ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މީގެކުރިން ނިިންމި ނިންމުމުން މިއަދު ބާތިލުކޮށްފިއެވެ.

ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ގެނެސްދީފައިވާތީއެވެ.

ރާއްޖެޓީވީގެ ކޯ ފައުންޑަރ އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ)މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެޓީވީ ނުހައްގުން ކުރި އެންމެ ބޮޑު ޖޫރިމަނާކަމުގައިވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ބޭއިންސާފުން ކުރި ޖޫރިމަނާއެއް ކަމަށް މައްސަލަ ރިވިއު ކުރުމަށްފަހު މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"ރާއްޖެޓީވީން މި ފައިސާ ބޭނުމެއް ނުކުރާނެ، މި ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް، ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު". ސައްލެ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢWaހWahuރ

    ކޮންމެ ބަޔަކުވެސް، އައިސް އެބައެއްގެ އައުވަނުންނަށް ހުރިހާ މޮޅެއް ހޯދައިދޭ.. ކުރާ ކަންކަން ނުކުރާ ކަމކަށް ހަދައިދޭ.. އެކަަމަކު އާންމު ރައްޔިތުން ތިބޭނެ އާއިލާ މީހުން ކަތިލާންވެސް ތައްޔާރަށް

    49
  2. އިންސާފަށް

    ކުޑަކުދިންގެ ހިޔާއަށް ފައިސާ ހަދިޔާކުރަން ނިންމުމުން އުފާކުރަން

    5
    5
  3. އ . ޖ . އ

    ﷲ އަށް ހަމްދު ހުރި

    4
    3
  4. ބަކުރު

    ސައްލޭ ކަލޭމިހާރު ހޫރަމުން ހިނގިއަސް މާބޮޑުކަމަކައް މިސަރުކާރަކައް ނުވާނެ. ކަލޭމެންގެ މުއްލާބުނީ ކަލޭމެންނަކީ ފިތުނަ ފަސާދަ އުފައްދާ ބައެކޭ

    4
    1
  5. Anonymous

    އަމިއްލަ ވެރިކަމުގަ ފައިސާ ހޯދާނެ ގޮތް ގޮތް ހުހެއް ނުވާނެ. ތިފައިސާގެ ދަހިވެތި ކަމުގަ ޖެހޭނެ އެތައް ބަޔަކު ތިބޭނެ.

    5
    1
  6. ލާދީނީ އަންނި

    އަހަރެމެން ބޭނުން ގޮތެއް މިގައުމައް ހަދާލާނީ.