ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 204 އެޕާޓްމަންޓަށް ހެދިގޮތެއް އެމްޕީއެލް އިން ނުވަތަ ސަރުކާރުން އަދިވެސް ސާފުކޮށްދީފައި ނުވާތީ ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް އެކަން ފާހަގަ ކުރައްވައިފިއެވެ.
އެމްޕީއެލް އިން 204 ފްލެޓް ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް "ވޮއިސް" ނޫހުގައި ރިޕޯޓް ކުރުމުން އެމްޕީއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޚަބަރު ގެނެސްދީފައި ވަނީ ހަޤީޤަތް އޮޅޭގޮތައް ކަމަށެވެ. ނަމަވެސް އެ 204 ފްލެޓް ވަނީ ވިއްކާލާފައިކަން ނުވަތަ ނޫންކަން އިއްޔެ އެމްޕީއެލް އިން ނެރުނު ބަޔާނުގައި ވެސް ސާފުކޮށް ދީފައެއް ނުވެއެވެ.
އެމްޕީއެލް އިން އިއްޔެ ނެރުނު ބަޔާނާއި ގުޅިގެން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން އެމްޕީއެލްއަށް ތިޔަ ބިން ތަރައްގީކުރުމަށް ހަވާލުކުރީ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށްފައި ކަމަށާއި ނަމަވެސް އެމްޕީއެލްއިން އަޅަމުންދާ އިމާރާތުގައި ހަދާފައިވާ އެއްކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދިގޮތެއް އެމްޕީއެލް އިން ނުވަތަ ސަރުކާރުން އަދިވެސް ސާފުކޮށްނުދޭ ކަމަށެވެ.
އެމްޕީއެލް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ފްލެޓްތައް މިހާރު ހުރީ ގާތްގަނޑަކަށް ނިމެން ކައިރިވެފައެވެ. އިމާރާތް ނިމި ފްލެޓްތަކަށް މީހުން ވަދެވެން ކައިރިވެފައި ވަނިކޮށް އެއިމާރާތުގެ ފްލެޓްތައް ކުރިން ލިޔުން ލިބިފައިވާ ފަރާތްތަކަށް ނުލިބޭނެކަން އިއުލާން ކުރުމާއިއެކު ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ހައުސިންގ މިނިސްޓްރީއިން އިއްޔެކުރި އިޢުލާނުގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018 ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓް ކަމަށެވެ.
ސަރުކާރުގެ މިނިންމުމާއިއެކު ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 1،585 މީހެއްގެ ފްލެޓް ވަނީ ގެއްލިފައެވެ.
މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި ތިން ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.
އެއްކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ އެއް ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ސަރުކާރުގެ ދަށުވެފަ ތިބީމާ ކިހިނެއް ސާފުކޮށްދެވޭނީ، ކީއްކުރާނީ ޤައުމުގެ އަދުގެ ހާލަތު
ވިލިނގިލި ދާއިރާޔަ ހޮވިފަ ހުރި މީހާ ވިލިގިލީގެ ކަންތަކާ ބެހިބަލަ.... ވ ކަޓު މީހެއް... އަމިލަ ޝެއާ ގެ ދަށުން ހިނގާ އާރް.ސީ.ސީ ގެ ވަކީލަކަ ހުރެ ހަރާމުން ހަރާން ކަންތަ ނުވީމަ ބޭރު އަރުވާލި މީހަކު މިއުޅެނީ މާމޮޅޮ ވަކީލަކަ ވެގެން،،،
މަޖިލީހަށް ހޮވުމަށްފަހު އޭނާ މަސައްކަތްކުރަންޖެހެނީ މުޅި ރައްޔިތުންގެ ޙައްޤުޤަ، ބަޔަކުމީހުން އޮޅުވާލައިގެން ވާހަކަދެއްކިއަސް މަޖިލިސްގެ މަފްހޫމްއަކީ އެއީ، އެހެންކަމުން އެމަނިކުފާނު އެދައްކަވަނީ އެމަނިކުފާނުވެސް އަދި އެހެން މެމްބަރުންވެސް ދައްކަވަންޖެހޭ ކަންބޮޑުވުން ފާޅުކުރަންޖެހޭ ކަމެއްގެ ވާހަކަ.
އެމްޕީއެލް އެކަނިތަ ސްޓެލްކޯ ފްލެޓްތަކަށް ހެދިގޮތެއްވެސް ބަލަން ވެއްޖެ ހުރިހާ ފްލެޓެއް ވިއްކާ ހުސްކުރީ ނުވިތާކަށް މުވައްޒަފުން އަތުން ތަންނުދީ ލާރިނަގަމުންދަނީ ނިކަން މިކަމާ ސްޓެލްކޯއާ ސުވާލުކޮއްބަލަ ޒުވާނުން މަޑުން ނުތިބޭ
ފުލެޓުތައް ފެންފޯއް ކޮންޕެނީ އައް އަގުހެޔޮކޮއް ވިއްކާލީ ޑީލެއްގެ ދަށުން
ހުސްވައްކަން ފޭރުން ނޫންކަމެއް ނޭވާހޮޅިން ވެކްސިންވެސް ހަގީގަތް ހަމަ ކުރަން ނުކެރުނު ރަނގަޅަށް ވިއްޔާ ލާރިގަނޑެއް މަޅާލީ މިހާރު މިހިރީ ދެކޮޅުންކާ ވެނެއްތަ ބޭރުން ގައުމު ވިއްކަގެން ނަގާ ލޯނުވެސް މަޅާލަނީ ރައްޔިތުން ފެލާގެން ސްޓިކާ ޖޫރިމަނަކޮށް ނަގާ ލާގަނޑުވެސް މަޅާލަނީ ތަންތަނުގެ ވެރިންނަށް ލާފަތިބި އެކްޓިވިސްޓުން އެމީހުމްވެސް ޖެހުނު ގޮތަކަށް ދަމާގަނެ މަޅާލަނީ ހުސް ވަގުން ގައުކު ފަނާކޮށްލާފި
އެމްޑީޕީ މީހުންނަކީ ރައްޔިތުންނަށް ވެރިކަން ކޮށްދޭން ވެރިކަމަށް އަރާ ތިބި ބައެއްނޫނެވެ. އެހެނެއްކަމަކު އެއީ ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާފައި ލާރިކާން ވެރިކަމަށް އަރާތިބި ބައެކެވެ.
އެމްޕީއެލްއިން ހެދި ގޮތަކީ އެތާނގެ މުވައްޒަފުންނަށް އެ ފުލެޓުތައް ވިއްކާލީ.. ރަނގަޅު ވިޔަފާރި އުސޫލުން ބޭރު މީހުންނަށް ވިއްކީއެއް ނޫން.. އެމްޕީއެލްއިން އެހެން ހެދީ ފަހި ދިރިއުޅުން ކޯޕަރޭޝަން ކިޔާފަ އުފެއްދި ދުއްތުރާ ކޯޕަރޭޝަނުން އެތަންތަން ދޫކޮށްލީކަމަށް އެންގީމަ..އެ މީހުންގެ މައްޗަށް ދަޢުވާ ކޮށް މޮ ނަދަލު ހޯދަން އެބަޖެހޭ..
އެމްޑީޕީ ފެންނުވަރާ ގުރޫޕައް ބައި އެޅީ.
ފްލެޓްދޮންބޭބެ މިހުރީ ހުރިހާ ފްލެޓެއް ކާލައިގެން. ފްލެޓްދޮންބޭބެގެ ބަނޑުހަރުކަމުން މިއުޅެނީ ބޭރުކޮށްނުލެވިގެން. ފްލެޓްދޮންބޭބެއަށް ބޮޑުގުންބާކޮށްގެން ނަމަވެސް ޖުއްލާބު ކައިގެން ނަމަވެސް ބޭރުކޮށްލެވޭތޯ އެބަބަލަން. ކައުންސިލް އިންތިޚާބުގެ ކުރިން އަދި ހައެއްކަ ދޮގު ހަދާނަން. ފްލެޓްދޮންބޭބެ ބުނާ ކުއްޖަކަށް ވޯޓުލާތި. އޭރުން މިކަން ވާނީ. ވަލްހަމްދުލިއްލާހި.