ހަތަރު ރަށެއްގެ އެއާޕޯޓު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެެއްގައި ވަނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ބ. ތުޅާދޫ، ތ. ވިލިފުށި، ށ. ބިލަތްފަހި އަދި ހދ. މަކުނުދޫގައި އެއާޕޯޓު ތަރައްގީކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެެރިކަން ފާޅުކޮށް ހުށަހަޅާ އިރު، އެއް ލޮޓަށްވުރެ ގިނަ ލޮޓަށް ޝައުގުވެެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެެފައެެވެެ.
މިމަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މިމަހުގެެ 31 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަަަމަށް އެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެެ.
މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިކަމަށް ޝައުގުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން ފެބުރުވަރީ 15ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް މިނިސްޓްރީޏް އެދެއެވެ.
ސުބްޙާނަ ﷲ! ކީއްކުރަން ބ އަދި ތ ގައި އިތުރު އެއާޕޯޓު އަޅަނީ! ބޭކާރު ޚަރަދު! ބޯހަލާކު! އެކެމަކު އެކުދިންނަށް ފަސޭހަ ވާނެތީއުފާކުރަން.
ބ. ތުޅާދޫގަވެސް އެއާޕޯޓް. ސުބުހާނައްﷲ. ކީއްކުރާ ކަމެއް. ގޮއިފުޅަ ފެހެންދޫގަ މާރަނގަޅުވީސް ތިކަންކުރަން ވިސްނިނަމަ.
އެ އަތޮޅުތަކުގެ އެއަރޕޯޓްތައް ފެރެގެން ބަނޑުންވީކަން ނޭގެ!
،، ރާއްޖޭގެ ބިންކޮޅު ހުސްނުކޮށް ސީޕްލޭން ދަތުރުތައް ކުރުން ރަނގަޅީ
ރަށްފުށުގައި އެއަރ ޕޯޓު އަޅައިގެން މ،ަތިންދާ ބޯޓު ގެ ދަތުުރުތައް ބޭއްވުމަކީ އެމް ޑީ ޕީ ގެ ފިކުރާ މުޅިން އިދިކޮޅު ކަމެއް. ނަމަވެސް ރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް ޔާމީންގެ ދުރުވިސްނުމުން އެކަނށް ފެއްޓެވީތީ ހިތާ ދެކޮޅަސް ނަމަވެސް އެކަން ކުރަން މަޖުބޫރުވެފައިވާތީ އެޔާރޕޯޓް އެޅުމުގެ މަސައްކަތް އެ ފެށީ
ދަރަވަންދޫގެ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓް އަޅަން ފެށީ ކޮން ދުވަސްވަރެއްގަ ތޯ ބަލާލުން ރަނގަޅު. ރަށް ރަށުގައި އެއަރޕޯޓް އަޅަން ފެށީ އެ ދުވަސްވަރު
އިންތިހާބު ކައިރިވީ
ތިޔަށްވުރެންމާރަނގަޅުވާނެ ސީޕްލޭންޖައްސާގޮތަށް ހެދިއްޔާމް މިދިޔަ ޑިސެންބަރުމަހު މާލޭންހަނިމާދޫ އަށް އައި ފުލައިޓުން ފުލްކޮންމީހުންއައި އަހަރެންމާލެ އައީ ހަނިމާދޫމަގުން ފުރަތަމަ ހަނިމާދޫން ބޯޓް ދިޔައީ ހޯރަފުއްޓަށް އެންމެ ބޮލެއް ގޮވައިގެން ހޯރަފުށިން މާލެ އައީ ތިންބޯ ގޮވައިގެން ދެންޖިހޭނީ ގެއްލުމުގައި މި އެއަޕޯޓްހިންގަން އެންމެ ރަނގަޅުގޮތަކީ ހުރިހާ ރަށަކަށްވެސް ސީޕްލޭނުންދަރުކުރެވޭގޮތަށް ހަމަޖެއްސެވުން
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
މީ ކިހިނެއްވެގެންއުޅޭ ބައިގަޑެއްތަ؟ކޮންމެ ދެރަށަކުން އެއްރަށަކު އެއަރޕޯޓް އަޅަން.މިހާރު އަޅާފައިއޮތް އެއަރޕޯޓް ތަކުގެ ޚިދުމަތްނުދެވިގެން އުޅޭއިރު އަނެއްކާވެސް އެއަރޕޯޓް.މިނޫން އެހެންކަމެއް ކުރަން ނޭގެނީތަ؟ވޯޓް ހޯދަން ސިޔާސީ ގޮތުން ކުރާ ކަމެއްތަ؟