މާލޭގެ އާސަހަރާއާއި ބެހޭގޮތުން ޗެނަލް13 އިން ނެރުނު ރިޕޯޓު މާލޭ ސިޓީ ކައުންސިލުން ކުށްވެރި ކޮށް، އެ ޗެނަލާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އިއްޔެ ޗެނަލް13 އިން އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކީ ހަޤީގަތް ބެލުމެއްނެތި ނޫސްވެރިކަމުގެ މިންގަޑާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާގޮތަށް އާއްމުކޮށްފައިވާ އަސާސެއް ނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ނެރެފައިވާ ދޮގު ރިޕޯޓެއް ކަމަށެވެ.
އެ ޗެނަލުން މާލޭ ސިޓީގެ ކައުންސިލަރުންނާއި ރައްޔިތުން ޖެހޭ ގޮތަށް އަދި ކައުންސިލް ބަދުނާމުވާ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ހިމަނައި ދޮގު ރިޕޯޓެއް ނެރެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ އެފަދަ ނޭއްގާނީ މަސައްކަތް ކުރުމަށް ޗެނަލް13 އިން ނެރެފައިވާ ރިޕޯޓަކީ އެކައުންސިލުން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ބަޔާނުގައި ވަނީ ބުނެފައެވެ.
"ޗެނަލް13 ގެ މިއަމަލު މާލެ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީގެ ރައްޔިތުން އިންތިހާބުކޮށް ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކު ކުރާ މަސައްކަތަކާއި ބެހޭ ގޮތުން އެއްވެސް ފަރާތަކުން މައުލޫމާތު ހާމަކުރާނަމަ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބުންގެ ބަސް ހޯދަންޖެހޭއިރު، މިފަދަ އެއްވެސް ބަހެއް ހޯދުމެއް ނެތި މަކަރުވެރި ގޮތެއްގައި ދޮގު މައުލޫމާތުތަކެއް ފެތުރުމަކީ އެޗެނަލުން ކޮށްފައިވާ "މުޑުދާރު" އަމަލެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިއީ ކޮވިޑް-19ގެ ނުރައްކާތެރިކަން އިންތިހާއަށް ފެތުރެމުންދާ މި ދަނޑިވަޅުގައި މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުންދާ މާލޭ ސިޓީ ކައުންސިލްގެ ޖަމާއަތްތެރިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އަދި މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އެޗެނަލުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ ޚައްޞާސް ކަންތައްތަކާއި ބެހޭގޮތުން ހަޤީޤަތާއި ޚިލާފު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއްސަސާތަކަށް ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.
މަހަށް ދޭބަލަ.
މިހާ ރުވެސް ރައްޔިތުންގެ ބަހެއް ނެތި 100 ކައުންސިލަ ރުން ހޮވިއްޖެޔޯ. އެމީހުންވެސް ނެ ރޭނެ ބަޔާން ތިމަންމެންމީ ރައްޔިތުންގެ ހޮވުމޭ. ބަޓް ހަވް
ތިހާއަވަހައް ދެފަޔައް ހިނިއަރައިގެމް ބަޔާނެއްނެރުނީމަ ހާދަހީވެޔޭ ގޯހެއްއެބައުޅޭހެން
ކަލޭމެންގެ ސަރުކާރު އައިފަހުން ރޭޕްކުރުން ނޫން ކަމެއްނެތް ވައްކަން ފޭރުމާއި ރޭޕްކުރުން ބަތާޙަރާމީ
މި މީހުން ކުރާ ވައްކަން ރައްޔިތުންނާ ހަމަ އައް ގެނެސްދޭ ހަމަ އެކެނި ޓީވީ ޗެނަލް އަކީ އެއީ..
ފިޔަވަޅު ނޭޅުމައް އާދޭހާއެކު ދަންނަވަން..
ވަގުން އެންމެ ޖެހިލުންވާ، ސިހޭ ޗެނަލް އަކީ އެއީ..
ޥައްކަން ކޮއްގެން ނިމިގެން ހަމަޖެހިލައިގެން، ގެޔައް ގޮސް ޓީވީ ހުޅުވާއިރައް އެކުރި ވައްކަން ކުރިގޮތާ ބައިވެރިންނާއެކު ޗެނަލް13 އިން ކިއައިދޭ...
ދެން ކިހާ ރުޅިއެއް އަންނާނެ !؟! ޙެހެހޭ
ވަރަށް ސާފް، ޔާމީން ވެރިކަމްގަ އަހަރުން ބަލާނީވެސް ބެލީވެސް ރާއްޖެޓީވީ
މިހާރު ވެރިކަމުގަ ހުރީ އެމްޑީޕީ، މިހާރު އަހަރުން ބަލާނީވެސް، ބަލަނީވެސް ޗެނަލް13
އޭރެއްގަ އޮންނަ ސަރުކާރެއް ގަންނަ ގަނޑު އެނގޭނީ އޭރުން. ޗެނަލް13 ރޮކްސް.. ފިޔަވަޅު އެޅިޔަސް ފަހަތައް ނުޖެހޭތި..
ސިފާމެން ކުރާ ވައްކަން ރައްޔިތުންނައް ކިއަދޭތީ ރުޅިއައިސްގެން އެއުޅެނީ..
ޗެނަލް13 ހަމަ ހަބޭސް.. ކުދިންނޭ ވަގުން ކިއާއެއްޗަކައް ބަލާނެ ކަމެއްނެތް، ކަލޭމެން މަސަތްކައް ކުރިއައް ގެންދޭ
މިހާރު އެންމެ ގިނަ މީހުން ބަލަނީ ޗެނަލް13..
ހަޖަމް ކުރޭ
ފިޔަވަޅު އަޅަންވީ ރާއްޖެޓީވީ އަކައްނު
އައިލަވް ލަވް ޗެނަލް13
އައިލަވް ލަވް ޗެނަލް13.. ކީޕްއިޓް އަޕް ގައީސް
ޗެނަލް 13 އަށް ފިޔަވަޅު އެޅިޔަސް ކަލޭ ވާނީ ހަމަ ވަގަކަށް.
ފިޔަވަޅު އަޅައިގެން ނުވާނެ. މިއީ ޑިމޮކްރަސީ. ޑިމޮކްރަސީގަ ދައުލަތް ވީދައިގެން ކެއުން އޯކޭ ފަދައިން ފްރީޑަމް އޮފް ސްޕީޗް އޮންނާނެ. ޑިމޮކްރަސީއަށް ގެންލުން ދެންޏާ ޔޫ.އެންއިން އަސްކަރީ ހަމަލާދެވޭނެ. އެއީ ޔޫއެން ޗާޓަރގައި ބުނާގޮތް. ކޮންގޯއަށް ހަމަލާދިނީވެސް އެތާނގެ ތިކަހަލަ ވެރިން ޑިމޮކްރަސީއަށް އިހާނާތްރެރިވުމުން.
ރާއްޖެ ޓީވީ އުވާލާ ދޮގުފަތުރރާ ޔަހޫދީ ޗެނަލްއެއް އެއީ.
ވަގުން ހިންގާ މާލޭ ސިޓީ ކައުންސިލް.އުވާލާ!
މާލޭ ސިޓީ ކައުންސިލަކީ ކޮރަޕްޝަން ހާއްޔެއް. ސިޓީ ކައުންސިލް އުވާލާ. އެތާނގެ ވެރިން ހައްޔަރުކުރޭ.
މުނާފިގު ޓީވީ ޗެނެލު ގަނޑު އަވަހަށް ބަންދު ކު ރޭ!
ޑިމޮކްރަސީއާ ދެކޮޅު މީހެއްތަ މިޝިފާއަކީ. ޑިކްޓޭޓަރުން މޮޑަންއޭޖުގައި ބައިތިއްބަންޖެހޭނީ ތެލިދޮންނަން.
ފިޔަވަޅު އަޅަންވީ މަސްއޫލިއްޔަތު އަދާނުކުރެވޭތީ ސިފާއަށް ޗެނަލް13ގެ ކުށަކީ ކޮބައިތޯ ކުރާވަށްކަން ބޭޒާރުކޮރާތީތޯ؟
ތިމިހާ ރު އެކުސްޕެއާ ރ ވެގެންގޮސްފަހު ރި ނައްތާލަން ތިލަފުއްޓައްނުގެންދެވިފަ ހު ރިއެއްޗެއް މީތިވަ ރަށް ސާފްއެހެންނޫންތޯ
މަާލެޭސިޑިީކައުންސިލް ބަންދުކުރުން މަާރަގަޅުވަާނެ
މީނަރާޓީވީއައް އަރާގޮވިހަނދާނެތުނީތަ އެމްޑީޕީ މެންބަރުން ސިޔާސީމައިދާނުން ބޭރުކޮއްފަ ހުރިފަރާތެއްތީ އަދިތިމަގާމުގަ ހުރީރައްޔިތުން އިންތިހާބުކޮއްގެނެއްނޫން ދެންކޮންފިއަވަޅެއްއެޅޭނީ ދެންރައްޔިތުން ފިއަވަޅު އަޅާނީ އިބޫއާދޭތެރޭ ތިމާޕާޓީމީހުން ކަމަކައްގޮވާލާއިރައް ކުރާނަމަ ވޯޓައްވުރެ ބޮޑުފިއަވަޅެއްނެއެޅޭނެ އެއީރައްޔިތުންގެ ބާރު އިބޫ ބޭރުކުރަން ވޯޓްދޭންތައްޔާރައްމިތިބީ މުއީޒް އައް
އެޖެންޑާ19 ހާދަ ހުތު ރޭ
މިރޭ ވަރަށް ކުއްލިގޮތަކަށް ކެފޭއެއްގައި ޗ13 ގެ މީހުން ސައިބޯން ތިއްބާ ފިޔަވަޅު އަޅައިފި.
ބުނަން ތީ ޖުހާ ދޯ ތިއަށް ވުރެ ރާޓީވީއަށް ފިޔަވަޅު އަޅަން މާރަގަޅު ޝިފާއަކީ ހިޔާނާތްތެރިއެއް ކޮރަޕްޓްމީހެއް މުޅި ގައުމުވެސް މިކިޔަނީ މިހެން ދެން ބުނޭ ގައުމަށް ފިޔަވަޅު އަޅާށޭ
ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލުން މޭޔާރ ޝިފާ ގޮވާއިރު ހިތައް އެއްވެސް އެއްޗެކޭ ނާރާތައް؟ ޝިފާއަށް ދައުލަތުން ދީފައިވާ ކާރު ކޮޅަށް ދުވާލެއްގެ މައްޗައް ދައުލަތުގެ ފައިސާއިން ކިތައް ރުފިޔާ ހޭދަކުރެވޭތޯ؟ ނިކަމެތި ރައްޔިތުންނަށް ބިކަކޮށް އެތައް ބަޔެއްގެ ބޯހިޔާކަމުން ނިގުޅައި ގަތުން އެއީ މައްސަލައެއް ނޫން؟ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްޤުތަކުން ނިގުޅައި ގަންނަށް ބަޔަކަށް މިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނަން. ސަރުކާރުގެ އަދުވެރިކަން ގެއްލި ދިވެހިރައްޔތުން ވެރިކަމާ ހަވާލުވާންޖެހޭ ވަގުތު އައިސް ޖެހިއްޖެއް. ދިވެހިރައްޔިތުންގެ ޤާނޫނޫ އާސާސީ ތަންފީޒުކުރުމުގެ ދިވެހިރައްޔިތުން އަރާހަމަކުރާނެ. ވަރަށް ސަލާމް
ވައްކަމާ ޚިޔާނަތް ފަޅާ އަރުވާތީ އޮބިނޯވެގެންތަ ޗެނަލް 13 ބަންދު ކޮށްލަން ޖެހެނީ.