އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާވެއްޖެ އެވެ.
ޝިޔާމަށް އަނިޔާވެފައި ވަނީ "ވަގުތު"އަށް އިންޓަވިއު ދޭން ހުއްޓާ، ފުލުހުން އައިސް އޭނާ ވަށާލާ އޭނާ ދުރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
ޝިޔާމަށް އަނިޔާ ކުރާ މަންޒަރު ފެނުނު ބައެއް "ވަގުތު"ނޫސްވެރިން ބުނީ، ފުލުހުން ޝިޔާމްގެ ގައިގައި ވަށާލާ، ޝިޔާމް ދުރަށް ޖެއްސުމަށް މަސައްކަތް ކުރި ކަމަށެވެ. ދެ ފުލުހަކު ޝިޔާމް ދެ އަތުގައި ހިފާ ދުރަށް ޖައްސާ މަންޒަރު ފެނުނު ކަމަށް ނޫސްވެރިން ބުންޏެވެ.
އިދިކޮޅު ބައިވަރިޔަކު ސިޔާމް ހިފަހައްޓަން އުޅެނިކޮށް ފުލުހުންގެ ފަރާތުން ޝިޔާމްގެ އަތަށް އަނިޔާވި ކަމަށް އޭނާ ބުންޏެވެ.
މި މުޒާހަރާގެ ތެރެއިން އިތުރު ބައެއް މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަދި މުޒާހަރާގެ ތެރެއިން އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި ވެއެވެ.
ރަގަޅު
ބަލާވެރިކަމެށްނު މީ ދެން އަތޮޅުމީހުންނާ ނުކުޅެއްޗޭ
ފޭކު ޖެއްސުމަށް އެއްވަނަ. ވަގުތުވެސް ދެން ތިހެން ތެޅިތެޅި ތިބޭ
ޝިޔާމަށް އަނިޔާ ކުރާ މަންޒަރު ފެނުނު ބައެއް "ވަގުތު"ނޫސްވެރިން ބުނީ، ފުލުހުން ޝިޔާމްގެ ގައިގައި ވަށާލާ، ޝިޔާމް ދުރަށް ޖެއްސުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ދެ ފުލުހަކު ޝިޔާމް ދެ އަތުގައި ހިފާ ދުރަށް ޖައްސާ މަންޒަރު ފެނުނު ކަމަށް ބުންޏެވެ.ކޮބާ އަނިޔާ ކުރި ގޮތަކީ
ރަނގަޅު އަތްބިންދާލާ ގޭގައޮތްނަމަ ތިހެންނުވީސް
ކަލޭ ތިއޮތީ ކޮންތާކު
އަނިޔާވީތޯ ނޫނީ އަނިޔާކުރީތޯ ފެންނަން ހޔންނަ ހަގީގަތް ފޮރުވަން ނޫޅޭތި އަނިޔާކުރީ ގަސްދުގަ
ކޮބައިތަ އަނިޔާ ކުރި ފޮޓޯ. ހަތިޔާރަކަށް ފުދޭފަދަ ދަނޑިބުރިޔަކާ ފެންފުޅިވެސް އޮތީ ސިޔާމު އަތުގަ
ވަގުތު ކުދިންނަށް އަނިޔާ ކުރާތަން ފެނުނިއްޔާ ފޮޓޯ ނުނެގީ ކީއްވެތަ. ގައިމު ވެރިކަން ބަދަލުވެއްޖެއްޔާ ހެއްކަކަށް ދައްކަން އޮތީސް ދޯ
އެމްޑީޕީ ގުންޑާ އިން ތަށް ދުވަހަކުވެސް މުޒާހަރާއެއް ނުކުރޭ މަގުމަތީގަ ނުކޮށް ތިއްބަ އޮޓެމެޓިކުން ވެރިކަންވެސް މަޖިލިސްވެސް ލިބުނީ ދެން އޮތީ ކައުންސިލް އިންތިޚާބް
ވެރިކަން ވެއްޓެނީ ހެހެހެ.
الحمدلله
އެބޭފުޅާ އޮތީ ސަޖިދާގަތޯ؟ ތަންތަނަށް އެއްވާހިތްވަންނާ ހައްޖައްދާންވީނުންތޯ
އަނިޔާ ކުރަން ފުލުހުން ކުރިކަމަކީ އޭނާ ވަށާލުމޯ. ހީހީ ހަލާކު.