އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތެރިޔާ ކަމުގައި ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ ހުރިހާގެ ވެރިންގެ އަތުގައި ވެސް އަދީބު ބެއްސެވި ހިޔާނާތުގެ ފައިސާ ހޭކިފައި ހުރި މިންވަރު ބޮޑު ކަމުން ކަމށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި ވަނީ އަދީބުގެ ސިއްރު ބަޔާނެއް މީސް މީޑިއާއަށް ލީކްވުމުންް ހަމާވެފައިވާ ބައެއް ކަންކަން ހިމެނޭ ހަބަރެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ. އަދި އަދީބު ގޭބަންދަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދަން ޖެހިފައިވާތީ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމުން ޝާއިއުކޮށްފައިވާ ހަބަރެއް ވެސް ހިއްސާ ކުރައްވާފައިވެއެވެ.
ދިޔާނާ ކުރެއްވި އެ ޓްވީޓް ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ ވެސް އޭނާ ބެއްސެވި ކަޅު ފައިސާ އަތުގައި ހޭކިފައިވާ މިންވަރު ބޮޑުކަމުން ކަމަށެވެ. އަދި އެ ހިޔާނާތުގައި ޝާމިލް ނުވާ ސިޔާސީ ވެރިޔަކު ހުންނެވި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދިޔާނާ ވިދާޅުވެފައިވެއެވެ.
"ފަނޑިޔާރުން ވަކި ކުރަން ފައިސާ ދިނީއޭ، އަދީބޭ، ހިޔާނާތޭ، އިރުއިރުކޮޅާ ވިދާޅުނުވޭ، ތިޔަ ހިޔާނާތުގައި ޝާމިލްނުވާ ވެރިއެއް ތިޔަ ތަނަކު ނެތް،" ދިޔާނާގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު، އެ ހިޔާނާތް ތަހުގީގުކޮށް ދައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަށް ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވިއެވެ.
މި ސަރުކާރުގައި ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަނީ ވެސް ރިޔާސީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ޖޮއިންޓް ކޮމިޝަނެއްގެ ގޮތުގައެވެ. އެކަމަކު މައްސަލަ ތަހުގީގު ލަސްވުމުން އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.
މިހާތަނަށް ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އިތުރު ބަޔަކަށް ދައުވާ ކޮށްފައި ނުވާއިރު ހިޔާނާތުގެ ބައިވެރިންގެ ނަންތައް ހާމަ ކުރަމުން ދާނީ ދައުވާ އުފުލާ މަރުހަލާގައި ކަމަށް އިދާރާތަކުން ބުނެއެވެ.
އެ ފައިސާ ދިޔާނާގެ އަތުގައި ހޭކުނުނަމަ ބުނާނީ އަޅެ ފަހެ ކީކޭ!
ރަގަނޅު ވާހަކައެއް!! ހެހެ ކާކު އެެއްބަސްވާނީދޯ މިހާރު! އެކަކުވެސް އެއްބަހެއްނުވާނެ!! ޙަގީގަތަކީ އެމްއެމްޕީއާރުއެސްގެ ޚިޔާނާތުގެ ފައިސާގެ ބޭނުން އޭރުގެ ސަރުކާރުގެތެރެއިން އަދީބު ބޭނުންކުރީ ހުރިހާކަމެއްކުރަން!! އެއީ އޭރު ބޭނުންވާ ގޮތަށް ބިލްތައް ފާސްކުރުމުގަޔާއި އެކިއެކި ސިޔާސީ ޑިލްތައް ހެދުމަށް!! މިކަން ކުރުމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހުރިހާ ވެރިންނަށާ އެޕާޓީތަކަށް އޭރު ނިސްބަތްވި ގިނަ މަޖްލިސް މެމްބަރުންނަށާ މިހާރު އެއުޅޭ ބައެއް މެމްބަރުންނަށް ލިބުނު!! މިއީ ޙަގީގަތަކީ!! ދެން އަދީބާ ޒިޔަތާއެކު މިހާރުގެ ސަރުކާރުން އެއްބަސްވުންތައް އެކުލަވާލާ ޑީލްތައް ހަދާ އެމީހުންނަށް ލުއިދީގެން އެއުޅެނީ މިދެމީހުންގެ އަނގަ ބަންދުކޮށް މިސަރުކާރުން ބޭނުންވާގޮތަށް އެމީހުންގެ ބަޔާންތަކާ ވާހަކަތައް ބައްޓަންކުރުވުމުގެ ބޭނުމުގައި!! އަދި އޭރު ބުރޯ ބޭނުންވިގޮތަށް ޑީލްތައް ހަދަން ނަޝީދާ އެޕާޓީގެ އިސް މީހުން އެެއްބަސްވީ އޭނަގެ ޖަލު ޙުކުމުން ސަލާމަތްވުމުގެ މަތިވެރި ޑީލްއާއެކު!! އެކަންވެސް ކުރިއަށް ދިޔައީ ބްރޯ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައިގެން!! އެމްއެމްޕީއާރުއެސްގެ ޚިޔާނާތުގެ ފައިސާގެ ބޮޑުބައެއް އޭރު އިދިކޮޅު ޕާޓީގައި ތިބި ނަޝީދަށާ އިބޫއަށާ އެޕާޓީގެ ބައެއް އިސް މީހުންނަށް ލިބުނުކަމީ މިހާރު ބަޔަކު ޝައްކުކުރާ ކަމެއްނޫން!! މި މީހުންގެ ނަންތައްވެސް އަދީބުގެ ބަޔާންތަކަށް ތިލަވިޔަނުދޭން އަދީބާއެކު ހަދާފައިވާ ޑީލްގެ ވާހަކަ ކުރިން މިދެންނެވީ!! މިޑީލްތެރެއިން މިމީހުންގެ ސިޔާސީ ވާދަވެރިޔާ އަދި އަދީބުގެ ދުޝްމަން ޔާމީންއަށް އަނިޔާކުރަމުން ގިއްގަޅުވަމުން އެގެންދަނީ!! މިހާރު ހުތުރުކޮށް ކުރާ ކަންކަން އަދި ތިލަވެ ހާމަވާނެ ދުވަސްވެސް އަންނާނެ!!
ދިޔާނާގެ ވާހަކައަށް ތާއީދު
އަދީބަކީ ތެދުވެރި އިޚްލާސްތެރިއެއްނޫން، އޭނައަށް އެތައް 100 އހަރަށް ޖަލަށްދާންޖެހެތީ ބައްޔޭ މެޝިނޭ، ބޭހޭ ކިޔަނީ އެއީ ހެކިބަސް ދީ އަދި އެޤަބޫލުކުރަން ހެޔޮވެސް ނުވާ ވަރުގެ މީހެއް
އެންމެ ގިނަ ފައިސާ ލިބުނީ އެއިރު އެންޑީޕީ ޕީޖީ ލީޑަރައް މީހަގީގަތަކީ އެވާހަކަ ދައްކަފާނެތީ އަދީބު ދޮންފުތު ހައްދާގެން މިއުޅެނީ..
އޭނަ ދޫކޮށްލީ ހެޔޮ ނިޔަތުގަ ކަމަށްވާނީ
ޢެހެންވީމާ އެއީ މައްސަލަޔެއްނޫން
ތެދަކައްވާނީ
ކަލޭ ފިރިމީހާ އަތުގަ ހުރީ ދެންކޮންތާކުން ނެރުނު ފައިސާއެއް ދުނިޔެކެވޭނީ މަކަރާ ހީލަތުން..
ބަލަ ވެރިންގެ އަތުގައި ހޭކޭނެތާ ދިޔާ ތިޔަބުނަނީ އަމާނާތްތެރިކަމާއެކު މައުމޫނަށް ރިސްވަތުގެ ފައިސާ ހަވާލުކުރި ވާހަކަ ވިއްޔާ
ވެރިކަން ބަދަލްކުރަން ރިސްވަތުދިން މީހަޔާ ރިސްވަތު ހިފި މީހާ އިގިއްޖެބާ ދިޔާނާ ކޮބައިބާ އެންދެރިމާގެ އިން ނެރުނު ކަޅުފޮށި ؟
އަދީބު ގެއަށްބަދުލު ކުރުމަކީ ބޮޑުޖަރީމާ ފޮރުވަން ހިންގި ކޮރަޕްޝަންގެ އަމަލެއް. މިސަރުކާރުގައިވެސް ކަޅުފައިސާގައިޖެހިފައިވާ މީހުން ތިބީތީ އެކަން ފޮރުވަން ހިންގި އަމަލެއް.
ކޮންކަހަލަ ވެރިންނެއްތޯ؟ ރިސޯޓްތަކުގެ ވެރިންކަމަށްވަންޏާ ޖާބިރުގެ އަތުގައިވެސް ހުންނާނީ ހޭކިފާ. އެހެންނޫންތޯ؟
ދިޔާނާ އަތުގަ މީހެއްގެ ފައިސާ ޖެހޭކަށް ދިޔާނާ ބެނުމެއްނުވާނެ ޖާބިރަކީވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހެއް ﷲގެ އިރާދަ ފުޅުން ދިޔަނާގެ ފިރިމީހާއަށް ތަނަވަސްކަން ވަނީ ދެއްވާފަ
ކަނބުލޮޔަށް ތިޔަވަރުގެ ރަގަޅު ވާހަކަޔެއް މީން ޒަމާނަކުވެސް ނެތް ބުނެވި ފަޔެއް ތިޔައީހަމަ
100%ގެ ވާހަކައެއް ވަރަށް ތާއީދު
މިކަހަލަ މީހުން ދައްކާ ވާހަކަ ނުލިޔަބަލަ..ދޭތެރެއަކުން މީނަވެސް އެބައުޅޭކަން ދައްކަންވެގެން ބޭކާރު އަނަގަތަޅަނީ..ރަގަޅު މީހެއްނޫން މީނަމީ..
ވާހަކަ ރަގަޅު. ނަމުން ސޯލިހުކިޔަސް އޭގެ މާނައަކީ ސޯލިހެކޭ ނޫން
ދިވެހިން ބުނެއުޅޭނެ އަތުގާ އުނގުޅޭ އެއްޗެއް ދަތުގާ އުނގުޅޭނެތޭ. އެއީ ރަނގަޅު ވާހަކައެއް.
ހަމަ ވަރަށް ރަނގަޅު ވާހަކައެއް މީހަކު ނަހަދާނެ ތިޔަށްވުރެ ބޮޑު ތެދެއް
މިއަންދާ ގާނޫނު ވަގުންގެ ސަރުކާރު