ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވުމާއި ގުޅިގެން، އާއިލާއަށް އެ ކުންފުނީގެ ފަރާތުން ތައުޒިޔާ ކިޔައިފިއެވެ.
ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ ކޮކާކޯލާގެ އެމްބެސެޑަރެއްވެސް މެއެވެ.
އަދި ޑރ.އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެވެ.
ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ.
ކޮކާކޯލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ.
"ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާންތަކަށް ބައްލަވާއިރު، އޭނާއަކީ ވަޑައިގެންނެވި ކޮންމެ ތަނަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވި، މުޖުތަމައުގެ ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެއް. އަދި އެތައް ރައްޔިތުންނަކާއި ވިޔަފާރިތަކެއް ކުރިއަރައިގެން ދިއުމަށް މަގު ތަނަސްވަސްކޮށްދެއްވި ވިސްނުން ތޫނު ބޭފުޅެއް". ކޮކާކޯލާ އިން ބުންޏެވެ.
ޑރ.އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވިއެވެ.
މަރުހޫމް ޑޮކުޓަރު އިބުރާހިމްމަނިކަކީ ހިތްހެޔޮ މަޑުމައިތިރި ރިވެތިއަހުލާގެއްގެ ވެރިއެށް މަރުހޫމުއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރަށްވާ އާއިލާޔަށް ކެތްތެރިކަން ދެއްވާށިއެވެ އާމީން.