، އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރި ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައި ދޭނަން،" އިމްރާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލިއެވެ. އެ ހަތް ދައުވާ އަށް ވެސް އަދީބު އިއުތިރާފްވެވަޑައިގެން، ލައިވްކޮށް ކުރިއަށް ދިޔަ މަޖިލިހުގައި އޭނާ ވަނީ ހިޔާނާތުގެ ފައިސާ ބެއްސެވި ގޮތް ކިޔައި ދެއްވައިފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.

ދައުލަތާއެކު އެއްބަސްވެފައިވަނީ، ހިޔާނާތުގައި ބައިވެރިވުމުގެ ފުރަތަމަ ދައުވާއަށް 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމަކަށެވެ. ހިޔާނާތުގެ ބައިވެރިވުމުގެ ދެވަނަ ދައުވާއަށް 2 އަހަރާއި 4 މަހާާއި 24 ދުވަހުގެ ޖަލު ހުކުމަށެވެ. މަގާމުގ ނުފޫޒު ބޭނުން ކުރުމުގެ ދައުވާއަށް 6 މަހުގެ ޖަލު ހުކުމަކަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭޏުން ކުރުމުގެ ދައުވާއަށް 3 މަހުގެ ޖަލު ހުކުމަށެވެ. މަގާމުގެެ ނުފޫޒު ބޭނުން ކުރުމުގެ ދެވަނަ ދައުވާއަށް 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމަށެވެ.

މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާގެ އަދަބަކަށް އެއްބަސްވެފައިވަނީ 5 އަހަރާއި 11 މަހާއި 21 ދުުވަހުގެ ޖަލު ހުކުމަކާއި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރުމުގެ ހުކުމަށެވެ. މަނީ ލޯންޑަރިންގެ ދެވަނަ ދައުވާއަށް އެއްބަސްވުމުގައި ވަނީ 5 އަހަރާއި 11 މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރުމުގެ ހުކުމެކެވެ. ޖުމުލަ ގާތްގަނޑަކަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެވެ.

އަދީބު ދައްްކަން ޖެހޭ މި ޖޫރިމަނާ މަސް ދުވަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މާމީ

    އިމްރާނު އަނިޔާ ވެރި ނުވާކަން މިހާރު ދިވެހި ރައްޔިތުން ގަބޫލުކުރޭ ދެން އޮތީ ބާކީ2 އަހަރާ ދުވަސްކޮޅެއް. އަނިޔާވެރި ނުވާން ވެގެން ބައެއްމީހުން މެލޭޝިއާ ތަންތަނުން ރައްވެހިކަންހޯދާގެން އުޅެނީވެސް ....

    25
    1
  2. ހުސޭނުބޭ

    ދޮގުހަދައިގެން ފިތުނަފަސާދަ އުފައްދާފައި މަތީ މަޤާމެއް ލިބުނީމާ އެ މަޤާމަށްޓަކަށް ދީނަށް ފުރައްސާރަކުރާ މީހާގެ ކުރިމަތީގައި ކުޑަކަކޫޖެހިފައި އިންނަ މީހަކަށްވުރެ ފަސޭހައިން އަނިޔާވެރިވާނެ މީހަކު ނުހުންނާނެ!

    38
    1
  3. ޢަޒްރާ ޢަލީ

    ޢިއްޒަތްތެރި މަނިކުފާން ރައްޔިތުންނަށް އަނިޔާވެރި ނުވެ ހައްގުތައް ހޯދައިދޭނެ ކަމަށް ތިޔަ ވިދާޅުވަނީ ކޮންކޮތަކަށް ތޯ؟ މޮޔައެއްގެ އަތަށް ކަނޑިއެއް ދީފަ ދެން ހޯދައިދެވޭނީ ކޮންޙައްގެއްތޯ؟

    35
    1
  4. ނަައީމް

    ބަލަ ކޮންއިރަކުންހޭ ހޯދާދެނީ ކަލޭ ތިޔަހެން ނުބުނާ ހަމަ އެންމެ ދުވަހެއްވެސްނުދޭ ކަންކުރެވޭނެ މާހައުލެއްނެތީމާ ދުރުގަހުރެބަލަ ވިސްނާ ރައްޔިތުން ކޮންމެވެސް ދުވަހަކުން ގާނޫނު ހިފައިގެން ކަލެޔާއި ހަމައަށްވެސް ދާނެކަން. ކަލޭބުނީ އައްނިއަށް ވާގިވެރިވާ ކޮންމެމީހަކީ ކާފަރެކޭ ފަރންޖީއެކޭ ކިޔާފަ އައްނިއަށް އެހީތެރިކަމާއި ސެކިއުރިޓީ ތިބަލަހައްޓަނީވެސް ހަމަ ކަލޭ މިވެސް ކަލޭ އެހެން ބުނެފަ އޮތީމާ ސަރުކާރުން ރާވައިގެން ކަލޭގެ ބުނި ބަހުގެ ފެންވަރު ބަލަން ކުރިކަމެއް އެކަމިންވެސް ރައްޔިތުންނަށް އެގިއްޖެ ކަލެޔަކީ ރަނގަޅުމީހެއްނޫންކަން

    27
    2
  5. ެ1ެ3ރ5

    އަނގަފަޅާފި ދިނަށް ފުރަށްސާރަކުރަމުން ދާއިރު މީހާގެ އަނގަޔެއްނެއް ތައްބާދާފަހުރި އެއްޗެކޭއެގޮތް ތިޔައީ ލާރިޔާއި ފައިސާއަށްވިކި ބޫތަކެވިފަ ތިބޭ އަންހެނުން ހިތިއާތުން

    26
    1
  6. ޓަކަފިރޯށި

    އިމްރާނޫ ކަލެއަށް އެބަގޮވާ މޯޑީ!

    25
    1
  7. ފުތާ

    އަހަރެންގެ އުމުރަކީ 17 އަހަރު. އަހަރެން ކައިވެނި ކުރަން ބޭނުންވާ ކުއްޖާގެ އުމުރަކީ 15 އަހަރު. އިސްލާމީ ޝަރީޢަތުން އަހަންނަށް މިޙާލަތުގައި ކައިވެނި ކުރުން ﷲ ހުއްދަ ކުރައްވާފައި އޮތްވާ އެކަން އަހަރެންގެ ފުށުން ނިގުޅައިގެން، ނޫނީ ކަލޭމެންނަށް ނާންގާ ކުރީމަ އަހަރެން 10 އަހަރަށް ޖަލަށް ލީމަ އަނިޔާވެރި ނުވެ ކޮބާ؟ ކަލޭމެންނަކީ މިބިންމަތީ ފާޅުވެފައި ތިބި ބޮޑެތި އަނިޔާވެރިންކަން އަހަރެން ހެކިވާނަން. އަދި ޤިޔާމަތް ދުވަހުން ކަލޭމެންނާ ދެކޮޅަށް އަހަރެން ﷲ ގެ ޙަޟުރަތުގައި ޝަކުވާ ހުށައަޅާނަން.

    19
    1
  8. ަަަފަަަަަހަަރި

    ހައްލިބޭނީ މަހުޝަރައްދު ވަހުން

    20
    1
  9. ނަމަ

    އިމްރާން އަހަރެމެން މިތިބީ ތި ހައްޤުތައް ލިބި ނިކަމެތިވެ ވަޒީފާ ގެއްލި ހަދާނެ ގޮތް ހުސްވެފައި. ދެން އިތުރަށް ތިބުނާ ޙައްޤުތައް ބޭނުމެއް ނޫން.

    29
    1
  10. ކާފަބޭ2020

    އަނިޔާވެރިނުވެ އިންސާފުހޯދާދޭނެނަމަ ރައިއްޔަތުންނަށްޓަކާ އަވަހަށް އިސްތިއުފާދެއްވާފަ ރައިއްޔަތުންގެކިބައިންނާއި ހައްދަވާގެންގުޅުއްވާﷲއަށް ތައުބާވެފާފަފުއްސަވާތޯ ގިނަގިނައިންދަންނަވާ ސޭކުއިމްރާނުން ޝޭޚްއިމްރާނަކަށް އުޅުމާގުޅުންބަދަލުކުރަށްވާ ވިއްދައިގެންތިޔަހުންނެވިކައްތިރި ނައްޓާލަށްވާ ބޯކޮށްސަލާމް!

  11. ތާކިހާ

    ޖާހިލަކަށް ޖަވާބުދިނުމެއްނެތް# އިނގޭތޯ

  12. އަލީ

    އމްރާނުމެން ކޮންތާކުން ހޯދި ފައިސާ އަކުންތޯ ފުލެޓުތައްގަނެ ބޮޑެތި ވިޔަފާރި ތަކުގަ އަޑިއަޑިން ބައިވެރި ވެގެ ހިންގާ ޖަރީމާތައް ރައްޔތުންނައް އެގޭ ބޮޑެތި ހަގީގައްތައް ކުއްލިއަކައް މާލޭގަ އެންމެ ފިހާރައެއްހިންގި ބަޔަކު ބޮޑެތި ޝޮޕިންސެންޓަރު ކިއާވަރުގެ ފިހާރަތައް ހުޅުވަމުން ގެންދަނީ ކޮންބަޔަކު ގެ ފައިސާއިން ކަން ....

  13. ފަޓާސް

    "އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމަ ހިތަށް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން." ޢަޅުގަނޑުވެސް ހިތަށްއަރާ ﷲ ގެ ކުޅަދުންވަންތަކަން . ޢެދުވަހު އަތުކޮޅަށް ދަމާލާފައިދެއްކި ކަރުދާސް މިއޮތީ ހެކިކަމަށް ވިދާޅުވެފައި މިއަދު ބާރުވެރިކަން ލިބުނުދުވަހު އެހެކި ދައްކަން ނުނިކުންނެވީމާ. ޢަދި މިއަދު ތިޔަވިދާޅުވާ އަދީބުގެ މައްސަލަ ނިންމެވިއިރު އަދީބު އެޚިޔާނާތުން ނެންގެވީ ކިހާފައިސާއެއްކަންވެސް ތަޙްޤީޤުކުރި ފުލުހުންވެސް ފަނޑިޔާރުމަނިކުފާނުވެސް ދައުލަތުގެ ބަންޑާރަ ނައިބުވެސް އަދީބުކައިރީ އަހާލާފަނެތީބާ. ގައިމުވެސް އަދީބު ހުރީ މިކަމަށްވެސް އެއްބާރުދޭންކަމަށް އަދީބު ބުނެފައިވޭ. ޢިމްރާނުމެން ދީނީ ލޭބަލް އަޅުވައިގެން ރައްޔިތުން ކުރިމައްޗަށް ނުކުންނާނެ ކަމެއްނެތް. މިހާރު ތިހުންނެވީ ތަޙްޤީޤު ޚިޔާނާތުގައި ބައިވެރިވެވިފައި. ޢަދީބުއަތުން ދައުލަތަށް ލިބުނީކޮން އެއްޗެއްތޯ. ޢަދީބުގެ އަތުގައި ޚިޔާނަތުގެ ފައިސާ ނެތީކަމަށް ނިމުނީ. ޢެފައިސާ ސަރުކާރުގެ އިސްބައިވެރިންވެސް ނަގާފައި ނެތީކަމަށް ހަދަން ކަން މިހިރަ މިރަ ފެންނަނީ

  14. އަލިފުޅު

    ޑރ. އަފްރާސީންގެ އަށް އިންސާފް ނުހޯދާދީ ތިޔަހުންނަވަނީ ކީއްވެތޯއެވެ.ހުރިހާހެއްކަކާއި ގަރީނާއެއްފޮރުވައިގެން ޖަވާބު ދާރީ ވާންޖެހޭ ދުވަހެއް އަންނާނެ

  15. އަހުމަދު ލަތީފް

    ޢިމްރާން އަށްވެސަ އިމްރާންގެ ޕާޓީއަށްވެސް ފައިސާލިބުނު