އޮންލައިން ނޫހެއް ހިންގެވުމުގެ ބޭނުމުގައި އިންފޮމޭޝަން ކޮމިޝަނަރު ކަމުން ހުސެއިން ފިޔާޒް މޫސާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019ގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އިސްތިއުފާ ދެއްވި ކަން އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާފައިވާ ކަމަށްވެއެވެ.

އެކަން ރައީސް އޮފީހުން ޔަގީންކޮށް ދިން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފިޔާޒް ނޫސްވެރިކަމުގެ ދާއިރާ އަށް އަލުން ގުޅިވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ. އަދި އޭނާ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ދާދި އަވަހަށް ފަށަން އުޅޭ "އަދަދު" ނޫހުގެ އިސް މަގާމޭއްގައި ކަން ވެސް އެނގިފައިވެއެވެ.

ފިޔާޒް، ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މިއަދު ނޫހުންނެވެ. އަދި ދެ އަހަރު ފަހުން އައްޑުވަސް އަދި މަނަސްގެ އެސިސްޓަންޓް އެޑިޓަރު ކަން އޭނާ ކުރެއްވިއެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ފިޔާޒް، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ "ހަވީރު" ގަ އެވެ. ފިޔާޒް "ހަވީރު" ނޫހާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. އަދި 2015 ގައި އެ ނޫހުން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ ރާއްޖެ ޓީވީގެ އެޑިޓަރުގެ މަގާމާއެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ފިޔާޒް ހުންނެވީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުގައެވެ.

"ކޮމާކޯޅީ" ގެ ފައުންޑާ މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރު ކަން މިހާރު ކުރައްވާ ފިޔާޒް ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ނޫސްވެރިކަމާއި ޕަބްލިކް ރިލޭޝަން ދާއިރާއިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ހަތް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނާރު

    ރަނގަނޅު

    4
    1
  2. ބޮލި މުލައް

    ކައުންސިލް އިންތިޚާބާ ދިމާކޮށް ބޮޑުއެއްޗެއް ނަގައިގެން ކަންތައްގަނޑެއް ހިންގަން ތިއުޅެނީ

    14
  3. ކަޅުމަންޖެ

    މަލަމަތި ރީތިކުރަން ބުނި އެއްޗެއް. ނުފޫޒު ފޯރުވާތީ އިސްތިއުފާދިނީ. ފިޔާޒް އަކީ ވަރަށް ތެދުވެރި މީިހެއް. ޢެޅިހާ ބަތަކަށް ރިހަ ކަމުދާ މީހެއްނޫން.

    11
    9
  4. ޖަމާލް ނުބުނި މަލީހު

    ބޭނުމެއް ނުހިފޭ ބޭކާރު މަގާމުތައް ތި ހުންނަނީ. މައުލޫމާތު ނުލިބެނީތަ އަޅެ

    11
    2
  5. ރަދީފް

    ރައްޔަތުންގެ ފަޅިއަށް މަރުހަބާ.ސަރުކާރުން އަންގާގޮތަށް މަސައްކަތްކުރާ ޕަޕެޓެއްގެ ގޮތުގެ ނުހުރެ ބަނދެވިފައިވަ ކަސްތޮޅުން ނެއްޓި އަސްލު މަގާމަށް (ނޫސްވެރިކަމަށް) އައީތީވެ އަހަރެން އުފާކުރަން.ގުޑް ލަކް ބްރަދާ.ވ.ވެދުން

    12
  6. ލލ

    ފިޔާ އަށް ކޮންމެސް ދިމާލަކުން ފައިސާތަކެއް ލިބުނީތޯ ؟

    10
  7. ވައިފް

    އެމްޑީޕީ ގޯސްވީމަ ދުރަށް ޖެހިލީ

    8
    3
  8. ހުސެން

    ނޫހެއް ހިންގާކަށް ނުން.އަމިއްލަ ޒަމީރު ވެސް ގަބޫޅު ނުކުރެވޭނީ މިނިވަން ކަން ނެތީ ނޫނީ ސަރުކާރުން ފަންޑު ހޯދައިގެން ސަރުކާރަށް ސަނާ ކިޔައިގެން ލިބޭ އެތި ބޮޑުވީމާ ދިޔައީ

    14
  9. ދަރަނި ދަންތުރަ

    ކަލޯ ކާޕެޓު ހިފައިގެންދާތި ދާތާކަށް...

    13
  10. ޖާނޭ

    ޢެމް.ޑީ.ޕީއަށް ނޫހެއް ނެރެދެނީ ދެއްވަނީ ދެއްތޯ! އިބޫއަށްތޯ! ތިޔަ ފިޔާޒަކީވެސް ބޮޑު ޚާއިނެއް. އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ނުޖެހޭ ކަމަށް ހުކުމް ކުރި ޣައްދާރު

    18
  11. ޖަނާޒާ

    ތިޔަ ފޮނިބޮޑުވީ! ތަންކޮޅެއް! ދެން ވަރަށް ވެދުން!

    10
  12. އަހްމަދު

    މޭޔަރުޝިފާ ވަރަށްއެފާވާނެ ތިމަގާމަށް ގެންނަން
    ނިންމާފަ މިޙާރުއޮތީ

  13. ފަލާޙް

    މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެދަށުން ހޯދަންއެދޭ މަޢުލޫމާތުތައް ސަރުކާރުގެ ނުފޫޒާހެދި ފޯރުނުކޮށްދިނުމުގެ ހަޑިހުތުރު ނަން ހޯދުމަށް ތިތާ ނުހުރުން ރަގަޅުގޮތަކީވެސް