އިދިކޮޅު ކޯލިޝަނުން މިހާރު، މާލޭގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން އެ ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭހެން 23 މީހަކު ހައްްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، މި މުޒާހަރާގެ ތެރެއިން 23 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަހަކަށް އައިސް އިދިކޮޅުން މާލޭގައި ސިލްސިލާ މުޒާހަރާ ކުރަމުން އަންނަނީ ފްލެޓް ގެއްލުނު މީހުންނަށް ހައްގު ހޯދައި ދިނުމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލާފައެވެ.
އިދިކޮޅުން މުޒާހަރާ ކުރަމުން އަންނައިރު، އެޗްޕީއޭއިން ވަނީ މާލޭގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެސް އުޅުން މަނާ ކޮށްފައެވެ. އަދި އެފަދަ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ފިޔަވަޅުތައް އަޅާފައި އޮއްވައި، މާލޭގައި މީގެ ކުރިން ބޭއްވި އެއްވުމާއި ގުޅިގެން 30 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ތިން މީހަކު ފިޔަވައި ހުރިހާ އެންމެން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.
އަދުރޭމެންނައް ވެރިކަން ލިބިއްޖިއްޔާ ދައްކާލާނެ ނުބައިނުލަފާ މީހުން..
އެމްޑީޕީ މީހުންވެސް މީ ހަމަ ނުބައި ނުލަފާ ވަގުންގެ ޕާރޓީއެއް.. އަސްލު ރަނގަޅު އެކެއްވެސް ނޫޅޭ
ޢަހަރުން އަބަދުވެސް ތާއީދު ކުރަނީ އޭރު އޮންނަ ސަރުކާރަކާ އިދިކޮޅައް..
100%... ރަގަޅު ގޮތެއް
ފުލުހުން ހާދަ ގާތް ގާތުގަ އޭ މިތިބެނީ. އެންމެން ބޮޑި ވެގެން.. . ފުލުހުން ދެކެ ކޯވިޑް ބިރުގަންނަނީ ބާ؟
ވޯޓް ނިމެންދެން ބބައިތިއްބަންވީޖަލުގަ.މޮޔަވެގެން އުޅޭބަޔެއްތަ؟މާ ރަނގަޅެއްނުން ކެންޕެއިން ކުރަންއުޅުނިއްޔާ.މިމީހުން މިއުޅެނީ ޔާމީން ސަލާމަތް ނުކުރެވިގެން.