ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލައިގައި ގޯސްތަކެއް ހަދާފައިވާކަމުގެ ހެކިތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުހޯދުނީ ނާގާބިލު ކަމުން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ފުރުއްވަމުން އަންނަ އާޒިމް މިގޮތަށް ވިދާޅުވެފައިވަނީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އާޒިމް ވިދާޅުވީ، އެ މައްސަލައިގައި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނުހޯދުނީ ތަހުގީގީ އިދާރާއެއްގެ ނާގާބިލުކަމުން ކަމަށެވެ. ނަމަވެސް ސާފުކޮށް އިނގޭ މިންވަރަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
Thah’geegee idhaaraaeh ge naagaabil kamun kuh saabithu kurevey varah heki nuhoadhunu namaves, saafukoh ingey min varah kan kan hingumun rayyithunge ithubaaru gelleykah hekithakeh beynumeh nuvaane.
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) October 20, 2020
ޕީޖީ އޮފީހުން އެމައްސަލަ އަނބުރާ ފޮނުވުމާއި އެކު، އެމްޑީޕީ ޕީޖީ ގްރޫޕްގައި މިއަދު ނެގި ވޯޓެއްގައި، އަމީނަށް އިތުބާރު އޮތް ކަމަށް ގިނަ މެންބަރުން ވޯޓުދެއްްވިއެވެ. ނަމަވެެސް އެމްޕީން މިހާރު ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮއި ހޯދައިގެންނެވެ.
މީގެއިތުރުންވެސް އޭސީސީގެ ފަސް މެމްބަރަކު މަގާމުން ވަކިކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް ހުށަހަޅާފައެވެ.
އޭސީސީގެ ތަހުގީގުތައް ގޮސްފައިވާ ގޮތާއި ގުޅިގެން އޭސީސީގެ މެންބަރުން ވަކި ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
ކޮމިޓީ ބައްދަލުވުމުގައި ހަސަންޓެ ވިދާޅުވި ގޮތުގައި، އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން އޭނާ ހުށަހެޅުއްވި ސަބަބަކީ އެ ކޮމިޝަންގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ހިނގި ކޮރަޕްޝަންގެ މައްސަލަތައް ވެސް ތަހުގީގު ނުކުރެވޭތީ ކަމަށެވެ.
ބަލަޢާޒިމް އަންހެނުންގެ ހަދާފައެހެރީ އެމްއެމްޕީސީގެލާރިންނޫންތަ އެކަންވެސް އޭސީސީން ސިއްރުކޮށްދީފައޮށްވަ ތިބާވަތުގެވާހަކަ ނުދައްކަވާ
އޭސީސީގެ ނާގާބިލުކަމުންތަ. އޭސީސީ އަށް ނުފޫޒު ފޯރުވުމުންތަ. ޕީޖީ އަށް ނުފޫޒު ފޯރުވުމުންތަ.
އޭސީސީ ގާބިލްނަމަ ހާދަ ހެއްކެއް ހުންނާނެއޭ ހާދަމައްސަލައަކުން ދިފާއުވާން އާޒިމް އުޅެން ޖެހޭނެއޭ. ފުލުސް އޮފީސް ރަގަޅު މަގަކުން ހިންގިއަސް އާޒިމް މިހާރު އޮންނާނީ ޖަލު ގޮޅީގައި. ރަލާ ވައްކަމާއި ޒިނޭގެ މައްސަލަތައް ފުނި ފުންޏަށް
އަހްމަދު ބަލަގަ އާޒިމް އަންހެނުންގޭގެ އެންމެ މަތީގައި އިންނަ ރާބޯ ބާރ ހަދާފައި އިންނަނީ އިންޑިޔާ ސޮޕޮންސަރގަައި ހިލޭ ކޮންމެ ހަފްތާއަކު ރާކޭހެއްވެސް ވައްދަދޭ ގޮތައްތަ؟
އާޒިމްތީ ތަސްމީން ޖީއެމްއާރު އަތުން ނެގި ލާރިކޮޅުން ވެސް ވައްކަން ކޮށްގެން ހުރި މީހެއް ކަމަށް ކިޔާ
އާޒިމް މައްސަލަނުހޯދުނީ ނާގާބިލްކމުންނެއްނޫނެވެ. މިސަރުކާރާކަލޭމެންގެ މަކަރުވެރި ވައްކަމުގެ ސަބަބުންނެވެ. އެއީ ޒީރޯޓޮލަރެންސޭ ކިޔާފަ ވައްކަންނުކުރާ ވަރަށް ތެދުވެރި ބައެއްކަން ދައްކަންކުރުވާކަންކަންއެއީ. އެހެންވީމަ އޭސީސީން ވެންޓިލޭޓަރު ތަހުގީގުކޮށް ޕީޖީއަށްފޮނުވާނެ ދެންޕީޖީން ފާސްނުވާނީއެވެ. ކޮންމެވެސް އެއްތާކުން އެކަމެއްނުވެ ރީދޫކުދިން ދޫވާނީއެވެ. މިޔަށްކިޔަނީ ދަޅަދެއްކުމެވެ.
ތިޔަ ވާހަކަ ގަބޫލުކުރާނީ އެމްޑީ÷ީގެ ބޮލުރޮދި ކެނޑިފަތިބި ބުރާންތިން... ވ ސަލާމް
އާޒިމް ކަލޭގެ ޕާޓީއުޅޭގޮތް ދެކިބަލަ ހުރިހާ މުއައްސަސާތަކުގެ އަގުވައްޓާލަން ލަދެއްނުގަނޭތަ މިހާރު ހެލްތު މިނިސްޓަރެއް ކަނޑައެޅީތަ ޔަމީނުގެ ކުށެއްނެތްކަން މިހާރު ޤަބޫލުކުރެވޭނެ ކަލޯ
ދެންވާނެގޮތަކީ.....
މިނިސްޓަރ އިތުބާރުނެތޭ ކިޔާފަ ހެލްތްމިނިސްޓަރ ވަކިކުރުން
އޭސީސީ ތަހުގީގުކަމުނުދާތީ އެތަނުގެ މެމްބަރުން ވަކިކުރުން
މެމްބަރުން އައްޔަންކުރިގޮތް ކަމުނުދާތީ..ރައިސް ސޯލިހުވެސް ވަކިުރުން.
ހުރިހަކަމެއްއެނގޭ ބޮޑު މޮޅު ގަދަ ބެފުޅާ ކެނެރީގޭ ރަސްގެފާނު އައްޔަންކުރުން.
ކޮއްކޯ މާ އަނގަގަދަވީމަ ފަޟީޙަތްދެއްތޯވަނީ...ބޯކޮން ސަލާމް