ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާ އާއި މުއާމަލާތު ކުރި ކަމަށް ބުނެ މަޖިލީހަށް އޮޅުވާލާފައި ނުވާނެ ކަމަށް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ތަކުރާރު ކުރައްވައިފިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ދެއްވި މައުލޫމާތުތަކުގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށް ބުނާ މައްސަލައިގައި މިއަދު ބޭއްވި ސުލޫކު ކޮމިޓީގައި އަމީން ވަނީ ތަކުރާރުކޮށް ވެންޓިލޭޓަރު ގެނައުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ޑަބްލިއުއެޗްއޯ މެދެވެރިވިކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް މިނިސްޓަރު އަމީން ހާޒިރުކޮށްފައިވަނީ ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ވެންޓިލޭޓަރު ގަތުމުގެ މައްސަލައިގައި މަޖިލީހަށް މިނިސްޓަރ އަމީން ކުރިން ފޮނުއްވި މައުލޫމާތުގައި، ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަށް ވެންޓިލޭޓަރުތައް ގެނެސްދޭން ހަވާލުކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ފާހަގަކުރައްވާފައިވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އެއީ ޑަބްލިއުއެޗްއޯއިން ލަފާ ދިން ކުންފުންޏެއް ނޫން ކަން ހާމަވެއެވެ.

އެހެންކަމުން މިއީ މަޖިލިހުގެ އިމްތިޔާޒުތަކަށް މިނިސްޓަރ އަމީން އަރައިގަނެފައިވާ މައްސަލައެއް ކަމަށް ފާހަގަކުރައްވައި، އެ މައްސަލަ އިމްތިޔާޒު އަދި ސުލޫކު ކޮމިޓި އަށް ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި އަމީން ވަނީ ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓަޓިވްއާ ދެކެވޭ ވާހަކަތަކަކީ ރަސްމީ މުއާމަލާތްތައް ކަމަށާއި އެއީ ފަރުދީ ހައިސިއްޔަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އެ ހާލަތުގައި އެއީ އަޅުގަނޑުމެން ފޯނުން ދައްކާ ވާހަކައަކަށް ވިޔަސް މެސެޖަކުން ވިޔަސް ސިޓީ ބިޓީ އެންމެ އެކަށީގެންވާ ގޮތެއްގައި ފޮނުވިފައި ނެތުމަކީ ޑަބްލިޔުއެޗްއޯ އާއެކު މަޝްވަރާ ނުކުރެވޭ ކަމަށް ބެލެވޭނެ ހެއްކެއް ނެތް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިޑް ކޮމިޓީގެ މަސައްކަތްތަކާއި ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާއި ހަވާލުކުރުމުގެ ކުރިންވެސް މިނިސްޓްރީގެ މުވައްޒަފުން ޑަބްލިއުއެޗްއޯ އާއި މުއާމަލާތުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ނުރައްކާތެރި ހާލަތަށް ތައްޔާރުވުމަށް ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ ރޭ ވަނީ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީ އޮފީހުން މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ތަނުން ނިންމީ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވުމަށެވެ. އެއީ 11 ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެއެވެ.

އޭސީސީން ފާހަގަ ކުރި ގޮތުގައި 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީ އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށެވެ.

މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާއި ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭރުކުރޭ

    ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ ވެންޓިލޭޓަރު ވަގު ބޭރުކުރޭ