އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު މަރާލަން ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯއެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައްކައިފިއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ދައްކާފައިވަނީ މި ވީޑިއޯއެވެ. ޔާމީނަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ސީޑީގައި ހުރި ފުޓޭޖު ދައްކުމުގެ ހުއްދަ ދައުލަތަށް ވަނީ މައްސަލަ ބައްލަވާ ގާޒީ ހުއްދަ ދެއްވައިފައެވެ.
އެ ވީޑިއޯއިން ފެންނަނީ ލިފްޓް ދޮރުހުޅުވޭ އިރަށް އެ ލިފްޓުން ނުކުތް ދެ މީހުން ވެގެން ޔާމީން ރަޝީދަށް ހަމަލާ ދިން މަންޒަރެވެ. ލިފްޓުން ނުކުތް އެކަކު ހުރީ ނޫ ކުލައިގެ ގަމީހަކާ އެކު ތިރިން ފަޓުލޫނެއް ލައިގެންނެވެ. އަނެކަކު ހުރީ ގޮޅި ޖެހި އަތް ދިގު ގަމީހެއް ލައިގެންނެވެ.
އެ ދެ މީހުން ލިފްޓުން ނިކުތް ގޮތަށް ލިފްޓުގެ އިންތިޒާރުގައި ހުރި ޔާމީން ރަޝީދުއާއި އޮޅުލައިގަތް މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އެއިން އެކަކު ގައިގައި ފައިން ޖަހަން ޔާމީން މަސައްކަތް ކުރި ތަން ފެނެއެވެ. އެކަމަކު އެ ދެ މީހުން ވެގެން ޔާމީން ބިންމައްޗަށް ވައްޓާލައެވެ.
އެ ވީޑިއޯ ނަގާފައިވަނީ ލިފްޓެއްގެ ތެރޭގައި ހުރި ކެމެރާއަކަށް ވުމުން އެ މީހުން ޔާމީން ގަޔަށް ވަޅި ހަރާ މަންޒަރު ސާފުކޮށް ފެނިފައި ނުވެއެވެ. އަދި ލިފްޓްގެ ދޮރު ލެއްޕުމާއި އެކު އެމަންޒަރު ވަނީ ކެމެރާއަށް ފޮރުވިފައެވެ. މި ވީޑިއޯއަކީ ސީސީޓީވީ ފުޓޭޖެއް ކަމުގައިވެއެވެ.
މީގެ އިތުރުން ދެވަނައަށް ދެއްކި ވީޑިއޯއިން ފެންނަނީ ކުރިން ވީޑިއޯއިން ފެނުނު ދެ މީހުން ގޮސް ސްޕެޓިއުލާގޭގެ ސިޑި ކައިރީގައި ހުރި ސީސީޓީ ކެމެރާ އަނބުރާލި މަންޒަރެވެ. އެ ކެމެރާ އަނބުރާލީ ހައިޝަމް ކަމަށް ދައުލަތުން ތުހުމަތު ކުރާއިރު އޭނާގެ ފިންގާ ޕްރިންޓް ވެސް ކެމެރާއިން ނެގި ކަމަށް ދައުލަތުން ވިދާޅުވެއެވެ. އަދި އެ ދެ މީހުން ވެގެން އެ ގޭގެ ބޮކި ނިއްވާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުލަތުން ދެއްކިއެވެ.
ވީޑިއޯތަކަށް ރިއާޔަތް ކުރުމަށްފަހު ދައުލަތުން ތުހުމަތު ކުރައްވަނި ޔާމީން ރަޝީދުގެ ގާތިލުންނަކީ މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލް އާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު ކަމަށެވެ.
ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހަ މީހެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ހަ މީހުންނަކީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްއެވެ.
ބަލަ ފުރަތަމަ ތިޔަ ބުނަނީ ދެ މީހުންނޭ ހަމަލާދިނީ، ނިންމާލަމުން އެބަބުނޭ ދައުލަތުން 6 މީހަކަށް "ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުން" މި ދައުވާ ކުރެޔޭ! ކީކޭ ދެންފަހެ ބުނާނީ
ވަޅިހެ ރުމުގަ ބައިވެ ރިވީ ދެމީހުން ކަމުގަވިޔަސް އެކަން ހިންގާ ޜޭވުމުގަ ބައިވެ ރިވި ހަމީހުންގެ ވާހަކަ އެބުނަނީ
މަ ރު ކޮމިޝަނުން ހޯދި އިތު ރު މަައުލޫ މާތެއް އެބަ އޮތްބާ
ރައީސް ޔާމީން އެތާހުރިތަ؟
އެގޮލާ އެބަ އޮތް ޖަލުގަ
މިގޮލާގެ ބޮސް ގޯލާ އޮތީ މަޖިލީހުގަ ސޮނިބާލުވަން. ދެން އޮތް ބޮސް ކޮށްދޭ ކޮމެންޓަކަށް ކަރުނަޔެއް ބާލުވަދެޔޯ.
ކުށެއްނެތް ބަޔަކު ހައްރުކޮއް އެމީހުންނައް އަނިޔާކޮއް ބިރުދައްކާއިން ވެސް ދޮގުބުހުތާނުވާހަކލަދައްކާއިންވެސް ކޯއްޗެއް ހަދާނަމޭ ހިތާތަ ތި ތެޅެނީ.. ޖަލުގަ ބައިތިއްބައިން އަނިޔާކުރުމަކީ އެމީހުން އެކަން ނުކުރާކަމުގެ ހެއްކެއް
ހަހާ، އިންތިހާބު ބޯމަތިވީމަ ސިންޕަތީ ވޯޓު ގޭމް ޖައްސަނީ ދޯ؟ ހެހެހެ. ރީތި ބައްޔަކުން ބަލިވާނެ މިފަހަރު.
ރިހާކުރު ފުޅި ނެގިމީގހާ 6 އަހަރަށް ޖަލައްލީމަ އިންސާފު ލިބުނީ. ބޮޑެތި ކުށް ކުރާމީހުންނަށް އަދަބު ދެވޭތަނެއް ދުވަހުކުވެސް ނާދޭ. މީ ރާއްޖެ ޝުކުރިއްޔާ ޤައުމު
ތަރައްޤީގެ ބާނީ އެތާ ހުރިތޯ؟