އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓު ލިބުނު ކަމުގައި ވީނަމަވެސް ވެރިކަމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އިދިކޮޅު ކޯޅިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ "ވަގުތު" އަށް ދިން އިންޓަވިއުއެއްގައެވެ.
2023 ގެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ކައުންސިލުން ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ޖަލުން މިނިވަން ނުވެއްޖެ ނަމަ އިދިކޮޅުގެ ކެންޑިޑޭޓެއްގެގޮތުގައި ނިކުންނަވާނީ ކޮން ބޭފުޅެއްތޯ ސުވާލުކުރެއްވުމުން އަދުރޭ ވަނީ އެކަމާއި އަދި ވިސްނަން ބޭނުން ނޫން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް ނެތް ވެރިކަމާއި ހަވާލުވާކަށް. އެއީ އެއް އިރަކުވެސް އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން. އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަޓަކީ ރައީސް ޔާމީން. ރައީސް ޔާމީން އެހާތަނަށް މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތް" އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރެން ތައްޔާރަށް އޮތްއިރު އެމަނިކުފާނު މިނިވަންވާނެ ކަމަށް ބަލައި އިތުރު ޕްލޭނަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި އެކަމަށް ޝައުގުވެރިވާ މެމްބަރުން ޕާޓީގައި ތިބި ނަމަވެސް ދެޕާޓީގެ ޖޮއިންޓް ކައުންސިލުން ނިންމި ނިންމުމަށް ހުރިހާ މެމްބަރުންވެސް އިހުތިރާމް ކުރާނެ ކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގައި ރައީސް ޔާމީނަށް ހިޔާނާތްތެރިވާނެ މީހެއް ނުހުންނާނެ ކަމަށެވެ.
ވެރިކަމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް އަދުރޭ ވިދާޅުވިއިރު ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އައި ދުވަހުން ފެށިގެން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވީ އަދުރޭ އެވެ. ނަމަވެސް ހުތުރު ބަހުން ވާހަކަދެއްކި މައްސަލައެއްގައި އޭނާގެ މައްޗަށް ވެސް ދައުލަތުން ވަނީ މިހާރު ދައުވާއެއް އުފުލާފައެވެ.
އަދުރޭވެސް ގާބިލްތޯ!!!. ހެހެ.
އެހެން ނަހަދާ ޓީޗަރ، ދިވެހިން ބޭނުންވަނީ ތިބޭފުޅާ
ކަލޭ ހަވާލުވާނީ 3 ގަނޑު ޓިނާ ދޯ ؟
އިދިކޮޅު ޕީޕީއެމް ޕީއެންސީ އެބަ ޖެހޭ އުވާލަން ..
އަދުރޭ ވައްކަމާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރިބާ އަނެއްކާ
ރަނގަޅުވާހަކައެއް ބަނގުރޫޓް ކޮށްލާފައިވާ ގައުމަކާ ހަވާލުވުމުގެ ސައުގު ކުޑަވާނެ. އިންޑިޔާ މިތާ ހަދާނެ އެއްޗެއްހަދަނީ! ނަމަވެސް ދިވެހި ޤައުމަކީ ހީކުރާހާ ފަސޭހައިން ޖަހާގަނެވޭނެ ޤައުމެއްނޫން. މުހައްމަދު ތަކުރުފާނެއް އުފަންވާނެ ދުވަސް އަދި އަންނާނެ އިންސާ ﷲ. ހިތާމައަކީ ދިވެހިންގެ އެތައްބަޔަކު މި އަވާގައި ޖެހިފައި ވުން. ކުރިން ހޭނައްތައިގެން ނޫނީ މި އަވާގައި ނުޖެހޭނެކަމަށް ބުނި މީހުންވެސް މިހާރު ތިބީ ގުއިރޯނުގައި ޖެހި އަވަދިވެފައި. ނަސީދުއޭ ކިޔާގެން ﷲ ގަންދީ ހުވާކުރި ސޭކްވެސް މިހާރުހުރީ ނަގޫފިތި ބާރުވެފަ. ހިތާމައިގެ ކޮޅެއްނެތް. ދަރިންގެ ދަރިންނަށޭ ކިޔައިގެން އަޑުގަދަ ކުރި މީހުން މިއަދު ކުރަނީ އާއިލީ ވެރިކަން. ބާރުވަކިވެފައި ނިޒާމެކޭ ކިޔާ އަޑުގެ ނެއްތަނަށް ހަޅޭލެވި މީހުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ކައިގެން މިއަދު ކުރަނީ އާއިލީ ވެރިކަމެއް. މިއަދު ޤައުމާމެދު ވިސްނާލުމުން ލޮލުން ކަރުނަ އާދޭ.
ކާކު ކަލެއާއި ވެރިކަން ޙަވާލްކުރަން އުޅެނީ.. ޤައުމުގެ އެންމެން އަވަގުރާނަ ދަސްކުރަން ފުރަތަމަ ޖެހޭނީ ކަލެއާއި ވާހަކަ ދައްކަން.. އެވިއްޔާކަލޭގެ ބަހުރުވައަކީ..
ތިބޭފޅާ ވެރިކަމަށް ވަޑައިގެންފިއްޔާ ދިވެހިރާއްޖޭގެ މެތެމެޓިކްސް ޙާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ. އަދުރެމެޓިކްސް އިން ދިވެހިން ކުރިހޯދާނެ
އަދުރޭ އެބަ ޖެހޭ އިސްތިއުފާ ދީފަ އެއްކައިރި ވެލަން.
ޢިބްރާހިމް މުޙައްމަދު ޞާލިޙް ހެން ކަމެއްކުރަން ނޭންގުނަސް ކޮންމެއަކަސް ވަރަށް ހިސާބު ޢިލްމަށް މޮޅުވާނެ އެވެސް ކަމެއްނު