އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މިނިވަން ކަމާއި އެކީ ކެމްޕެއިން ކުރެވުނު ނަމަ، ވެރިކަން ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުލިބޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިދިކޮޅު އިސް ބޭފުޅުން ތިއްބެވީ މާލޭގައި ކަމަށާއި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ ސިޓީ ކައުންސިލަށާއި އެހެނިހެން ގޮނޑިތަކަށް ވާދަ ކުރެއްވި ހުރިހާ ބޭފުޅުން ތިބީ އިންތިހާބުވެފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އަތޮޅުތަކަށާއި ރަށްރަށަށް ދަތުރު ކުރަން ފުރުސަތު ލިބުނުނަމަ ރާއްޖެއަކުން އެމްޑީޕީއަކަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭނެ. ގިނައެއްކޮށް ނޫން އެންމެ ގޮނޑިއެއް ވެސް ނުލިބޭނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އެމްޑީޕީއަށް ލިބިފައިވާ ގޮނޑިއަކީ އެއީ އެ ކޯލިޝަނުން ވާދަ ނުކުރެވުނު ގޮނޑިތައް ކަމަށެވެ.
މީގެ އިތުރުން ދައުލަތުން އެ ކޯލިޝަނަށް މިދިޔަ އަހަރު ދޭން ޖެހޭ ބައެއް ފައިސާ އާއި މިއަހަރު ދޭން ޖެހޭ ފައިސާ ހިފަހައްޓާފައިވާ ކަމަށާއި ސަރުކާރުން އެ ކޯލިޝަނަށް އިންތިހާއަށް ޕްރެޝަރުކޮށް ނުފޫޒު ވެސް ފޯރުވި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އެގޮތަށް އަމަލު ކޮށްފައިވަނީ މިފަދަ ކަމެއް ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީއަށް މުހިންމު ގިނަ ގޮނޑިތަކެއް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ހިމެނެއެވެ.
މީހަމަ މީހެއްނޫން. ކިތަންމެވަރެއްވިޔަސް މޑޕ އަށްވެސް ގޮނޑިލިބޭނެ
ޢެއްކަލަ އަނގަ ގަދަވާން ފެށީއޭތިޔަ. ބަޔަކުމީހުން ވޯޓުދިނީކަލޭމެންގެ ކެމްޕޭނުގެ ބަސްއަހައިގެނެއްނުނޭ. ދިވެހިން ތިބެނީ ކަންކަން ވަމުންދާގޮތް ފިސާރިބަލަން. ކަލޭމެނަގެ ޢަމަލުތައް ނުބައިވެގެން ކަލޭމެން ފައްސާ ދުރަށް ކޮށްލީ ބަޔަކު ކެންޕޭނުގެ އަޑަކަށް ބިރަކުންނޫނޭ. ކަމުނުދާކަންކަން ކުރާތީ ޕާޓީ ކުދިންވެސް ކަލޭމެން ބަލައި ނުގަތީ. މިފަހަރުވެސް ދިވެހިން އެދެނީ މިހާރު ތިބިމީހުމްނަށްވެސް ޕާޓީ ކުދިންނާއެކު ހަމަ މިފިލާވަޅު. މައިތިރިވެބަލަ. ބޮޑާކަމާ ކިބުރުވެރިކަން ނުދައްކަބަލަ.
މިހާރު މިތާ ސިޔާސީ/އިންތިހާބު ހަބަރު ނޫން އެއްޗެއް ނެތީތަ
މިހާރު އިލެކްސަން ކޮމިސަން އޯކޭވީތަ؟ އެމީހުން ވައްކަން ކުރިނަމަ ތިވަރުވީސްތަ؟ ވަގުންނަށް ހީވާނީ ދެންވެސް ތިބޭނީ ވަގުންނޭ
އަދުރޭ ކަލޭ އަގަމަޑުން ލައިގެން ހުރޭ.