އައިޖީއެމްއެޗްގައި ރޭ ނިޔާވި މީހެއް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން، އަނެއްކާ ވެސް ބައްޔަށް ފައްސިވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗް އީއާރަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ އުމުރުން 78 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ފައްސިވެފައެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ވަނީ އެމީހާއަކީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ރޭ ފަތިހު އޭނާ ވަނީ ވަޅުލައިފައެވެ.

ދެ ވަނަ އަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެސް އައިޖީއެމްއެޗް އީއާރަށް ރޭ ގެންދިޔަ މީހެކެވެ. އެމީހާ ނިޔާވެގެން ކޮވިޑް-19 އަށް ޓެސްޓް ހެދި އިރު ވަނީ ބައްޔަށް ފައްސިވެފައެވެ. އުމުރުން 59 އަހަރުގެ އަންހެން މީހާ މިއަދު ހެނދުނު ވަޅުލި އިރު، އެއީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ކަނޑަނާޅައެވެ.

މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި ދެ ވަނަ މީހާއެވެ.

ރާއްޖޭގައި ފަހަކަށް އައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. މިދިޔަ މަހުން ފެށިގެން މިހާތަނަށް އައިއިރު، ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯލް ކުރެވިފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ދަނީ ފައްސިވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލި ޖެހުނު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި 57 މީހުން ވަނީ ނިޔާވެފައެވެ. ބަލި ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށެވެ.

އޭގެ ތެރެއިން ތިން މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 2،300 އަށް އަރައިފައެވެ. މިއީ ރާއްޖޭގައި ބަލި ފެތުރުނު ފަހުން ރިކޯޑެކެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މީހުން ބޭރަށް ނުކުތުން މަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރޭތީ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސީދު

    ލޮކްޑައުން އަކައްދާންފެނޭ

  2. ފާތުމާފުޅު- ހިރިލަންދޫ

    ނަޒުލާ - އަޅެ އެކޮއެ މިހާރު ތި ގެންގުޅޭ ޓެސްޓް ކިޓުތައް ހާދަ ފައްކަލޭ ދޯ ، ޤައުމުގެ ރައީސް ބޭނުން ވެލީމާ ޕޮޒިޓިވް ވާ މިންވަރު އިތުރުކޮށްލާވިއްޔާ ، އިދިކޮޅު މީހުންގެ މުޒާހަރާ ކުރާވަރަކަށް އިތުރުވަނީ ، އިބޫ ކަލޭގެ ނަސީބު އެއީ ކޮވިޑް ޓެސްޓް ކިޓްތައް އެހެން ނޫންނަމަ މިހާރު ވެރިކަން ދޫކޮށްލާތާ ކިތަންމެ ދުވަހެއް ވެއްޖެ.

    12
    2
  3. ަސދަސދ

    ޚާއްސަ ހުއްދަ މިހާރުވެސްދޭތަ ؟
    އެހުއްދަ ދިނީމާ ރަށްރަށަށްގޮސް މީހުން އެއްކޮށްލައިގެން ކެފޭތަކުގެތެރޭގައި މާސްކްނާޅާ ތިބޭވާހަކަ އަޑުއިވޭ.
    ހީވާކަހަލަ އެހުއްދައޮތީމާ ކޮވިޑްނުޖެހޭނެއޭ!

  4. އަހްމަދު

    އަހަރެން ހިތަށް އަރަނީ މީނޫންބާވަ އޭ ސަރުކާރު ހަފުތާ އަކަށް ނަމަވެސް ބަންދު ކޮށްލަންވީ ވަޤުތަކީ.

  5. ފގފ

    ހައިރިސްކު މީހުން ކިޔޫގައި. ވީއައިޕީންނަށް ޖަހައިފި. އެކަމަކު ބުނީ ކީކޭ؟ ރަޖިސްޓަރީ ވާށޭ. ސިއްހީ ހާލަތަށް ބަލަފައި ހައިރިސްކު މީހުންނަށް ފުރަތަމަ ގުޅާނަމޭ އަންނަންވާ ގަޑިވެސް ބުނެފައި، އެއީ މީހުން ކިޔޫޖައްސައިގެން ބޮނޑިވެދާނެތިއްޔޭ!

  6. ގާސިމް.

    މީކޮންކަހަލަ ދޯދިޔާ ސަރުކާރެ އް އެއ އާޕޯޓު އަދިވެސް ބަންދުކުރާކަ އް ނުވޭތަ ތަންތަނުން ލާދީނީ މީހުންގެނެސް މުޅިރާ އްޖެ ހަލާކު ކޮ އްލަ އިފި މިހާރުވެސް ޔާމީނު މިނިވަންކޮ އްދޫކޮ އް ގަ އުމު ސުލްހަކޮ އް މިކަމުން ސަލާމަތްވޭތޯ އުޅެންވީނު ކިހިނެ އްވެފާތަ މިތިބެނީ ޔާމީނުގެ ހިޔާލާ މަސްވަރާ ނުހަނު މުހިންމު މިކަމުން އަރަ އިގަތުމަ އް