އައްޑޫ ސިޓީގައި މިހާރު އުފެދިފައި އޮތް އޭވިއޭޝަން އިހަލުން މިއަދު އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މީހާ ފައްސިވެފައި ވަނީ ހިތަދޫންނެވެ.

މިއަދު އިތުރު މީހަކު ފައްސިވުމާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ.

މިއީ ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި އިހަލެވެ.

މީގެ އިތުރުން، ހުޅުމީދޫ އެމްޓިސީސީ ސައިޓުން ފައްސިވި މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

މިއާއެކު އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 62 އަށް އަރާފައެވެ.

މިހާތަނަށް އައިއިރު، މި އިހާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު