ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެމްޑީޕީ މެމްބަރުންނަށް ނިސްބަތްކޮށް "ގެރި" އަށް ގޮވައިފިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަނިކޮށް، މޮސްޓާގެ ވާހަކައިގެ މެދުތެރެއިން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ނިޒާމީ ނުކުތާއެއް ނަންގަވާ މޮސްޓާގެ ވާހަކަ މެދުކަނޑާލުމާއި އެކު، އޭނާ ވަނީ އެ ދެ މެމްބަރުންނަށް ނިސްބަތްކޮށް "ބޮލު ރޮދި ކެނޑިފައި ތިބި މޮޔަ ދެ ގެރިން" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އަޅުގަނޑަކަށް ނޭނގޭ މި ނިޒާމީ ވާ ގޮތެއް. ދެން ޒާތީ ހަސަދައެއް ފިލުވާލަން ބޮލުރޮދި ކެނޑިފަ ތިބި ދެމީހަކު ދެފަޅިން ތިބެގެން މޮޔަ ގެރިތަކެއްހެން މިހެން ހަޅޭއްލެވިއަކަސް މިކަންތައްތަކެއް ހައްލެއް ނުވާނެ ކަން ނޭނގޭ" ނިޒާމެއް ނުކުތާއެއް ނަންގަވާ މޮސްޓާގެ ވާހަކަ ދެ ފަހަރަށް މެދުކަނޑާލުމާއި އެކު ނުރުހުންވެ ދެ މެމްބަރުންނަށް ނިސްބަތްކޮށް މޮސްޓާ ވިދާޅުވިއެވެ.

ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ހޮޓާ ރެސްޓޯރެންޓްތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރައްވާ އެ ގައިޑްލައިން އިސްލާހުކޮށްދެއްވުމަށް އެދި ހުށައަހަޅާފައިވާ ކުއްލި މައްސަލައެކެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން މޮސްޓާ ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރެސްޓޯރެންޓް ވިޔަފާރީ ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ހަދާފައިވާ ގައިޑްލައިންތަކުގެ ސަބަބުން ހޮޓާ ރެސްޓޯރެންޓްތަކަށް އަންނަ ކަސްޓަމަރުން އުސޫލާއި ހިލާފުވުމުންވެސް ޖޫރިމަނާ ކުރަނީ އެތަނެއް ހިންގާ ވެރިފަރާތް ކަމަށް ވިދާޅުވެ، މޮސްޓާ ވަނީ އެޗްޕީއޭގެ ގައިޑްލައިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން އުޅެނީ ހޮޓާ ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި ޖައްސާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މޮސްޓާގެ މިވާހަކަތަކާއި ގުޅިގެން ޝަހީމް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މޮސްޓާ އެ ދައްކަވަނީ އޭނާގެ އަމިއްލަ ނަމުގައި ހިންގަވާ ވިޔަފާރީ އެއްގެ ވާހަކަތައް ކަމަށެވެ. އެހެންނަމަވެސް މޮސްޓާ ވަނީ އެކަން ދޮގުކޮށް އެއީ އޭނާ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީއެއް ނޫން ކަމަށް ވިދާޅުވެފައެވެ. މިވާހަކައާއި ގުޅިގެން ނިޒާމީ ނުގުތާއެއް ނަންގަވާ ޝިފާއު ވިދާޅުވީ އެއީ މޮސްޓާގެ ވިޔަފާރީއެއް ކަމަށާއި އެ ވިޔަފާރީތައް އެހެން މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން އުޅުއްވާ ކަމަށެވެ.

މޮސްޓާ ހިންގަވާ ކަމަށް ބުނާ އެ ވިޔަފާރީއަކީ ފަރީދީ މަގުގައި ހުންނަ "ރޮއްޒާ ބައި ދި ވޮކް" ނަމަކަށް ކިޔާ ރެސްތޯރެންޓްއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. 😀

    ބަލަގަ ގެރިއަކީ ލާދީނީ މީހުންގެ އެއް ޗެއް މޮސްޓާ ޔާ އެއްވެސް ގުޅުމެއް ނެތް ހަހަހަ

    17
    1
  2. ގައުމުގެ އާދެސް

    ރައްޔިތުންނެ 2 ފުރުސަތުވަނީ މޮޔަގެރި އަށް ދެވިފަ ގައުމު ފަނާކޮށް އިނޑިޔާ ކުޅޭ ކުޅޭ އެއްޗަކަށް ހަދަންދެވިފަ މީ ފަހު ފުރުސަތު މިފުރުސަތު ނަގާލަފިއްޔާ އަހަރެމެންގެ ދަރިނގެ ދަރިން ހިތާމަކުރަން ޖެހޭނެ އިންޑިޔަގެ ބަލަޔާ މުސީބާތުން ސަލަމަތް ވަން ބޭނުން ދިވެހި ލޮބުވެތި ޒުވާނުންނެ ހޭ އަރާ މިކަމާ ދެކޮޅަށް ތެދުވެ މިތިބަ ގައްދާރު ހާއިނުން ބަލިކުރަންގައުމުގެ މިނިވަންކަމުގެ ހަށްގުގާ ވަކި ޕާޓީއަކށް ނުބަލާ މި ގައުމު ގޮވާ ގޮވުން މި ފަހު ފުރުސަތު

    19
  3. އިއްސޭ

    ހަގީގަތެއް

    19
  4. ޟަހީ

    ވަގުތުންދޯ ތިލިޔުނީ މޮޔަގެރިންނޭ ކިޔާފަ. ވަގުތަށް ކިހިނެތްތަ އިނގެނީ މީހަކު ބަޔަކު ސިފަކުރާގޮތް.

    6
    5
  5. މޮޔަގެރި

    މޮޔަގެރިދެކެ އޮމަގެރިވެފައި ތިބި ސޮހޮލުން ހައްތާވެސް ތިބީ. ކޮންމެ މީހަކު ބުންޏަސް ތެދެއް ވާނީ ތެދަކަށް.

    13
    1
  6. ދަރަނި ދަންތުރަ

    މައިމޫނާ ގެ ހުރިހިޔަޅުކަން ލަދެއްހަޔާތެއްނެތް މިވަރުވެގެންދާއިރުވެސް ހަމަކަތިފައި ވިއްދާފަ ގޮތުގައި ނަގޫފިތި ބާރުވެފައި މައިމޫނަ ކޮންމެވެސް ކޮންމެވެސް އިސްތިއުފާދީފަ ގެއަށްނުދާތި ، ބަސްނުކިވޭ އޮޑީގެ ދިރުބާންކޮޅަށް އެރިފަތިޔަހުރީ މިވެރިކަން ނިމުމާއެކު ކަމަނާ ދެންއޮށްނާނީ ހަރަށްވަދެ ފިލާތޯ...

    10
    1
  7. އެދުރުބޭ

    މާލޭގަ އުޅޭމީހަކަށްވިއްޔާ މީނާ އަކީ ޑްރަގް ޑީލަރެއްކަން ނޭގޭ މީހަކު ހިޔެއްނުވޭ ހުންނާނެ ހެނެއް.

    1
    8
    • ލޮލް

      ތިބުނަނީ އަނދުނޭގެ ވާހަކަދޯ.

    • ޣެރި

      މަށަކަށް ނޭގޭ މަށަކީ 4ކަށިމަތި މަލޭގަ އުޅޭމީހެއް އެކަމު ހަސަނަށް ހީވާނީ ހަސަނު ރާބޯތީވެ އެހެން މިހުންވެސް ބޯނެހެން ބޯންޖެހޭނެ ބޮވެންޖެހޭނެ ހުސްމޮޔަ ގެރި ރާބޯގެރި

  8. ައޮފްބެ

    ތި އެއްމެ މޮޔަ ގެރި

    1
    2