މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފިއެވެ.

މިއީ ސަރުކާރުގެ ވަޒީރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިސްތިއުފާއަށް ގޮވާލި ފުރަތަމަ ފަހަރެވެ. މިނިސްޓަރު މަލީހް، މެންބަރު ބޮންޑާގެ އިސްތިއުފާއަށް ގޮވާލިއިރު ބޮންޑޭ އަކީ އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރެވެ.

މިނިސްޓަރ މަލީހް، މެންބަރު ބޮންޑޭގެ އިސްތިއުފާއަށް ގޮވާލީ ރައްޔިތުންގެ އެދޭ ކަންކަން ނުކޮށްދީ މިނިސްޓަރ މަލީހަށް ވަޒީރުކަމުގައި ހުރުމުގެ ހައްޤެއް ނޯންނާނެ ކަމަށް ވިދާޅުވެ މަލީހްގެ އިސްތިއުފައަށް ބޮންޑާ ގޮވާލެއްވުމުންނެވެ.

ބޮންޑޭއަށް ރައްދުދެއްވާ މިނިސްޓަރ މަލީހް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި މިނިސްޓްރީ އާއި މަތިކޮށްފައިވާ ކަންކަން "ތުނޑުން ތުނޑަށް" ކުރިއަށް އެބަދާ ކަމަށެވެ. "އެސްއޭޕީގެ ތަފްސީލް ބޮންޑާ އަށް ނޭނގުމުގެ ޒިންމާ މިނިސްޓީން ނަގާކަށް ނުޖެހޭނެ." މަލީހް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހިގެ ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށާއި މަޖިލީހުން ވަކިކަމެއް ކުރަން އަންގާފައި ވެސް ނުވާ ކަމަށެވެ. "ވާނުނވާ ނޭންގުމުން އިސްތިއުފާ ދޭން ޖެހޭނީ ބޮންޑާ." މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު މަލީހްގެ ޓްވީޓްގައި ވަނީ އެސްއޭޕީގައި އޭނާގެ މިނިސްޓްރީ އާއި ހަވާލު ކޮށްފައިވާ ކަންކަމާއި އެކަންކަން ކޮށްފައިވާކަން އަންގައިދޭ ލިޔުމެއްގެ ކޮޕީ ވެސް ހިމަނުއްވާފައެވެ.

https://twitter.com/maleehjamal/status/1318591488289251328

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްވަމުން ބޮންޑޭ މިއަދު ވިދާޅުވީ އިންޓަނެޓާއި އެނޫންވެސް މުވާސަލާތީ ކަންކަމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހެޅި އެގަރާރު މަޖިލީހުގެ ތަޅުމުން ފާސްކުރުމުންވެސް މިނިސްޓަރު މަލީހު އޭގެން އެއްވެސް ކަމަކަށް އަމަލުކުރައްވާފައިނުވާ ކަމަށެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ ސަރުކާރުގެ މުހިއްމު ވައުދަކަށް ވާއިރު އެވައުދު ނުފުއްދޭކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް ސީނިއާ މެންބަރުން ދޭތެރެ ދޭތެރެއިން މަލީހަށް ފާޑުކިޔައެވެ. ނަމަވެސް "ވަގުތު" އަށް ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަނެޓް އަގުހެޔޮ ކުރުމާއި ގުޅޭ ގޮތުން ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާކަމެއްކޮށް އެމައުލޫމާތު ވަނީ ރައީސް އޮފީހާއި ހިއްސާ ކޮށްފައެވެ.

އިންޓަނެޓް އަގުހެޔޮ ކުރުން މިހާރު ލަސްވަމުން ދަނީ ސަރުކާރުން ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަން ބޭނުން ނުވާތީއެވެ. އިންޓަނެޓް އަގުހެޔޮ ކުރަން ސަރުކާރުން ނިންމާފައި ވަނީ 2023 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދަރި

    އަމިއްލައަށް މިބައި މީހުން ހަލާކު ވެ ދާނީ ކުރީ ސަރުކާރަށް ވުރެ ހުތުރުކޮށް ފަޅި އަޅާ ހަލާކު ވާނީ އެކަކު އަނެކަށް ކަރު ހިފާ މާރާމާރި ވެސް އަދި ހިންގާނެ ބަލަން ތިބޭ މަޖިލީހުގައި ތިޔަ ކުޅި ރަނގަޅަށް އެބަފަށަން އުޅޭ އެއް މުއްސަސާ އަނެއް މުއައްސާއަށް ކޯޅެނީ ވަޒީރުން މެންބަރުންނާ ކޯޅެޭނީ އެމް ޑީ ޕީ މަޖިލިސް މެންބަރުން އެކަކު އަނެކަކަށް ރައްދު ދެނީ މިފިލްމް ނިމޭނީ ވަރަށް ސަޅިކޮށް ..... މާތް ﷲ ގެ ކުޅަދުން ވައްތަކަން ދެކޭށެވެ. ހައްގަށް ނަސްރު ލިބޭނެ މިގައުމު ދެކެ ލޯބިވާ ރަނގަޅުދީންވެރި ވެރިއަކު 2023 ގައި އިންތިހާބު ކުރެވޭނެ އިންޑިޔާއަކަށް އެމެރިކާ އަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ މައިކް ޕޮންޕޭ އާއި މޯދީ ވެސް ބަލިވެ ހަލާކު ވާނެ ބަލަން ތިބޭތި....މައުމޫން މެންގެ ކުޅިވަރު ވަރަށް ވުރެ ހުތުރުވާނެ

    40
    1
  2. ޓަކަފިރޯށި

    ރަނގޅު މަލީހު ބަރާބަރަށް ކޮޅުދޮށިން ދީފަބަހައްޓާ! ނުކިޔަވާ ބޮންޑެ އިބުރާހިމުމެން ކުޑަކުރޭ!

    39
    3
  3. ކަނަމަނަ

    ބޮންޑާމެންކަހަލަ ނުކިޔަވާތިބޭމީހުނައް މެމްބަރުކަން ލިބުނީމަ ސައިޒް އޮޅި އަގައިދެއްކޭވާހަކަނެއެގޭ ހިސާބައްވެސްދާނެ އެއަކީ ހައިރާންވާންޖެހޭކަމެއްނޫން

    40
    2
    • ޜަނާ

      ތިޔައީ ހަމަ ރޭވުމަ ކުން ހިންގާ ކަން ކަން އަމީނަށްފަހު މަލީހް ރީދޫ ކުލަ ނުޖެހޭ ހުރިހާ މީހުން ވަ ކި ކުރާނެ

  4. ބެއްޔާ

    އެހެންވީމާ ސަރުކާރުން ބޭނުމެއްނުވޭ އިންޓަނެޓް އަގުހެޔޮކުރާކަށް. މިނިސްޓަރުގެ ވާހަކައިން އެކަން ސާފު. ކޮބާ ރަނުންރަނަށްވި ވައުދު. މިހާރު ތުނޑުން ތުނޑަށް ބަދަލުވީ. ރިޔާސީވައުދު ޗޮކުން ފެރީއާއެއްވަރުތާ. އެވެސްބުނި މަހަކު 2 ދަތުރުއެޅާނަމޯ.

    11
  5. ފައްލަންބޭ

    ސާބަހޭ ބޮންޑާ ތިވަރުގެ މެމްބަރަކު ނެތް! މިމިނިސްޓަރުންނަށް ހީވަނީ ކޮންމެ ގޮތަކަށްވެސް ކަންތައްކޮށްފައި ގޮނޑި ހޫނުކުރަން ތިބެވިދާނެކަމަށްތަ؟؟؟ ނޫން ނޫން އެހެން ނުތިބެވޭނެ.

    4
    8
  6. ސސ

    އިންޓަނެޓަކީ އަސާސީ ޚިދުމަތެއް، އަގުހެޔޮ ކުރުން ނޫން ގޮތެއް ނޯންނާނެ. މަލީހު ދަނޑު ހެއްދުމުގަ ވަރަށް ފޯރި އެބަހުރި ދޯ

  7. ސސސ

    2023 ވަނަ އަހަރު؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
    މި ފަސްއަހަރަށް ވީ ވައުދު އަނެއް 5 އަހަރުގެ ވައުދަކަށް ބަދަލު ވީތޯ ؟؟؟؟؟؟؟؟

  8. ގައުމީ ލޯބި

    އެމްޑީޕީ ނޫން ހުރިހާ މީހުން ޚާއްޞަކޮށް އެމީހުން ރުޅިއަންނަ ކެބިނެޓް މީހުން ވަކި ކުރުމުގެ ސިލްސިލާ ރޭވުމެއް މިއީ،

    ވެންޓިލޭޓަރ އަކި އަސްލު ރޭވުމެއް ޑަބަލިއު.އެޗ.އޯ ގައި އުޅޭ އިންޑިޔާ މީހަކު ނަޝީދުގެ އޯޑަރަށް އަބުރާލި ގޭސްގަނޑެއް.. އަދި ކޮންމެވެސް ދުވަހެއް އަންނާނެ "އެފަނި އެޅުވީ އަހަރެން" މިހެން ބުނާނެ.

    މީގެ 2 މަސްކުރީން އެމްޑީޕީން ނިންމި ކޮންމެ ހާލެއްގައިވެސް "މިކަން ކުރާނަން! ސާފުކުރާނަން"

    އެބުނާ ސާފުކުރުމަކީ އެމްޑީޕީ ނޫން މީހުން ކެބިނެޓްއިން ބޭރުކުރުން ކަން މިފެންނަނީ

    ދިވެހީން ނިކަން ވިސްނަބަލަ..

    10
  9. އިންސާފު

    މަލީހަށް ދަންނަވަން، ބަސްނުވިކޭ ދޯންޔެއްގެ ދިރުބާ ކޮޅުގައި ހުރެ މޮޅު ވާހަނުދައްކާ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ.

    5
    1
  10. އައިސީޓީން

    ސާބަހޭދަރިއާ ވީލަވްޔޫ. އަޑުގަދަކޮށްގެން ރުއްގިނަކުރާ ބަގައަށް ބަލާނުލާ ގައުމާއިގެން ކުރިއަށް.

    6
    2
  11. ޖ

    މިމީހުންގެ ކޮންމެ ކަމެއް ޖަމަލު ފޮޑިއަށް ޗޮކުން ފެރީ ކޮބައިތޯ ޝާހިދާ ސުވާލު ކޮށްލަބަލަ
    ކޮަބައިތަ އިނޑިޔާ ސަފީރު ސުދީރު ....

  12. ޖާހިލު ބޮންޑާ!

    ކޮބާ ޖާހިލު ބޮންޑާ އަށް ބޮނޑި ލިބިއްޖެނު! ތަޢުލީ މީހުންނާ، ޖާހިލުން ޖެހިގަތީމަ ނަތީޖާ ފިސާރި ހަބޭސް ވާނެ!

  13. ފެކްޓް

    ޑީއަރ ބޮންޑު
    އެމްޑީޕީއަށް، މިސަރުކާރަށް އެންޑީޕީގެ މަޖިލީހަށް ޒިންމާ އަދާކުރެވޭތީތޯ 2 އަހަރުވީ އިރުވެސް، ބަޔަކު އަޅާދީފައުރި ފްލެޓްތަކަށް މީހުން ނުވެއްދިގެން އުޅެނީ.
    ނުވާތީތޯ ނުވަތަ ނުކުރެވޭތީތޯ ނުވަތަ ބަޔަކު ގަސްތުގައި ނުކުރަނީތޯ.
    ނުވެހުރި އެންމެ އަސާސީ ކަންކަމުގެ ވާހަކަ ކީއްވެތޯ ނުދައްކަނީ.!
    ތިގޮތައް ރައްޔިތުން ވާނުވާގަ ބައިތިއްބައިގެން އުޅެން ސަރުކާރުތަކުން ދިމާކުރަނީ. މީ ތާރީހު. މިއީ ފެންނ މަންޒަރު. ހުސް ވަގުން. ރަގަޅު އެންމެ އެއްޗެއްވެސް ހަރާން

  14. މުއްލާ

    އިންޓަނެޓްގެ އަގުހެއުކުރަންވީ ވަޢުދު ނުފުއްދޭކަން ހަނދާން ކޮށްބަލަ. މަލީހޫ. އިބޫ، ބޮންޑާ.. މީކީ ވަކި މީހެއްގެ ބޮލުގަ އަލުވަން ޖެހޭކަމެއް ނޫން.. ކަންކޮށްބަލަ.. ހަމަ މިހާރު ވަޢުދު ފުއްދާ! ވަޢުދު ފުއްދާ! ވަޢުދު ފުއްދާ!