ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ފެއިލްވެއްޖެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މީސް މީޑިއާގައި އާމާޒުވެފައި ވަނިކޮށް އޭނާ އަށް ރައްޔިތުންގެ އިތުބާރު އެބައޮތްތޯ ބަލަން ޓްވިޓާގައި ވޯޓެއް ނަގަން ފަށައިފިއެވެ.
ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދާ އާއްމުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ ވޯޓްގައި ކޮށްފައިވާ ސުވާލަކީ މިނިސްޓަރ އަސްލަމަށް އިތުބާރު އެބައޮތްތޯއެވެ. ޖަވާބު ދޭން ބޭނުންވާ ފަރާތްތަކަށް ދެޖަވާބެއް ޚިޔާރު ކުރުމުގެ އިހްތިޔާރު ދީފައި ވެއެވެ. އަސްލަމަށް އިތުބާރު ކުރާނަމަ "ކުރަން" އިތުބާރު ނުކުރާނަމަ "ނުކުރަން" އެވެ.
ވަޒީރު @AslamAslamtey އަށް އިތުބާރު ކުރަން ތޯ؟
— The Commoners (@commonersmv) March 2, 2021
މިރޭ ހުޅުވާލި ވޯޓްގައި މިހާތަނަށް 160 މީހަކު ވޯޓް ދީފައިވާއިރު %90 މީހުން ވޯޓް ދީފައި ވަނީ މިނިސްޓަރ އަސްލަމަށް އިތުބާރު ނުކުރާކަމަށެވެ. މިނިސްޓަރ އަސްލަމަށް އިތުބާރު ކުރާކަމަށް އަދި ބުނެފައި ވަނީ އެންމެ %10 މީހުން ކަމަށެވެ.
މިނިސްޓަރ އަސްލަމަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ފަށާފައި ވާއިރު ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މިނިސްޓަރ އަސްލަމް ވެސް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރު ކުރަން ނިންމާފައެވެ. އަދި ފްލެޓްތައް އިންސާފުވެރިކޮށް ދިނުމުގެ ނަމުގައި އުފެއްދި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުހައްމަދު ވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ.
އަސްލަމާއި ތޯހާ މަޖިލީހަށް ހާޒިރުކުރަން ނިންމުމުން އާއްމުންގެ ޖަމިއްޔާ އިން ބުނެފައި ވަނީ އަސްލަމާއި ފްލެޓު ކޮމެޓީގެ ރައީސް ތޯހާ މަޖިލީހަށް ހާޒިރު ކުރުވަނީ ހެޔޮ ނިޔަތުގައި ފްލެޓުގެ މައްސަލަ ބެލުމަށް ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިއީ އިންތިހާބައި ދިމާކޮށް ޖަހާ "ސިޔާސީ ސަކަރާތަކަށް" ނުވާނެ ކަމަށްވެސް އުންމީދު ކުރާކަމަށް އާއްމުންގެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
ފްލެޓްތައް މިސަރުކާރުން އަލުން ބަހާލައި މިހާރު ވަނީ ދާއިމީ ލިސްޓް ވެސް އާއްމު ކޮށްފައެވެ.
ތީ ހަމަ ހުރިގޮތަށްހުރި ޅޮހެއް
އަނގައިން ހުރިހާ ކަމެއްކުރާ މީހެއް....
ޥަކިމީހަކު ބުނާގޮތައް ހުރިހާކަމެއް ސަރުކާރުން ކުރަންޖެހޭތީ ހަމަ ވާގޮތްމީ . ޢަންނި އެެއީ ހުރިހާވެސް މީހަކީ
ޕޮއިންޓްދޭ އުސޫލު އެހާ ރަނގަޅެއް ނޫން. އެއީ ބައެއް މިނިސްޓްރީ ތަކަށް އަލަށް ވަންނަމީޙާ ނުވަތަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަދި ޕޮއިންޓްގެގޮތުން މާދަށްކޮށް އުޅޭމީހުން ލިސްޓްގައި އެބަހިމެނޭ. މިގޮތަށް މިނިސްޓްރީ ތަކަށް ބެހުމުން 70 ޕޮއިންޓް ލިބޭމީހާއަށް ނުލިބި 20 ޕޮއިންޓްލިބޭ މީހާއަށް އެބަލިބޭ. މިކަން ޙައްލުވާނީ މިނިސްޓްރީ އަކަށް ނުބަލައި، ޕޮއިންޓް ސްކޯރ މަތިން ލިބިފައިވާ މީހުނަށް އިސްކަންދީގެން.
ޅޮސް ގަހުގައި ކިތަންމެ ފަތް ބޮޑެތިވެފައި ރީއްޗަސް އެއީ އާރުލާ ވަކަރެއް ހުންނަ ގަހެއް ނޫން. ތި ކަލޭގެއަކީވެސް ޅޮސްގަސް ކަހެކޭ އެއްގޮތަށް ފިސާރި ބޮޑު އަނގައެއް އޮންނަ ހުރިހާ ކަމެއް ޕްލޭންވެފައި އޮންނަކަމަށް ދައުވާކުރާ ދުނިޔޭގެ ލައިހެއްދެވިހައި ކަމެއް އެނގޭ ކަމަށް ގަބޫލުކުރާ އެ ދައްކާ ވާހަކައެއްގައި ދުވަހަކުވެސް އާރެއް ލާފައި ހުރި މީހެއް ނޫން. ކުރުކޮށް ބުނާނަމަ ތީ ހަމަ ޅޮހެއް.
އތުބާރެއް ނެތް
ވޯޓެއްް ނޫން ނަގަންވީއެއް. މުޅި ރާއްޖޭގައި މިމީހުންނާ ދެކޮޅަށް މުޒާހަރާ ކުރަންވީ. ނަޝީދާ ދެކޮޅަށް ވެސް މުޒާހަރާ ކުރަންވީ. ފަހަރަކު ރަށަކުން މަގުމައްޗަށް ނިކުމެ ރައްޔިތުންގެ ބަސް ރަގަޅަށް އިއްވަންވީ. އެއްރަށުން ވެސް ތިމަންނަމެންނަށް މިވެނި މީހަކަށް އިތުބާރެެއް ނެތޭ ކިޔާ ނިކުމެބަލަ. ވެއްޓެމުންދާ ޑޮމިނޯ ތަކެއްހެން ރައްޔިތުމީހާ ނޫން އިއްޒަތްތެރި މަޖްލިސްގެ ރައީސް އެއްއަޑަކަށް ގުގުވާލީމަ ހުރިހާ ކަމެއް ނިމުނީ. އަސްލަމެއް ހައްޕުޓެއް ނޯންނާނެ އޭރަކުންން
މަޖިލިސްގެ ރައީސަށް ރައްޔިތުންގެ އިތުބާރު އޮތްތޯ މިނޫހުން އަޅެ ވޯޓެއް ހުޅުވާލަ ދީފާނަންތަ.