ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުން ކުރިން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަން ޖެހިފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި ހިނގި ހަމަނުޖެހުން ދައްކުވައިދޭ ފޮޓޯއަކާއި މަޖިލިހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ގެ ފޮޓޯއެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްމީ ފަންނާނުންނާ މަޖިލީހުގެ މެންބަރުން ޒާތީނުވެ، އެ ބޭފުޅުން ދޭ ލަފާ ހޯއްދަވައި ގަބޫލުފުޅު ކުރައްވަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ތަޅުމުން ބައެއް މެންބަރުންގެ ފަރާތުން ފެންނަ އަހްލާގީ މިންގަނޑު ދަށް އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޖިލިސް މެމްބަރަކަށް ވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭ. ޖާހިލުންގެ ފަރާތުން މުޖްތަމައު އަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރަންޖެހޭ، ޒާތީ ނުވެ ސްކޯލަރުންގެ ލަފާ ހޯއްދަވާ،" ޖަމީލު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެއެވެ.
މަޖިލިސް މެމްބަރަކަށްވުމުން މަގުމަތީގައި އުޅުނު ގޮތް ދޫކޮށްލަން ދަސްކުރަންޖެހޭ. ޖާހިލުންގެ ފަރާތުން މުޖްތަމަޢުއަށް ލިބޭ އުނދަގޫތައް ފިލުވައި، ލިބިފައިވާ ހުނަރުގެ ބޭނުން ހިއްޕަވައި ވައްކަމާއި ފޭރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަންޖެހޭ!ޒާތީނުވެ ސްކޯލަރުންގެ ލަފާ ހޯއްދަވާ pic.twitter.com/zQp0zhLqid
— Mohamed Jameel Ahmed (@MJameelAhmed) November 25, 2020
ޖަމީލުގެ އެ ޓްވީޓްގައި މެންބަރު ހަލީމްގެ ފޮޓޯއެއް ހިއްސާކުރައްވާފައިވާއިރު މަޖިލީހުގައި މެންބަރު ހަލީމް ދައްކަވާ ވާހަކަތަކަށް ވަރަށް ގިނައިން އާންމުންގެ ފާޑުކިއުން އަމާޒުވެފައި ހުރެއެވެ. ދާދި ފަހަކުން ވެސް މެންބަރު ހަލީމް ވަނީ ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ 30 އަހަރުގެ ދިގު މުއްދަތަކަށް "މުދިމަކު" ވެރިކަން ކުރެއްވުމަށް ކަމަށް ވިދާޅުވެފައެވެ. ހަލީމް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކުގައި މެންބަރުން ދައްކަވާ ބައެއް ވާހަކަތަކަށް އާންމުންގެ ފާޑުކިއުން އަމާޒުވެއެވެ. ތަޅުމުގައި މެންބަރުންގެ މެދުގައި ހަމަނުޖެހުުން ހިންގުމާއި ތަޅުމުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ ކުރީގެ މަޖިލިސްތަކުގައާއި މި މަޖިލީހުގައި ވެސް ފެންނަ މަންޒަރެކެވެ.
މެމްބަރުން ރަންގަޅުވާނީ ތި މަޖިލީސްގެ ރައީސް އަކަށް ތިހިރަ ގަމާރު ރަންގަޅު ވެގެންތާ؟ ހީވާކަހަލަ މަޖިލީސް އަށް އަންނައިރުގަވެސް ހުންނަނީ ހިންދުކޮޅުގަޔޭ،،،،،،،
ތިޔަ ޖަމީލު ތިއީ ރާއްޖޭގަ ކޮން މަޤާމެއް ފުރިމީހެއްކަން ހަދާން އެބަހުރި ބާވައެވެ؟ އެންމެ ފުރަތަމަ ޖަމީލު ތިބުނާގޮތް ދޫކޮށްލުމަކީ މާބުއްދިވެރި ގޮތެކެވެ. ތިމާ އެހެން މީހުނަށް ގޮތް ކިއާނީ ތިމާ ހަމައިގާ ހުރެފައެވެ.
ހަލީމް އެއީ ކަނޑު ކޮހެއް ، ހަލީމް އެއީ މަރުކޮހެއް.ވ.ވެދުން