ދުނިޔެ ބަންދުވެފައި އޮތް ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގައުމު ކޮޅަށް ޖަހަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވީ ދަތި އުނދަގޫ މި ދުވަސްވަރު ވެސް ރާއްޖޭގެ ތާރީހު ނުދެކޭހާ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. ރައްޔިތުން އެެދެނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ކަމަށް ވިދާޅުވިއެވެ. އެކަންކަން މި ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުރިހަމަކޮށްދެމުން އަންނަ ކަމަށް ވިދާޅުވެ، ހަސަން ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.

ހަސަން އެގޮތަށް ވިދާޅުވީ ރައްޔިތުންނަށް ފެނުނު ތަރައްގީއެއް، "އަތްލެވުނު" ތަރައްގީއެއް ނެތް ކަމަށާއި މި ސަރުކާރަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ވިދާޅުވި ގޮތުގައި އަތޮޅުތެރޭގައި ތިއްބެވި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައި ދިނުމަކީ އަބަދު ވެސް އެމްޑީޕީގެ ފަލްސަފާއެކެވެ. އަދި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކެނޑިނޭޅި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ އެތައް ކަމެއް ފާހަގަ ކުރެވުނު ކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ކޮންމެ ކަމެއް ފަށަން ޖެހިފައި ވަނީ "ޒީރޯ" އިން ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުންނަނީ ދައުލަތް ލިބިއްޖެ ނަމަ، ރާއްޖެ އަށް ވަންނަ ހުރިހާ އާމްދަނީއެއް "ކާލުމުގެ" ވިސްނުން ކަމަށް ހަސަން ވިދާޅުވިއެވެ.

"މި ދަތި ދަނޑިވަޅުގައި މި ގައުމު ނަގާ ކޮޅަށް މި ސަރުކާރުން މި ޖަހަނީ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމަ ޕީޕީއެމްގެ ރުކަށް ވޯޓު ދޭނެ ރައްޔިތަކު ރާއްޖޭގައި ނެތް. ހަމަކަނޑައެޅިގެން އެއީ ބޭކާރު ވޯޓެއް ކަން އެނގޭ ރައްޔިތުންނަށް،" ހަސަން ވިދާޅުވިއެވެ.

"ރާއްޖޭގައި ސްކޫލްތައް އަޅާ މިންވަރާއި ރާއްޖޭގެ ފެނާއި ނަރުދަމާ އަޅާ މިންވަރާއި ރައްޔިތުން ކަރަންޓަށް ޖެހިފައިވާ އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރަމުންދާ މަންޒަރު ރައްޔިތުން އުޅޭ ތަނުގައި އެބަ ކުރެއޭ. ކޮން ވާހަކައެއްތޯ ތި ދައްކަވަނީ،؟" ހަސަން ވިދާޅުވިއެވެ.

އިދިކޮޅުގެ ވިސްނުމަކީ "ބަޣާވާތް"ކޮށްގެން ސަރުކާރުން ވައްޓާލުން ކަމަށް ހަސަން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    ތިދެން ކޮން ބައެއް. ލަދުގަނޭ

    67
    1
  2. ޢަޒު

    އުނދަގުލާއެކު ކަލޭމެން ހަމަ ހަލާކު ތިކުރަނީ ކިހިނެތް ބިނާކުރަން ނޭނގޭ ގުންޑާތަކަކަށް ބިނާކުރެވޭނީ ފަނާކުރަން އުޅުނު ދުވަހާ ފަނާކުރި ދުވަސް ކޮބާ ފެބް 12

    59
    1
  3. ޢަލީ

    ތިހެންކިޔައިގެން އައީވެސް އަދިވެސް އެހެން ދެންވެސް އެހެން ދާނީވެސް އެހެން ކިޔަކިޔާތިބެގެން، 3 އަހަރުވަނީ ޚަޒާނާ ހުސްކުރުން ނޫން ކަމެއް ނުކުރޭ.

    63
  4. ޢަލީ

    ތިލަފަތަށް ދޭ ވޯޓެއް މިފަހަރު ހަރެއްނުލާނެ. ތިލަފަތްއޮތީ އަރި އަޅާލާފަ، އިންޝާﷲ މިފަހަރު

    65
  5. އަލީ

    ތިދައްކަނީ ގަމާރުން ގަބޫލުކުރާކަހަލަ ވާހަކަ.

    57
  6. ބޯގޯސް

    ކޮންމެވެސް އެހެން އެއްޗެއް ތިޔަ ކޮޅައްޖަހަނީ ކަލޭމެން ލޮލް

    30
  7. ހުސޭނުބޭ

    މިސޮރު އަދި އެބަޖެހޭ މަތިމައްޗަށް 10 އައިނު އަޅަން! ހީވަނީ ކުޑަކޮށް އަވަރުހެން!

    32
    1
  8. މާމީ

    ދިވެހިންނަކީ ލޯއަނދިރި ބައެއް ނޫން .... މިފަހަރު ތިލަފަތައް ދިވެހިން މިފަހަރު ސަލާމް ބުނާނެ..

    35
    1
  9. އަލީ

    ހަސަނާ ވަރައް ކެރިގެން މިބުނަނީ ފުވައްމުލައް ސިޓީ އިން 1 ގޮނޑި ތިލަފަތައް ހީވޭ ލިބިދާނެހެން... 3 މެމްބަރުން މަރުފަލިޖެހި އަސް ވާނެކަމެއް ނެއް...

    31
    1
  10. މަސްއޫދު

    ބަލަހަސަނާ ކަލޭމެނުންތަބުނީ ކޮވިޑަކީ ލޮލުރޯގާއެކޭ! ދެންމިހާރު ތިދައްކަނީ ކޮންއުދަގުލެއްގެ ވާހަކަ! ކިޔޭނުކިޔޭއެއްޗެއް ނޭގޭ ގަމާރުންގެ ހާލުތިޔަފެންނަނީ! ދޮގުހެދުމާ މަކަރުހެދުން ފިޔަވައި އެހެންކަެއް ނެގޭދޯ! ކޮބާ 18،19ގެ ބަޖެޓު 65 ބިލިޔަން ރުފިޔާ! ކޮބާ ޗާޕުކުރިފައިސާތައް! ކޮބާ ބޭރުގެ ހިލޭއެހީއާ ނެގި ލޯނުތަކުގެ ފައިސާ! ލަދުހަޔާތެއްވެސް ނެތްދޯ! ހަކުރުކިލޯއެއް 16 ރުފިޔާ(ދުނިޔޭގެ ރިކޯޑެއް) ނޭވާހޮޅިން ވައްކަންކުރީ ހުސްވަގުންގެ ސަރުކާރެއް! ގޭދޮށު މަސްފެކުޓަރީއާ، ވިލިގިއްޔާ މާލެ ގުޅުވައިދޭ ބުރިޖު!ކޮންދަތިކަމެއް ހުރިހާ ދައްޗެއްވެސްއޮތީ ރައްޔިތުންނަށް! ގައުވިއްކާ ހުސްކުރަމުންދަނީ ފަޅުފަޅާ ގިރިތައްވެސް ވިއްކަނީ

    33
  11. އއއ

    ހަސަން ބޮޑުގަމާރު

    26
    1
  12. ދޯނިބެ

    ހަސަންޓެ ދޭބަލަ މެޑްޓެކް މީހުން ކައިރިން ސަލާންޖަހް. ނެތޭ ލާރިއެއް

    25
  13. ޙަސަނު

    ތިކަންވާ ވެއްޖެ، ލަދުގެ ކަންފުޅެއްވެަްވެސް ނެތް ބައެއް

    26
  14. ދަރަނި ދަންތުރަ

    ކަލޯ ކޮޅަކަށް ނޫން ނަގަނީ ހަޒާނާގައި ހުރި ޑޮލަރ ތަށް ދަށުންދަމާ ނަގަނީ ގައުމުދަވާލާފައި ތިޔަބުނަނީ ދަތިހާލުން ކޮޅަށް ޖަހާވާހަކަ ބުރާންތިވިޔަސް ތިޔައީ ބޮޑުވަރު ހަސަންޓޭ....

    28
  15. ބޯޖަލީލު

    ތިލަފަތްއިނީ ފޫގޮއްސަ އެއަށް ވޯޓު އެޅިޔަސް ހަރެއްނުލާނެ ، ތިލަފަތަށް ވޯޓުދެވޭކަށްނެތް ސޮރީ

    27
  16. ސަނީ

    ފެށުނީއްސުރެ ތިހެން ތިކިޔަނީ!
    ފުރަތަމަ ބުނީ ޕާޓީ މެމްބަރުން ނެތިގެ، އެ ލިބިއްޖެ
    ދެން ވެރިކަން، އެވެސް ލިބިއްޖެ
    މަޖްލިސް، އެވެސް ލިބިއްޖެ
    ޖުޑިޝަރީ، އެވެސް ލިބިއްޖެ
    ކައުންސިލް، އެވެސް ލިބިއްޖެ
    ދެންވެސް ހުރިއްޔާ ހުރި ހުރިހާތާކުން މެޖޯރިޓީ ލިބިއްޖެ. ދެން މަށަކަށް ނޭގޭ މިހާރު ކޯޗެއް ނުބިގެން ކަމެއް. ވީ ވައުދެއް އަތްލެވުނު ތަރައްގީއެއް ފެންނަންހުރި ތަރައްގީއެއް އަދި ނެތް. ވަގު ޔާމީނު ކުރިކަމެއް ނޫނީ ވަގައް ނެގިއެއްޗަކުން ދިން އެއްޗެއް އަދިވެސް ރައްޔިތުން މިކަނީ. އެހެންވީމާ ވަގުކަލޭގެ މާރަނގަޅުތާ!

    31
    1
  17. އެމަންޖެ

    އުނދަގުލާއެކު ގައުމު ބަނޑު މިއަޅާލަނީ ވަރަށް ކެރިގެނޭ ބުނިނަމަ.

    29
  18. ކޮސްގޮވަނީ

    އއ އާނ ...ކޮޅަށް ޖަހާނެ..ވެލާނާ އިންޓަރނޭޝަނަލްގެ ހުރިހާ މަސަތްކަތެ އް ކޮޅަށް ޖަހާނެ.. އަ އިޖީ އެމް އެޗްވެސް ކޮޅަށް ޖެހިއްޖެ..ހުޅުމާލެ 2 ވެސް ކޮޅަށް ޖހަ އިފި..ބަލަ ޒީރޯ އިން އަބަދު ފަށަންށޭ ޖެހޭނީ..ކަލޭމެން އަންނަ އިރު ހުންނަނީ މަގު ހެދި ، ކުނިމެނޭޖުކުރެވި ތަންތަން ހި އްކާފަ ބުރިޖު އަޅާފަ ، މަ އިޒާން ހަނދާފަ، ފުލެޓް އަޅާފަ، ދެން ކުރަން ކަމެ އްނޯންނާނެދޯ... އާބާތުރަ ފިލުވުން ނޫންކަމެ އްނެތް..ޒީރޯ ޓޮލެރެންސުން ފެށީމަ ވާނީ 0+0... އަދި މާމޮޅު މީހަކަށް ވެގެން ޒީރޯ އޭ އެބަކި އެ އްނު...ފަރުހިލަން ދޭބަލަ..

    6
    1
  19. ދެއުޅި

    ކޮބާ ގަމާރާ އަގައިން ނުބުނެ ހުރިނަމަ މާތާހިރުވީހެއްނު

  20. ލޯބިވާ ވަޠަން

    މި ހިރަ ގަމާރާ. ކޮން ތަރައްގީއެއް ހޯދާ ދެވުނީ. ޥައްކަން ނޫން ކަމެއް ނުފެނޭ.

  21. ޜޮބަޓް

    ހަމަ ހޭގަ ތޯ؟

  22. ޢިޔާބު

    މީ ކޯއްޗެއް ދަންނަ ޖާހިލެއްތަ

  23. ޙަސަން

    ފެންވަރެއްނެތް ތިޔަ ގަމާރުން މަޖިލީހަށް އިމްތިޚާބުވުމުން މަޖިލީހުގެ ކަރާމަތާއި މ،ެމްބަރުންގެ ޤާަދަރު ވެއްޔާ މޮޑެވިގެންދަނީއެވެ. އަދި އަމުދުން މި ހަސަނުމެންކަހަލަ މީހުންނަށް ތިމާގެ ފެންވަރުނެތްކަން ދެނެގަންނަން ނޭނގޭތީ ދާއިރާގެ ރައްޔުތުންގެ އަގުވެސް ވެއްޓިގެން ދަނީއެވެ. އެހެންކަމުން ދެންނެވެސް ދާއިރާއަަށް މެމްބަރަކު އިންތިޚާބުކުރާއިރު މިކަހަލަ މީހަކު ނުހޮވުމަށް ސަމާލުވާށެވެ.

    1
    1
  24. އުޖާލާ

    އުންދަގޫވާނެތާދޯ ދައުލަތުގެ ހުރިހާފައިސާއެއް ލޫޓުވާލަމުން ދަނީތިޔަ

    1
    1